Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ބްރިޖާރޓަން

ބްރިޖާރޓަން ބަލައިފިން؟ ނެޓްފްލިކްސްގެ އެންމެ ފަހު ތާރީޙީ ޑްރާމާ ސީރީޒަށް ބެލުންތެރިންގެ ހޫނު ތަރުހީބެއް

މި ޑްރާމާއަކީ އަށް އެޕިސޯޑުގެ ޑްރާމާއެއް

ޒުނާނާ ޒާލިފް
ޒުނާނާ ޒާލިފް, ރާއްޖެ އެމްވީ | 8 ޖެނުއަރީ 2021 | ހުކުރު 10:11
ނަވާރަސަތޭކައިގެ އަހަރުތަކުގެ މަންޒަރުތަށް ސިފަވާގޮތަށް، ތަނަވަސް އަދި މަޤްބޫލް ބްރިޖާޓަން އާއިލާއަށް އުފަން އަށް ކުދިންގެ ދިރިއުޅުމަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ޑްރާމާއެއް

ނަވާރަސަތޭކައިގެ އަހަރުތަކުގެ މަންޒަރުތަށް ސިފަވާގޮތަށް، ތަނަވަސް އަދި މަޤްބޫލް ބްރިޖާޓަން އާއިލާއަށް އުފަން އަށް ކުދިންގެ ދިރިއުޅުމަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ޑްރާމާއެއް

ނެޓްފްލިކްސް އިން އައު އަހަރާ ދިމާކޮށްފައި ބެލުންތެރިންނާ ހަމަޔަށް ފޯރުކޮށްދިން އަމިއްލަ އުފެއްދުންތަކުގެ ތެރެއިން އެންމެ ކުރިން ފާހަގަކުރެވޭ ބްރިޖާޓަން ސީރީޒް ވެގެންގޮސްފައިވަނީ ބެލުންތެރިންނަށް ކަމުދާނެފަދަ އަސްލާ އެއްގޮތް، ރީތި އަދި ހިތްގައިމު ގޮތަކަށް ނަވާރަ ސަތޭކައިގެ އަހަރުތަކުގެ ތަނަވަސް އިނގިރޭސި މުޖުތަމަޢުއެއް ސިފަކޮށްދޭ ތާރީޙީ ލޯބީގެ ޑްރާމާ ސީރީޒްއަކަށެވެ.

އަށް އެޕިސޯޑުގެ މި ޑްރާމާ އަކީ އެމެރިކާގެ ނިޔު ޔޯކް އަށް އުފަން ލިޔުންތެރިޔާ ޖޫލިޔާ ކުއިން، 2000 ވަނަ އަހަރާއި 2013 ވަނަ އަހަރާއި ދެމެދު ލިޔުނު ބްރިޖާޓަން ފޮތްތަކުގެ މައްޗަށް ބިނާކޮށް ނެޓްފްލިކްސް އިން ޕްރޮޑިއުސްކުރި އޮރިގިނަލް ސީރީޒްއެކެވެ. ޖޫލީ ބްރިޖާޓަން ސީރީޒްގެ ތެރެއިން ޖުމްލަ އަށް ފޮތް ލިޔެފައިވާއިރު، ނެޓްފްލިކްސްގެ ބްރިޖާޓަން ޑްރާމާގެ ފުރަތަމަ ސީޒަން ބިނާކޮށްފައިވަނީ ފޮތް ސީރީޒްގެ ފުރަތަމަ ފޮތް ކަމަށްވާ "ދަ ޑޫކް އެންޑް އައި (2000)" ގައި ބްރިޖާޓަން އާއިލާއަށް ނިޞްބަތްވާ އެކި ފަރާތްތަކަށް ދިމާވާ ތަފާތު ކަންކަމުގެ މައްޗަށެވެ.

ބްރިޖާޓަން ސީރީޒް ބިނާވެފައިވަނީ، ޖޫލީގެ ފޮތްތަކުން ދައްކާލި ނަވާރަސަތޭކައިގެ އަހަރުތަކުގައި އިނގިރޭސިވިލާތުގައި ދިރިއުޅުނު ބްރިޖާޓަން ނަމަކަށް ކިޔޭ މުއްސަނދި "ހައި - ސޮސައިޓީ" އާއިލާއެއްގެ މައްޗަށެވެ. ސީރީޒް އިން ދައްކުވައިދޭ ތަރިންގެ ފަންނުވެރިކަމަށް ތަޢުރީފު އަމާޒުވަމުންދާ މި ޑްރާމާއިން އާއިލީ ގުޅުންތަކުގެ އިތުރުން، ލޯތްބާއި ރަޙުމަތްތެރިކަމުގެ ތެރެއިން ބްރިޖާޓަން ކުދިންނަށް މެދުވެރިވާ ތަފާތު އެކި ހާދިސާތައް ދައްކުވައިދީފައިވަނީ، ބެލުންތެރިންގެ ޝައުގުވެރިކަން ކޮންމެ އެޕިސޯޑަކަށްފަހުވެސް އިތުރަށް ވަރުގަދަވާފަދަ މޮޅު ގޮތަކަކަށް ކަން ފާހަގަކުރެވެއެވެ.

މި އާއިލާ އަދި ކިތަންމެ ޙިޔާލީ ވިޔަސް ބްރިޖާޓަން ސީރީޒް އުން ދައްކުވައިދޭ ތާރީޙީ ސެޓްތަކަކީ ނެޓްފްލިކްސް އިން ވީހާވެސް އަސްލާ ގާތްކުރާގޮތަކަށް ތައްޔާރުކޮށްފައިވާ، އަޖައިބުކުރަނިވި މަންޒަރުތަކެއް ސިފަކޮށްދޭ އަގުހުރި ސެޓްތަކަކަށްވުމުން މި ސީރީޒް ބެލުމުގެ ތެރެއިން އެއީ ހަމަ އަސްލުތޯ ނޫންތޯ އޮޅޭ ހިނދުކޮޅެއް އަތުވުންވެސް އެކަށީގެންވެއެވެ.

"ގްރޭޒް އެނެޓޮމީ" އަދި "ސްކެންޑަލް" ފަދަ މަޤްބޫލް ސީރީޒް ތައްޔާރުކޮށްފައިވާ ޝޮންޑާ ރައިމްސް އިސްވެ ނެޓްފްލިކްސް އާއެކު ތައްޔާރުކޮށްފައިވާ މި ސީރީޒް ދަނީ، މި ދިޔަ އަހަރު ޑިސެމްބަރ މަހުގެ ފަހުކޮޅު ރިލީޒް ކުރި ދުވަހުން ފެށިގެން ބެލުންތެރިންގެ މަޤްބޫލްކަން ޙާސިލްކޮށް، މިފަދަ އުފެއްދުންތަކަށް ފާޑުކިޔާ ފަރާތްތަކުގެ ތަޢުރީފް ލިބިގަންނަމުންކަން ފާހަގަކޮށްލެވެއެވެ.

ނަވާރަސަތޭކައިގެ އަހަރުތަކުގެ މަންޒަރުތަށް ސިފަވާ ގޮތަށް، ތަނަވަސް އަދި މަޤްބޫލް ބްރިޖާޓަން އާއިލާއަށް އުފަން އަށް ކުދިންގެ ދިރިއުޅުމަށް ބިނާކޮށް ތައްޔާރުކޮށްފައިވާ މި ތާރީޙީ ލޯބީގެ ޑްރާމާ ސީރީޒްގެ ފުރަތަމަ ސީޒަން މިހާރު ބެލުންތެރިންނަށް ނެޓްފްލިކްސް މެދުވެރިކޮށް ސްޓްރީމްކުރެވޭނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"ޓައިގާ ޒިންދާހޭ" ގެ ޝޫޓިން ނިންމާލުމަށްފަހު ކެޓްރީނާ އެނބުރި މުމްބާއީއަށް!

"ޓައިގާ ޒިންދާހޭ" ގެ ޝޫޓިން ނިންމާލުމަށްފަހު ކެޓްރީނާ އެނބުރި މުމްބާއީއަށް!

26 މާރިޗު 2017
ފަސް އަހަރަށް ފަހު ސަލްމާނާއި ކެޓްރީނާ ކުޅޭ ފިލްމުގެ ފުރަތަމަ މަންޒަރު

ފަސް އަހަރަށް ފަހު ސަލްމާނާއި ކެޓްރީނާ ކުޅޭ ފިލްމުގެ ފުރަތަމަ މަންޒަރު

23 މާރިޗު 2017
ޑްރޭކަށް ފަހު ޖޭލޯ އެލެކްސް ރޮޑްރިގެޒްއާ އެކު؟

ޑްރޭކަށް ފަހު ޖޭލޯ އެލެކްސް ރޮޑްރިގެޒްއާ އެކު؟

20 މާރިޗު 2017
ނޫރަށް ފަހު ނޫސްވެރިންނަށް ކުރާ އިޚުތިރާމް އިތުރުވެއްޖެ: ސޮނާކްޝީ

ނޫރަށް ފަހު ނޫސްވެރިންނަށް ކުރާ އިޚުތިރާމް އިތުރުވެއްޖެ: ސޮނާކްޝީ

08 މާރިޗު 2017
ލަންޑަނުގައި އޮތް ފެޝަން ޝޯއެއްގެ ރޭމްޕަށް އެރުމަށް އެންމެ ފަހު ވަގުތު ބިޕާޝާ ދެކޮޅު ހަދައިފި

ލަންޑަނުގައި އޮތް ފެޝަން ޝޯއެއްގެ ރޭމްޕަށް އެރުމަށް އެންމެ ފަހު ވަގުތު ބިޕާޝާ ދެކޮޅު ހަދައިފި

08 މާރިޗު 2017

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު