Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކަންނެލި މަސްވެރިކަން

ކަންނެލި މަސް ޔޫރަޕަށް އެކްސްޕޯޓް ކުރަން ރާއްޖެއަށް އޮތް ހުރަހަކީ ލަންކާ: ބިގް ފިޝް

10 ޖެނުއަރީ 2021 | އާދީއްތަ 22:27

ބޮޑު ކަންނެއްޔަކީ ކަނޑުމަހުގެ ބާވަތްތަކުގެ ތެރެއިން 3 ވަނަ އަށް އެންމެ ބޮޑު އަގުގައި ވިއްކާލެވޭ އެއް ބާވަތް

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 10 ޖެނުއަރީ 2021 | އާދީއްތަ 22:27
ބިގް ފިޝް މޯލްޑިވްސްގެ ސީއީއޯ ޝާފިން އަހުމަދު، މަސްވެރިންގެ ސައްލާ ޕްރޮގްރާމުގައި

ބިގް ފިޝް މޯލްޑިވްސްގެ ސީއީއޯ ޝާފިން އަހުމަދު، މަސްވެރިންގެ ސައްލާ ޕްރޮގްރާމުގައި

ޔޫރަޕުގެ ގައުމުތަކަށް ބޮޑު ކަންނެލި މަސް ބޮޑު އަގުގައި ވިއްކުމަށް ރާއްޖޭގެ ކުންފުނިތަކަށް ދިމާވާ އެންމެ ބޮޑު ވާދަވެރިކަމަކީ އަވަށްޓެރި ސްރީ ލަންކާއިން ޑައިރެކްޓް ފްލައިޓުގައި ޔޫރަޕުގެ ގައުމުތަކަށް މަސް އެކްސްޕޯޓު ކުރާތީ ކަމަށް ބިގްފިޝް މޯލްޑިވްސްގެ ސީއީއޯ ޝާފިން އަހުމަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ބާނާ ކަންނެއްޔަށް ހަމަ އަގު ލިބުން ދަތިވެފައި، އެ މަހުގެ އަގު އެއްވަރެއްގައި ދުނިޔޭގެ ބާޒާރުގައި ހިފެހެއްޓިފައި ނެތުމުގެ ކަންބޮޑުވުމަކީ ރާއްޖޭގެ ކަންނެލި މަސްވެރިން ކުރަމުން އަންނަ ޝަކުވާއެކެވެ.

Advertisement - newsAdvertisement

އަމިއްލަ ކުންފުނިތަކުން ބޮޑު ކަންނެލި ގަނެ ޕްރޮސެސްކޮށް އެކްސްޕޯރޓް ކުރަން ފެށުމުން، މި މަސްވެރިކަން ދޮށިން ބާނާ ކަޅުބިލަ މަހުގެ މަސްވެރިކަމާ ވަކިން ތަފާތު އިންޑަސްޓްރީއެއްގެ ގޮތުގައި ތަރައްޤީވެ، އެކްސްޕޯރޓްކޮށްގެން ރާއްޖެއަށް ވަންނަ ޑޮލަރުގެ އަދަދުވެސް ގާތްގަނޑަކަށް ކަޅުބިލަމަހުގެ އެކްސްޕޯރޓުން ލިބޭ އެއްޗަކާ އަންނަނީ އެއްވަރު ކުރަމުންނެވެ.

ނަމަވެސް އަމިއްލަ ކުންފުނިތަކަށް ވެސް މިކަމުގައި ވަނީ ގޮންޖެހުންތަކާ ކުރިމަތިވެފައެވެ. ސަބަބެއް ކަމަށް އެ ކުންފުނިތަކުން ފާހަގަކުރަނީ އަވަށްޓެރި ސްރީލަންކާއިން މަސް ބޭރު ކުރުމުގައި ގެންގުޅޭ އުސޫލެވެ. އެހެން ގޮތަކަށް ދަންނަވަނީނަމަ ލަންކާއިން ސީދާ ޔޫރަޕަށް ޑައިރެކްޓްކޮށް މަސް ބޭރު ކުރާ ނިޒާމެވެ.

ރާއްޖެޓީވީއާއި ފިޝަރީޒް މިނިސްޓްރީ ގުޅިގެން ގެނެސްދޭ "މަސްވެރިންގެ ސައްލާ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ބިގް ފިޝް މޯލްޑިވްސް ސީއީއޯ ޝާފިން ވިދާޅުވީ، ކަންނެލި މަހަށް ހަމަ އަގު ލިބުމުގައި އެންމެ ބޮޑު ވާދަވެރިކަމެއް ދިމާވަނީ ލަންކާއިން މި މަސްވެރިކަން ފުޅާ ކުރަމުން އަންނާތީ ކަމަށެވެ. އެގޮތުން ލަންކާއިން ޔޫރަޕަށް މަސް އެކްސްޕޯޓު ކުރުމުގައި އެ ގައުމުގެ މަސް ކުންފުނިތަކަށް ވަރަށް ބޮޑު ލުއި ފަސޭހަތަކެއް ހުންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޝާފިން ވިދާޅުވީ، ކަންނެލި މަސް އެންމެ ރަނގަޅު އަގުގައި ވިއްކެނީ އެއަރ ފްރެއިޓްކޮށް މަހުގެ ތާޒާކަން މަތީގައި ބޭރު ކުރެވިގެން ކަމަށެވެ. އެގޮތުން ލަންކާއިން ޑިއުޓީ ފްރީކޮށް އެހެން ގައުމުތަކަށް މަސް ބޭރުކުރުމަކީ ރާއްޖޭގެ ކުންފުނިތަކަށް އެކަމުގެ ސަބަބުން އެތައް ގެއްލުމެއް އަދި މަސްވެރިންނަށް އޭގެ ސަބަބުން ވަރަށް ބޮޑު ގެއްލުމެއް ލިބެމުންދާ ކަމެއް ކަމުގައި އޭނާ ފާހަގަކުރިއެވެ.

ބޮޑު ކަންނެއްޔަކީ ކަނޑުމަހުގެ ބާވަތްތަކުގެ ތެރެއިން 3 ވަނަ އަށް އެންމެ ބޮޑު އަގުގައި ވިއްކާލެވޭ އެއް ބާވަތެވެ. މިހެން ދަންނަވާއިރު ކަންނެލި ޕްރޮސެސްކޮށް އެކްސްޕޯރޓް ކުރާ ގޮތަކުން އަގަށް ތަފާތުވެސް އާދެއެވެ. އެންމެ ރަނގަޅު އަގު ލިބެނީ އެޗް.ޖީ. ގެ ގޮތުގައި އެކްސްޕޯރޓް ކުރެވޭ ކަންނެއްޔަށެވެ. މި ގޮތަށް ބޭރުކުރުމަށް ބޭނުން ކުރަނީ އެއްމެ ކޮލިޓީ ރަގަޅު +A ކޮލިޓީގެ ކަންނެއްޔެވެ. ރާއްޖެއިން މި ކޮލިޓީގެ މަސް ލިބޭލެއް މަދުވާހަކަ އަބަދުވެސް އެކްސްޕޯރޓް ކުރާ ކުންފުނިތަކުން ބުނެއެވެ.

ކަންނެލި މަސްވެރިކަންކުރާ ފަރާތްތަކަށް ހަމަ އަގު ހޯދައި ދިނުމަށް ރާއްޖޭގައި ކަންނެލި މަސް އެކްސްޕޯޓުކުރާ ކުންފުނިތަކުން މަސައްކަތް ކުރަމުން އަންނައިރު، އެ ކުންފުނިތަކުން ފާހަގަކުރާ އެންމެ ބޮޑު ކަންބޮޑުވުމަކީ ރާއްޖެއިން މަސް ބޭރު ކުރުމުގައި ޑިއުޓީ ނެގުމާއި، ޑައިރެކްޓްކޮށް އެއަރ ފްރެއިޓްކޮށް ގައުމުން ބޭރަށް، ހާއްސަކޮށް ޔޫރަޕުގެ މާކެޓަށް މަސް އެކްސްޕޯޓު ނުކުރެވުމެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
12 ޖެނުއަރީ 2017

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް