Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޫދަށް އެރު އުޅުނު ކުއްޖަކު ގެއްލިއްޖެ

ފުވައްމުލަކުގައި ގެނބުނު ކުއްޖާ ފެނިއްޖެ، ހާލު ސީރިއަސް

9 ޖެނުއަރީ 2021 | ހޮނިހިރު 13:29

ކުއްޖާ ފެނުނީ ހޯދާތާ ގަޑިއެއްހާއިރު ފަހުން

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 9 ޖެނުއަރީ 2021 | ހޮނިހިރު 13:29
ޏ. ފުވައްމުލައް، އެ ކުއްޖާ ފެނުނީ ނެރާ ދިމާލުން ބޭރުގައި އަޑީގައި އޮއްވާ

ޏ. ފުވައްމުލައް، އެ ކުއްޖާ ފެނުނީ ނެރާ ދިމާލުން ބޭރުގައި އަޑީގައި އޮއްވާ

ފުވައްމުލަކުގައި މޫދަށް އެރި އުޅެނިކޮށް ގެއްލުނު ކުޑަކުއްޖާ ފެނިއްޖެއެވެ.

ފުލުހުން ބުނީ އެ ކުއްޖާ ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓު ލިބިފައި ވަނީ މިއަދު ހަވީރު 4:45 ހާއިރު ކަމަށެވެ. މިއީ 17 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށް މައުލޫމާތުލިބެއެވެ.

Advertisement - newsAdvertisement

ފުވައްމުލަކު ސިޓީ ކައުންސިލް އިން ރާއްޖެ އެމްވީ އަށް ބުނީ އެ ކުއްޖާ ގެއްލުނީ އެރަށުގެ އިރުވައި ކޮޅުން ކުރީ ޒަމާނުގައި ނެރެއްގެ ގޮތުގައި ބޭނުން ކުރި ދިމާލަށް މޫދަށް އެރި އުޅެނިކޮށް އޮޔާ ދަމައިގެން ކަމަށެވެ. ގެނބުނީ އާއިލާ ކުދިންކޮޅަކާ އެކު މޫދަށް ގޮސް އުޅެނިކޮށް އެއް ކުއްޖަކު ގެނބުމުން ސަލާމަތްކުރަން ދެން ދިޔަ ކުއްޖާ ކަމަށެވެ.

ކައުންސިލް އިން ބުނީ އެ ކުއްޖާ ފެނުނީ ނެރާ ދިމާލުން ބޭރުގައި އަޑީގައި އޮއްވާ ކަމަށެވެ. ކުއްޖާ ފެނިފައިވަނީ ހޯދަމުން ދިޔަތާ ގާތްގަނޑަކަށް ގަޑިއެއްހާއިރު ފަހުންނެވެ. އަދި ފެނުނު އިރު ކުއްޖާ ހޭ ވެސް ނެތް ކަމަށް ބުންޏެވެ. ކައުންސިލުން ބުނީ ކުއްޖާ އަށް ފަރުވާ ދިނުމަށް އެ ރަށު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އަދި ކުއްޖާގެ ހާލަތާ ގުޅޭ އިތުރު މައުލޫމާތެއް ލިބިފައި ނުވާ ކަމަށެވެ.

އެރަށުން އެ ސަރަހައްދުގައި އުޅުނު ބައެއް އާންމުން ރާއްޖެ އެމްވީއަށް މައުލޫމާތު ދިން ގޮތުގައި އެ ކުއްޖާގެ ހާލު ވަރަށް ދެރައެވެ.

ފުވައްމުލަކުގައި ކުޑަ ކުއްޖަކު މޫދަށް އެރި ގެއްލުނު ސަރަހައްދަކީ ވެސް ޒަމާނުއްސުރެއް އެފަދަ ހާދިސާތަކުގެ ތާރީހެއް އޮންނަ ސަރަހައްދެކެވެ. ރަށުގެ ދުވަސްވީ މީހުން ބުނާގޮތުގައި އެ ސަރަހައްދު މޫދުން ގެއްލުނު މީހަކު މަދު ފަހަރެއްގައި ނޫނީ ފެނިފައި ނުވެއެވެ. އެ ސަރަހައްދަކީ އޮއެ ގަދަ ރާޅު ބޮޑު ސަރަހައްދެކެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
24 ޖެނުއަރީ 2017

މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

24 ޖެނުއަރީ 2017
މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ
22 ޖެނުއަރީ 2017

ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ދެ ފަތުވެރިންގެ ހަށިގަނޑު ފެނިއްޖެ

22 ޖެނުއަރީ 2017
ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ދެ ފަތުވެރިންގެ ހަށިގަނޑު ފެނިއްޖެ
21 ޖެނުއަރީ 2017

ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

21 ޖެނުއަރީ 2017
 ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
12 ޖެނުއަރީ 2017

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް