Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމާލޭ ލީގު

މިއީ ގަދަ ހަތަރެއްގެ ޖާގަ ކަށަވަރުކުރަން މުހިންމު މޮޅެއް:ނިޒާމްބެ

ޓީސީ ވަނީ ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗު ކާމިޔާބުކޮށްފައި

ލީވާން އަލީ
ލީވާން އަލީ | 28 އެޕްރީލު 2017 | ހުކުރު 18:59
ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ)

ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ)

އީގަލްސް އަތުން ލިބުނު މި މޮޅަކީ މާލޭ ލީގުގެ ގަދަ ހަތަރެއްގެ ޖާގަ ކަށަވަރުކުރުމަށް ލިބުނު މުހިންމު މޮޅެއް ކަމަށް ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

މެޗަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން ނިޒާމްބެ ބުނީ މެޗުގައި ބޭނުންވީ ތިން ޕޮއިންޓް ކަމަށާއި، ލިބުނު ފުރުސަތުގެ ބޭނުން ނުހިފުމުގެ ވާހަކަ ތިން ޕޮއިންޓް ލިބުމުން ދެއްކުމުގެ ބޭނުމެއް ނެތް ކަމަށެވެ.

އެހެން ނަމަވެސް އޭނާ ބުނީ ފުރަތަމަ ހާފްގައިވެސް ޓީސީ އަށް ލަނޑު ޖަހަން ފުރުސަތު ލިބުނު ކަމަށާއި، ދެވަނަ ހާފްގައި ވަކިން ގިނަ އިން ލިބުނު ކަމަށެވެ. އެގޮތުން އެ ފުރުސަތުތައް ކޮންވާޓްކުރަން ނުކުޅެދުނު ނަމަވެސް އެއީ ޕާފޯމެންސްގެ މައްސަލައެއް ނޫން ކަމަށް ނިޒާމްބެ ބުންޏެވެ.

މެޗުގެ ފަހު 15 މިނެޓަށް އެރުވި ޓީސީގެ އަލީ ނަސޫހު ރަޝީދުއާ ބެހޭގޮތުން ނިޒާމްބެ ބުނީ އޭނާ އީގަލްސްއާ ދެކޮޅަށް ދެއްކި ކުޅުން އެހެން މެޗުތަކާ އަޅާއިރު ދަށް ކަމަށާއި، ބައެއް ފަހަރު އެންމެ ރަނގަޅު ކުޅުންވެސް ނުދެއްކިދާނެ ކަމަށެވެ.

ނިޒާމްބެ ބުނީ ޓީމަށް އަލަށް އަރުވާ ކުޅުންތެރިންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދާ ކަމަށާއި، ޓީމަށް ރަނގަޅު ކުރިއެރުމެއް އަންނަމުންދާ ކަމަށް ފާހަގަކުރެވޭ ކަމަށެވެ.

ޓީސީ ވަނީ ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗު ކާމިޔާބުކޮށް، އެއް މެޗުން ބަލިވެފައެވެ. އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ

02 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ
31 ޖެނުއަރީ 2017

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް
27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
26 ޖެނުއަރީ 2017

ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް

26 ޖެނުއަރީ 2017
ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް
22 ޖެނުއަރީ 2017

އެކޮމޮޑޭޝަން ބްލޮކުން 1268 މީހުންނަށް ޖާގަ ދީފައިވާނެ: ޔޫތު މިނިސްޓްރީ

22 ޖެނުއަރީ 2017
އެކޮމޮޑޭޝަން ބްލޮކުން 1268 މީހުންނަށް ޖާގަ ދީފައިވާނެ: ޔޫތު މިނިސްޓްރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު