Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމިއުރާ އެއްބަސްވުން އާކުރުން

ޔޮކޮހަމާގެ އެއްބަސްވުން 53 އަހަރުގެ މިއުރާ އާކޮށްފި

ޔޮކޮހަމާގެ އެއްބަސްވުން މި އަހަރުގެ ނިޔަލަށް މިއުރާ ވަނީ އާކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 11 ޖެނުއަރީ 2021 | ހޯމަ 13:21
ޔޮކޮހަމާ އެފްސީއަށް ކުޅެމުން އަންނަ އުމުރުން 53 އަހަރުގެ ކަޒުޔޯޝީ މިއުރާ

ޔޮކޮހަމާ އެފްސީއަށް ކުޅެމުން އަންނަ އުމުރުން 53 އަހަރުގެ ކަޒުޔޯޝީ މިއުރާ

ޖަޕާނުގެ ފުރަތަމަ ޑިވިޝަން (ޖޭ ލީގު) ގައި ވާދަކުރަމުން އަންނަ ޔޮކޮހަމާ އެފްސީގެ އެއްބަސްވުން އުމުރުން 53 އަހަރުގެ ކަޒުޔޯޝީ މިއުރާ އާކޮށްފިއެވެ.

ޖަޕާނުގެ ފުޓުބޯޅައިގެ ރަސްގެފާނު އަދި ޖޭ ލީގުގައި މިހާތަނަށް ކުޅުނު އެންމެ ދުވަސްވީ ކުޅުންތެރިޔާގެ ޝަރަފު އޮންނަ މިއުރާ ވަނީ މި އަހަރުގެ ސީޒަނުގެ ނިޔަލަށް ޔޮކޮހަމާގެ އެއްބަސްވުން އާކޮށްފައެވެ. ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު މިއުރާއަށް 54 އަހަރު ފުރޭއިރު، ޖޭ ލީގުގެ ކުޅުން ފެށުމަށް ތާވަލުކޮށްފައިވަނީ އޭގެ އެއް ދުވަސް ފަހުން ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ. އަދި ލީގު ނިންމަން ތާވަލުކޮށްފައިވަނީ ޑިސެމްބަރު މަހުގެ ހަތަރުވަނަ ދުވަހަށެވެ.

ޖޭ ލީގުގައި ލަނޑެއް ޖެހި އެންމެ ދުވަސްވީ ކުޅުންތެރިޔާގެ ޝަރަފުވެސް އޮތް މިއުރާ އެއްބަސްވުން އާކުރުމަށްފަހު ބުނީ ފުޓްބޯޅައަށް އޮތް ޝައުގުވެރިކަން ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ ކަމަށާއި، ބޭނުމަކީ މި ސީޒަނުގައިވެސް ރަނގަޅު ކުޅުމެއް ދައްކާ ކާމިޔާބީ ހޯދުން ކަމަށެވެ.

އުމުރުން އެންމެ 15 އަހަރުގައި ފުޓްބޯޅަ ކެރިއަރެއް ފެށުމަށް ޖަޕާން ދޫކޮށް ބްރެޒިލަށް ދިޔަ މިއުރާ ވަނީ ސައޯ ޕޯލޯގެ ޔޫތު ޓީމެއް ކަމަށްވާ ޔުވެންޓަސްއިން ލިބުނު ފުރުސަތުގެ ބޭނުން ހިފާފައެވެ. އޭގެ ފަހުން އެނބުރި ޖަޕާނަށް އައިސް އޭނާގެ ސީނިއާ ކެރިއަރު ފަށާފައިވަނީ 1990 ވަނަ އަހަރު ފުރަތަމަ ޑިވިޝަނުގެ ޓީމެއް ކަމަށްވާ ޔޮމިއުރީންނެވެ. އަދި އޭގެ ފަހުން 1993 ވަނަ އަހަރު ޖޭ ލީގު ތައާރަފުކުރިއިރު، މުޅި ލީގުގައިވެސް ކުޅުނު އެންމެ އަގުބޮޑު ކުޅުންތެރިއަކަށް މިއުރާ ވަނީ ވެފައެވެ.

މީގެ ކުރިން އިޓާލިއަން ލީގުގައި ވާދަކުރަމުން އަންނަ ޖެނޯއާއަށްވެސް ކުޅުނު މިއުރާ ޔޮކޮހަމާއާ ގުޅިފައިވަނީ އެ ޓީމު ދެވަނަ ޑިވިޝަނުގައި އޮތްއިރު 2005 ވަނަ އަހަރުއެވެ. އަދި މިއުރާ ވަނީ މިހާތަނަށް ޔޮކޮހަމާގައި 16 އަހަރު ހޭދަކޮށްފައެވެ.

ކުލަބު ކެރިއަރުގައި މިހާތަނަށް 763 މެޗު ކުޅެފައިވާ މިއުރާ މީގެ ކުރިން ވަނީ ޖަޕާނުގެ ގައުމީ ފުޓްބޯޅަ ޓީމަށް 89 މެޗު ކުޅެދީ 55 ލަނޑު ކާމިޔާބުކޮށްފައެވެ.

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ

14 ފެބުރުއަރީ 2017
އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ
12 ފެބުރުއަރީ 2017

މިއަހަރުގެ ކިޑްސް ފިއެސްޓާގައި 17 ސްކޫލް ބައިވެރިވެއްޖެ

12 ފެބުރުއަރީ 2017
މިއަހަރުގެ ކިޑްސް ފިއެސްޓާގައި 17 ސްކޫލް ބައިވެރިވެއްޖެ
02 ފެބުރުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި
31 ޖެނުއަރީ 2017

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ

31 ޖެނުއަރީ 2017
މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ
31 ޖެނުއަރީ 2017

ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

31 ޖެނުއަރީ 2017
ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި
25 ޖެނުއަރީ 2017

ފާއިތުވި އަހަރުގެ އެންމެ މޮޅު ބިލިއަޑް ކުޅުންތެރިޔާގެ މަގާމު ޝަރީ އަށް

25 ޖެނުއަރީ 2017
ފާއިތުވި އަހަރުގެ އެންމެ މޮޅު ބިލިއަޑް ކުޅުންތެރިޔާގެ މަގާމު ޝަރީ އަށް
12 ޖެނުއަރީ 2017

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި
11 ޖެނުއަރީ 2017

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް
07 ޖެނުއަރީ 2017

މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި

07 ޖެނުއަރީ 2017
މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި
06 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

06 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު