Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްކާ ރޯޑް ސޭފްޓީ ރަން

ރައްކާ ރޯޑް ސޭފްޓީ ރަން ފަށައިފި

ސޭފްޓީ ރަން ކުރިއަށްގެންދާނީ މި މަހުގެ 8ން 16ށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 9 ޖެނުއަރީ 2021 | ހޮނިހިރު 03:45
ރައްކާ ރޯޑް ސޭފްޓީ ރަން ހުޅުމާލޭގައި ބާއްވާފައިވާއިރު އާންމުން ހޭލުންތެރިކުރުމުގެ ހަރަކާތްތައް ވެސް މި ޝޯވގެ ތެރޭގައި ހިމެނޭ

ރައްކާ ރޯޑް ސޭފްޓީ ރަން ހުޅުމާލޭގައި ބާއްވާފައިވާއިރު އާންމުން ހޭލުންތެރިކުރުމުގެ ހަރަކާތްތައް ވެސް މި ޝޯވގެ ތެރޭގައި ހިމެނޭ

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓާއި އެލައިޑް އިންޝުއަރެންސް ކޮމްޕެނީ ގުޅިގެން ބާއްވާ ރައްކާ ރޯޑް ޝޯވގައި ހިމެނޭ ފުރަތަމަ ހަރަކާތްކަމަށްވާ ރައްކާ ރޯޑް ސޭފްޓީ ރަން ބާއްވައިފިއެވެ.

ހުކުރު ދުވަހުގެ ހަވީރު ހުޅުމާލެ ސެންޓްރަލް ޕާކްގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ދުވުން ފައްޓަވާ ދެއްވީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ ސްޓޭޓް މިނިސްޓަރ އަލީ ނަޒީރުއެވެ. މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް އާއި ފުލުހުންގެ ސީނިއަރ ބައެއް އޮފިސަރުންނާއި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރާއި އެލައިޑް އިންޝުއަރެންސް ކޮމްޕެނީގެ ޖެނެރަލް މެނޭޖަރާއި އެކުންފުނީގެ އިސް މުވައްޒަފުން ބައިވެރިވެލެއްވިއެވެ.

މިރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ ސްޓޭޓް މިނިސްޓަރ އަލީ ނަޒީރު ދެއްކެވި ވާހަކައިގައި މަގުމަތީގައި ނުރައްކާތެރި ހާދިސާތައް މަދުކުރެވިގެންދާނީ ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކިގެންކަން ފާހަގަކުރައްވައި، މިފަދަ ހަރަކާތްތައް އިތުރުކުރުމަކީ މުހިންމުކަމެއްކަމަށް ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން ގިނަ ފައިދާތަކެއް ވެގެންދާކަމަށާއި ވީހާވެސް ގިނަ ބަޔަކު މިހަރާތުގައި ބައިވެރިވެވަޑައިގަތުމަށް އެދިވަޑައިގެންނެވިއެވެ.

މިރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް ދެއްކެވި ވާހަކައިގައި ފުލުހުންގެ ފެށި މުހިންމު މަސައްކަތަށް އެލައިޑްގެ ފަރާތުން ކެނޑިނޭޅި ލިބެމުންދާ އެހީތެރިކަން ފާހަގަކޮށް، އެލަައިޑަށް ޝުކުރު އަދާކުރެއްވިއެވެ. އަދި މިމަސައްކަތުގެ ސަބަބުން މަގުމަތީގެ ނުރައްކާތެރިކަން ގިނަ ބަޔަކަށް ވިސްނައިދެވި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރި ކުރެވިގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އާންމު ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ޓްރެފިކް ޕޮލިސް މެނޭޖްމަންޓް ޑިޕާޓްމަންޓުން ބޭނުންކުރާނެ ހޭޝްޓެގާއި ރައްކާ ރޯޑް ޝޯވގައި ހިމެނޭ ބިލްބޯޑުތައް ވަނީ އިފްތިތާހުކޮށްފައެވެ. އެގޮތުން މިއަހަރަށް ކަނޑައަޅާފައިވާ ހޭޝްޓެގަކީ "އަމަލުން ދައްކާނަން" އެވެ. އަދި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މެސެޖުތައް ހިމެނޭ ބިލްބޯޑުވަނީ ދެ ސަރަޙައްދެއްގައި ބަހައްޓާފައެވެ. އެގޮތުން ދަރުބާރުގެ ކައިރީގެ އިތުރުން ހުޅުމާލެއިން ހައިވޭއަށް އަރާ ސަރަހައްދުގައި ވަނީ ބިލްބޯޑެއް ބަހައްޓާފައެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މެސެޖުތައް ގިނަބަޔަކަށް ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދާ "ރައްކާ ރޯޑް ސޭފްޓީ ރަން" ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 8 ވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ އިރުއޮއްސި 6:00އާ ހަމައަށެވެ. މި ދުވުން ކުރިއަށްދަނީ 2018 ން 2020 އަށް ހިނގާފައިވާ މަގުމަތީގެ އެކްސިޑެންޓްތަކުގެ އަދަދުކަމަށްވާ 5665 ހިމެނޭގޮތަށް ދުވުމުގައި ބައިވެރިވާ ދުވުންތެރިން ދުވާ ކިލޯ މީޓަރުން އެއަދަދު އުނިކުރެވޭ ގޮތަށެވެ.

މި ދުވުމުގައި 850 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާއިރު ދުވުމުގައި ބައިވެރިވާ ފަރާތްތަކަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުމަށް ތަފާތު މެސެޖުތައް ހިމެނޭ ޓީޝާޓަކާއި މެޑަލްއެއް ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު