Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފަނޑިޔާރު މުޖުތާޒް އަވަހާރަވުން

ފަނޑިޔާރު މުޖުތާޒް އަވަހާރަވުމާ ގުޅިގެން 3 ދުވަހަށް ޝަރުއީ ދާއިރާގެ ދިދަ ބައިދަނޑިއަށް

މުޖުތާޒް ފަހުމީ އަވަހާރަވީ ބުދަ ދުވަހުގެރޭ މެންދަމު 02:00 ހާއިރު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 7 ޖެނުއަރީ 2021 | ބުރާސްފަތި 17:06
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މުޖުތާޒް ފަހުމީ - މުޖްތާޒް އަވަހާރަވީއިރު އުމުރުފުޅުން 61 އަހަރު

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މުޖުތާޒް ފަހުމީ - މުޖްތާޒް އަވަހާރަވީއިރު އުމުރުފުޅުން 61 އަހަރު

ޖަސްޓިސް ރިޓަޔަރޑް އަލްއުސްތާޛު މުޖުތާޒް ފަހުމީ އަވަހާރަ ވުމާއި ގުޅިގެން އެކަމުގެ ހިތާމާގައި ޝަރުޢީ ދާއިރާގެ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ޑިޕަރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނިންމައިފިއެވެ.

އެކަމާ ގުޅިގެން ޑީޖޭއޭއިން ނިންމާފައިވަނީ ބުރާސްފަތި ދުވަހުން ފެށިގެން 3 ދުވަހުގެ މުއްދަތަށް ޝަރުއީ ދާއިރާގެ ދިދަ ބައިދަނޑިއަށް ތިރި ކުރުމަށެވެ. އަދި ޝަރުޢީ ދާއިރާގެ ފަނޑިޔާރުންނާއި މުވައްޒަފުންގެ ފަރާތުން ފަނޑިޔާރު މުޖުތާޒްގެ އާއިލާއަށް ވަނީ ތައުޒިޔާވެސް ފޮނުވާފައެވެ.

Advertisement - newsAdvertisement

މުޖުތާޒް ފަހުމީ އަވަހާރަވީ ބުދަ ދުވަހުގެރޭ މެންދަމު 02:00 ހާއިރުއެވެ.

މުޖުތާޒް ކޮވިޑަށް ޕޮޒިޓިވްވުމާއިއެކު ލ.ގަމު ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވަނީ މި މަހުގެ 3 ވަނަ ދުވަހުއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ލ.ގަމު ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ އަންގާރަ ދުވަހުގެރޭ މުޖުތާޒްގެ ނޭވާއަށް އުނދަގޫވެ ހާލު ސީރިއަސް ވާން ފެށި ކަމަށެވެ. އެހެންކަމުން ބުދަ ދުވަހުގެ މެންދުރުގެ ވަގުތުގައި ވެންޓިލޭޓަރު ގުޅައި މާލެ ފޮނުވާލި ކަމަށް އޭނާ ވިދާޅުވިއެވެ.

މުޖުތާޒް އަވަހާރަވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.

މުޖުތާޒް ފަހުމީ އަވަހާރަވުން ވެގެން ދިޔައީ ޝަރުޢީ ދާއިރާއަށާއި ޤައުމަށްވެސް ލިބުނު ފޫނުބެއްދޭ ވަރުގެ ހިތާމައެއްކަން ފާހަގަކޮށް ޑީޖޭއޭއިން ބުނީ، އެމަނިކުފާނުގެ ޢިލްމީ ތަޖުރިބާގެ އަލީގައި ގައުމަށް ކޮށްދެއްވި ޚިދުމަތްތަކަކީ އަންނަން އޮތް އެތައް ޖީލުތަކަކުންވެސް ހަނދާން އާކުރަމުން ގެންދާނެ ފަދަ ޚިދުމަތްތަކެއް ކަމަށެވެ.

21 ޖަނަވަރީ 1960 ގައި އުފަންވެވަޑައިގެންނެވި ޖަސްޓިސް ރިޓަޔަރޑް އަލްއުސްތާޛު މުޖުތާޒް ފަހުމީ ޤާނޫނު އަދި ޝަރުޢީ ރޮނގުން ތަޢުލީމު ފުރަތަމަ ހާޞިލް ކުރެއްވީ ފަނޑިޔާރުން ތަމްރީނުކުރުމަށް ރާއްޖޭގައި ހިންގެވި ކޯހަކުންނެވެ. އަދި މި ރޮނގުން އިތުރު ޓްރެއިނިންގ ކޯސްތަކާ ސްޓަޑީ ކޯސްތައްވެސް ރާއްޖެއާ ރާއްޖެއިން ބޭރުން ފުރިހަމަ ކުރައްވާފައިވާކަން ޑީޖޭއޭއިން ފާހަގަ ކުރިއެވެ.

ޖަސްޓިސް ރިޓަޔަރޑް އަލްއުސްތާޛު މުޖުތާޒް ފަހުމީ ފުރުއްވާފައިވާ މަޤާމްތަކުގެ ތެރޭގައި،1981 އިން 1988 އަށް ކުނަހަންދޫ ކޯޓުގެ ޤާޟީކަމާއި، 1988 އިން 1990 އަށް ކޯޓު ނަންބަރު 3 ގެ ޤާޟީގެ އެހީތެރިޔާގެ މަޤާމާއި، 1990 އިން 1992 އަށް ކޯޓު ނަންބަރު 3 ގެ ޤާޟީ ކަމާއި، 1992 ން 1997 އަށް ކޯޓު ނަންބަރު 2 ގެ ޤާޟީކަން ކުރައްވާފައިވެއެވެ.

މީގެ އިތުރުން މަދަނީ ކޯޓުގެ ޤާޟީކަމާއި އަދި މަދަނީ ކޯޓުގެ އިސް ޤާޟީކަމާއި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމާއި އެ ކޮމިޝަންގެ ނައިބު ރައީސްކަމާއި، ޖުޑީޝަލް ކައުންސިލްގެ މެންބަރުކަމާއި، ލޭންޑް އިވެލުއޭޝަން ކޮމިޓީގެ މެންބަރުކަމާއި، އަދި 18 ސެޕްޓެންބަރު 2008 އިން 10 އޮގަސްޓު 2010 އަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ވެސް ފުރުއްވާފައިވާކަމަށް ޑީޖޭއޭއިން މައުލޫމާތު ދެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
އިރުޝާން މަރާލި މަރާމާރީގައި ބައިވެރިވި މީހަކު އެންމެ 27 ދުވަހަށް ޖަލަށް!

އިރުޝާން މަރާލި މަރާމާރީގައި ބައިވެރިވި މީހަކު އެންމެ 27 ދުވަހަށް ޖަލަށް!

25 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

8 މެއި
ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި
20251 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!
20233 އަހަރު ކުރިން
މީހުން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!
20215 އަހަރު ކުރިން
ރާއްޖެ

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!
20197 އަހަރު ކުރިން
ރާއްޖެ

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ
20188 އަހަރު ކުރިން
ރާއްޖެ

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު