Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންޑޮނޭޝިއާގެ ފުލައިޓް

އިންޑޮނޭޝިއާގެ ފުލައިޓް ވެއްޓުނު ހާދިސާއާއި ގުޅިގެން ފޮރިން މިނިސްޓަރ ޝާހިދު ތައުޒިޔާ ވިދާޅުވެއްޖެ

60 އަށްވުރެ ގިނަ މީހުން މަރުވި ޚަބަރު އެއްސެވީ ހިތާމަޔާއެކުގައި - ޝާހިދު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 11 ޖެނުއަރީ 2021 | ހޯމަ 13:10
އިންޑޮނޭޝިއާގެ ބޯޓު ވެއްޓުނުކަމަށް ބެލެވޭ ސަރަހައްދު

އިންޑޮނޭޝިއާގެ ބޯޓު ވެއްޓުނުކަމަށް ބެލެވޭ ސަރަހައްދު

ހޮނިހިރު ދުވަހު އިންޑޮނީޝިއާގެ ޖަކާޓާއިން ފުރިތާ ގިނަ އިރުތަކެއް ނުވެ މަތިންބޯޓެއް ވެއްޓި، 60 އަށްވުރެ ގިނަ މީހުން މަރުވުމާ ގުޅިގެން މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ޙަމްދަރުދީ ފާޅުކުރައްވައިފިއެވެ.

އިންޑޮނީޝިއާގެ ޚާރިޖީ ވަޒީރު ރެޓްނޯ މަރްސޫދީއަށް މިނިސްޓަރ ޝާހިދު ފޮނުއްވި ޙަމްދަރުދީގެ މެސެޖްގައި ވިދާޅުވީ ޖެނުއަރީ 9 ވަނަ ދުވަހު ޖަކާޓާއިން ފުރިތާ ގިނަ އިރުތަކެއް ނުވެ ޖާވާގެ އައްސޭރި ފަށަށް ސްރިވިޖާޔާ ފްލައިޓް އެސްޖޭ 182 ވެއްޓި، 60 އަށްވުރެ ގިނަ މީހުން މަރުވި ޚަބަރު އެއްސެވީ ހިތާމަޔާއެކުގައި ކަމަށެވެ. އަދި ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި އިންޑޮނީޝިއާ ސަރުކާރާއި، ރައްޔިތުންނާ އަދި މަރުވި ފަރާތްތަކުގެ އާއިލާތަކަށް ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި މިނިސްޓަރގެ އަމިއްލަ ނަންފުޅުގައި ތައުޒިޔާ ދަންނަވާކަމަށް މިނިސްޓަރގެ މެސެޖްގައި ވެއެވެ.

އަދި ދިވެހިންގެ ތައުޒިޔާ، މި ޙާދިސާގައި މަރުވި ފަރާތްތަކުގެ އާއިލާތަކަށް ރައްދުކޮށްދެއްވުމަށް މިނިސްޓަރ އެދިވަޑައިގަތެވެ.

56 ފަސިންޖަރުންނާއި 6 ކްރޫ މެމްބަރުންނާއިއެކު ދަތުރުކުރަމުންދިޔަ އިންޑޮނޭޝިއާގެ ސްރިވިޖަޔާގެ މަތިންދާބޯޓު ވެއްޓުނު ދިމާ ދެނެގަނެވިފައިވާ ކަމަށް އެ ޤައުމުގެ އަސްކަރިއްޔާއިން ބުނެފިއެވެ.

އިންޑޮނޭޝިއާގެ އަސްކަރިއްޔާއާ ޙަވާލާދީ ބީބީސީގައި ރިޕޯޓް ކޮށްފައިވާ ގޮތުން އުދުއްސައިގަތްތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފްލައިޓް ވެއްޓިފައިވާއިރު، ފްލައިޓް ވެއްޓުނީ ކޮން ސަރަޙައްދަކަށް ކަން މިހާރު ވަނީ ދެނެގަނެވިފައެވެ. އަދި އެ ސަރަޙައްދުގައި އަސްކަރިއްޔާގެ އުޅަނދުތައް ދަނީ ހަރަކަތްތެރިވަމުންނެވެ.

އިންޑޮނޭޝިއާގެ ސާރޗް އެންޑް ރެސްކިއު އޭޖެންސީގެ ޗީފް ބޭގަސް ޕުރީތޯއާ ޙަވާލާދީ ރިޕޯޓްތައް ބުނާގޮތުން ދެ ސަރަޙައްދަކުން ސިގްނަލްތައް ދެނެގަނެވިފައިވާއިރު، ބޯޓުގެ ކަޅުފޮށި އޭގެ ތެރެއިން ސަރަޙައްދެއްގައި ވާނެ ކަމަށް ވަނީ ބެލެވިފައެވެ. މި ފްލައިޓް ވީނުވީއެއް ނޭނގި ހޯދަންފެށިތާ މާގިނައިރު ތަކެއް ނުވަނީސް، އިންޑޮނޭޝިއާގެ މަސްވެރިންތަކަކަށް ފްލައިޓެއް ކަމަށް ބެލެވޭ ބައިތަކެއް ފެނިގެންވެސް ރިޕޯޓް ކޮށްފައިވެއެވެ. އަދި ފްލައިޓް ގޮސް ކަނޑަށް ވެއްޓުނު މަންޒަރު ފެނުނު ކަމަށާއި، އެއާއެކު ބޮޑު ގޮވުމެއްގެ އަޑު އިވުނު ކަމަށް މަންޒަރުދުއް ފަރާތްތަކާ ޙަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވެއެވެ.

ބީބީސީގައި ރިޕޯޓް ކޮށްފައިވާ ގޮތުން ގެއްލިފައިވަނީ ސްރިވިޖަޔާގެ "އެއަރ ބޮއިން 737" މަތިންދާބޯޓެވެ. އެގޮތުން މި ބޯޓު މިނެޓެއްގެ ތެރޭގައި 10،000 ފޫޓަށް ތިރިއަށް ގޮސްފައިވާކަމަށް ފްލައިޓް ޓްރެކް ކުރާ ވެބްސައިޓަކާ ޙަވާލާދީ ބީބީސީގައި ރިޕޯޓް ކޮށްފައިވެއެވެ.

"މެޓްރޯ ޓީވީ" އާ ޙަވާލާދީ އަލްޖަޒީރާގައި ރިޕޯޓް ކޮށްފައިވާ ގޮތުން ޖަކާޓާއިން ފުރައިގެން ދިޔަ މި މަތިންދާބޯޓުގައި 56 ފަސިންޖަރުން ތިއްބެވެ. އޭގެތެރޭގައި 7 ކުޑަކުދިންނާއި، 6 ކްރޫއިން ހިމެނޭކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި އެ ހުރިހާ މީހުންނަކީވެސް އިންޑޮނޭޝިއާއަށް ނިސްބަތްވާ ރައްޔިތުންނެވެ. ފްލައިޓް ވެއްޓުނުއިރު ދަތުރުކުރަމުން ދިޔައީ ޕޮންޓިއަނަކްއަށެވެ.

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

03 ފެބުރުއަރީ 2017
ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް
02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
31 ޖެނުއަރީ 2017

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު