Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުވަޅޯ މަހުގެ އަގު ހެޔޮ ކުރުން

މިފްކޯ އިން ވަޅޯ މަހުގެ އަގުވެސް ހެޔޮކޮށްފި

ކުރިން ވަޅޯމަސް ކިލޯއެއް ވިއްކަމުން ދިޔައީ 120 ރުފިޔާ އަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 7 ޖެނުއަރީ 2021 | ބުރާސްފަތި 14:14
މިފްކޯ އިން ބަންދުކޮށް ވިއްކާ ވަޅޯމަސް

މިފްކޯ އިން ބަންދުކޮށް ވިއްކާ ވަޅޯމަސް

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ވިއްކާ ފަސްމީރު ބްރޭންޑުގެ ވަޅޯމަހުގެ އަގު ހެޔޮކޮށްފިއެވެ.

އެ ކުންފުނިން ބުނީ ކުރިން 120 ރުފިޔާ އަށް ވިއްކި ވަޅޯމަސް ކިލޯ މިހާރު 105 ރުފިޔާ އަށް ލިބޭނެ ކަމަށެވެ.

މިފްކޯ އިން ވަޅޯމަހުގެ އަގު ހެޔޮކޮށްފައިވާއިރު މަސްވެރިންގެ އަތުން މަސް ގަތުމަށް ގެނައި ބަދަލާއެކު ފަސްމީރު ފެލިވަރު މަސްދަޅު ވިއްކާ އަގު ވެސް ވަނީ ހެޔޮކޮށްފައެވެ.

މިފްކޯ އިން ބުނީ މިހާރު ތެޔޮ މަސްދަޅު ކޭހެއް 575 ރުފިޔާ އަށް އަދި މަސްދަޅެއް 12.25 ލާރި އަށް ލިބިގެންދާނެ ކަމަށެވެ. މީގެ ކުރިން އެ ކުންފުނިން ތެޔޮ މަސްދަޅު ކޭހެއް 640 ރުފިޔާއަށް ވިއްކަމުންދިޔައިރު ތެޔޮ މަސްދަޅެއް ވިއްކާފައިވަނީ 13.05 ލާރިއަށެވެ.

އަދި މިހާރު ފެން މަސްދަޅު ކޭހެއް 530 ރުފިޔާ އަށް ލިބޭނެ ކަަމަށާއި މަސްދަޅެއް 11.25 ލާރިއަށް ލިބޭނެ ކަމަށް ވަނީ ބުނެފައެވެ. ކުރިން ފެން މަސްދަޅު ކޭހެއް 595 ރުފިޔާއަށް ވިއްކަމުންދިޔައިރު މަސްދަޅެއް ވިއްކަމުންދިޔައީ 12.05 ލާރިއަށެވެ.

ފަސްމީރުގެ މަސްދަޅަކީ އާންމުންގެ މެދުގައި މަޤްބޫލު އުފެއްދުމެކެވެ. ރާއްޖޭގައި އެންމެ ފުރަތަމަ މަސްވެރިން ބާނާ މަސް، ދަޅުގައި ބަންދުކުރުމަށް، ކާރުހާނެއް އުފައްދާފައިވަނީ 1978 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 3 ވަނަ ދުވަހުއެވެ.

މި ކާރުހާނާގެ މަސައްކަތް ފުރަތަމަ ފެށިއިރު، ދުވާލެއްގެ މައްޗަށް ކާރުހާނާ މެދުވެރިކޮށް 8 މެޓްރިކް ޓަނުގެ މަސް ކަނޑާ، ދަޅުގައި ބަންދު ކުރަމުން ދިޔައެވެ. މިހާރު މި ކާރުހާނާ މެދުވެރިކޮށް ދުވާލެއްގެ މައްޗަށް 50 މެޓްރިކް ޓަނުގެ ދަޅު މަސް ބަންދުކުރެއެވެ.

މިހާރު ފެލިވަރުގެ ކާރުހާނާއިން އުފައްދާ މަހުގެ ބާވަތްތަކަށް ބަލާއިރު، ކާރުހާނާއިން ރާއްޖޭގެ މާކެޓަށް ދެ ބާވަތެއްގެ މަހުގެ އުފެއްދުންތައް ބަންދުކޮށް ސަޕްލައި ކުރަމުންދެއެވެ. އެއީ ވަކިވަކި ގޭބީސީތަކަށް ހާއްސަ ކުދި މަސްދަޅު އަދި ޕައުޗްގެ އިތުރުން ރެސްޓޯރެންޓް ހޮޓާ އަދި ވިޔަފާރި ކުރާ ތަންތަނަށް ހާއްސަ ބޮޑެތި މަސްދަޅު އަދި މަސް ޕައުޗެވެ. ކޮންމެ މަހަކު ރާއްޖޭގައި އެކި ކަންކޮޅުތަކަށް ފޮނުވުމަށް 10 ކޮންޓެއިނަރާއި 12 ކޮންޓެއިނަރާ ދެމެދުގެ އަދަދަކަށް މަސްދަޅު ދަނީ ފޯރު ކޮށްދެމުންނެވެ.

ބޭރަށް އެކްސްޕޯޓް ކުރާ މަސް އިނގިރޭސިވިލާތް، ޔޫރަޕް، އޭޝިޔާ އަދި މެދުއިރުމައްޗާއި، އެފްރިކާ ބައްރުގެ ބާޒާރުތަކުގައި ވިއްކަމުންދާއިރު ދިވެހިންގެ މި އުފެއްދުމަށް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ.

އިތުރަށް ކިޔާލަން

18 ޖޫން 2017

ކަނޑުމަހުގެ އަގު އުފުލިއްޖެ

18 ޖޫން 2017
ކަނޑުމަހުގެ އަގު އުފުލިއްޖެ
17 ޖޫން 2017

ކަރާގެ އަގު އިތުރަށް މައްޗަށް، މަހުގެ އަގުވެސް އުފުލިއްޖެ

17 ޖޫން 2017
ކަރާގެ އަގު އިތުރަށް މައްޗަށް، މަހުގެ އަގުވެސް އުފުލިއްޖެ
10 ޖޫން 2017

ފަތުގެ އަގު މައްޗަށް، ކަނޑު މަހުގެ އަގު ވަރަށް ބޮޑުތަން ދަށަށް

10 ޖޫން 2017
ފަތުގެ އަގު މައްޗަށް، ކަނޑު މަހުގެ އަގު ވަރަށް ބޮޑުތަން ދަށަށް
09 ޖޫން 2017

ރަމަޟާން މަހުގެ ފަހު ދިހަައެއްގައި ތޮއްޑޫގެ ކަރާ ނުލިބޭނެ: ކައުންސިލް

09 ޖޫން 2017
ރަމަޟާން މަހުގެ ފަހު ދިހަައެއްގައި ތޮއްޑޫގެ ކަރާ ނުލިބޭނެ: ކައުންސިލް
08 ޖޫން 2017

ކަނޑުމަހުގެ އަގު ވަރަށް ބޮޑުތަން ދަށަށް ހިނގައްޖެ!

08 ޖޫން 2017
ކަނޑުމަހުގެ އަގު ވަރަށް ބޮޑުތަން ދަށަށް ހިނގައްޖެ!
05 ޖޫން 2017

ވަޅޯ މަހުގެ އަގު ދަށަށް ޖެހިލައިފި

05 ޖޫން 2017
ވަޅޯ މަހުގެ އަގު ދަށަށް ޖެހިލައިފި
27 މެއި 2017

ރޯދަމަހުގެ ފުރަތަމަ ދުވަސް، ލޯކަލް މާރުކޭޓް ތޮއްޖެހިފައި

27 މެއި 2017
ރޯދަމަހުގެ ފުރަތަމަ ދުވަސް، ލޯކަލް މާރުކޭޓް ތޮއްޖެހިފައި
17 މެއި 2017

ވިލާ ގޭހުގެ އަގުހެޔޮކޮށްފި

17 މެއި 2017
ވިލާ ގޭހުގެ އަގުހެޔޮކޮށްފި
09 މެއި 2017

ފަސް ރުފިޔާގެ ޕޮލިމާ ނޫޓު މިމަހުގެ 10 ވަނަ ދުވަހުގައި ނެރެނީ

09 މެއި 2017
ފަސް ރުފިޔާގެ ޕޮލިމާ ނޫޓު މިމަހުގެ 10 ވަނަ ދުވަހުގައި ނެރެނީ
08 ޖެނުއަރީ 2017

ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ

08 ޖެނުއަރީ 2017
ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު