Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓް

އިއުލާންކުރުމެއް ނެތި 11 މިލިއަން ރުފިޔާއަށް އައިޖީއެމްއެޗްގެ ނިއުމެޓިކް ޝޫޓް ހަރުކުރުމުގެ މަސައްކަތް ހަވާލުކުރި – އޮޑިޓް ރިޕޯޓް

މަސައްކަތް ހަވާލުކޮށްފައިވަނީ ނޭޝަނަލް ޓެންޑަރ ބޯޑަށް ހުށަހަޅައިގެން ނޫންކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 6 ޖެނުއަރީ 2021 | ބުދަ 07:53
އައިޖީއެމްއެޗްގައި އެޑްމިޓް ކުރާ މީހުންނަށް އޮކްސިޖަން ދިނުމަށް ހަރުކުރި ނިއުމެޓިކް ޝޫޓް

އައިޖީއެމްއެޗްގައި އެޑްމިޓް ކުރާ މީހުންނަށް އޮކްސިޖަން ދިނުމަށް ހަރުކުރި ނިއުމެޓިކް ޝޫޓް

އިއުލާން ކުރުމެއް ނެތި އަދި ނޭޝަނަލް ޓެންޑަރ ބޯޑަށް ހުށަހެޅުމެއް ނެތި 11 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް އައިޖީއެމްއެޗްގެ ނިއުމެޓިކް ޝޫޓްގެ މަސައްކަތް ކުރުމަށް 2017 ވަނަ އަހަރު ކުންފުންޏަކަށް ދީފައިވާ ކަމަށް ހެލްތް މިނިސްޓްރީގެ 2017 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 8.25 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ މަސައްކަތުގެ އަގު (ތަކެތީގެ އަގާއި އެކު) 1,500,000 (އެއް މިލިއަން ފަސް ސަތޭކަ ހާސް) ރުފިޔާއިން ފެށިގެން މަތީގެ މަސައްކަތްތައް ހަވާލުކުރާނެ ފަރާތެއް ހޯދާނީ، އެމަސައްކަތާބެހޭ ކުރެހުންތަކާއި ތަފްޞީލުތައް، ނޭޝަނަލް ޓެންޑަރ ބޯޑަށް ހުށަހަޅަންޖެހޭ ކަމަށެވެ.

ނަމަވެސް އައިޖީއެމްއެޗުގައި ނިއުމެޓިކް ޝޫޓް ހަރުކުރުމުގެ މަސައްކަތަށް 11,912,952 (އެގާރަ މިލިޔަން ނުވަ ސަތޭކަ ބާރަ ހާސް ނުވަ ސަތޭކަ ފަންސާސް ދޭއް) ރުފިޔާ ހޭދަކޮށްފައިވީ ނަމަވެސް، އެ މަސައްކަތް ހަވާލުކޮށްފައިވަނީ ނޭޝަނަލް ޓެންޑަރ ބޯޑަށް ހުށަހަޅައިގެން ނޫންކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ. އަދި އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާނުވެސް ކޮށްފައި ނުވާކަމަށް މި ރިޕޯޓުގައި ބުނެއެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ އިޢުލާނު ނުކޮށް އެ މަސައްކަތް ހަވާލުކޮށްފައިވަނީ މިނިސްޓްރީ އޮފް ފިނޭންސް ގެ ހުއްދަ ހޯދައިގެންނެވެ. ނަމަވެސް އިޢުލާނު ނުކުރާނަމަ މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހަމަހަމަ ފުރުސަތެއް ނުލިބޭނެ ކަމަށެވެ.

މި މައްސަލަ އިސްލާހުކުރުމަށް އޮޑިޓަރ ޖެނެރަލް ލަފާ ދެއްވާފައިވަނީ މަސައްކަތުގެ އަގު 35,000 (ތިރީސް ފަސް ހާސް) ދިވެހި ރުފިޔާއަށްވުރެ ބޮޑު ނަމަ މާލިއްޔަތުގެ ގަވާއިދުގެ 10.31 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތަށް އާންމުކޮށް އިޢުލާނުކުރަމަށް އަންގާ ކަމަށެވެ. އަދި އެގަވާއިދުގެ ޖަދުވަލު 1 ގެ 4 ގައި ބަޔާންކޮށްފައިވާގޮތަށް ޕްރޮކިއުމަންޓެއްގެ އަގު 5,000,000 (ފަސް މިލިޔަން) ދިވެހި ރުފިޔާއަށްވުރެ ބޮޑުނަމަ، އެކަމެއް ކުރުމުގެ ހުއްދަ ހޯދުމަށް ނޭޝަނަލް ޓެންޑަރ ބޯޑަށް ހުށަހަޅައި، އެ ބޯޑުގެ ނިންމުމާ އެއްގޮތަށް ކުރިއަށްގެންދިއުމަށް އަންގާފައިވެއެވެ.

މީގެ އިތުރުން މިކަމާގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 17.04 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް "މާލިއްޔަތުގެ މައްސަލަ ބަލާ ކޮމިޓީ" އަށް ހުށަހެޅުމަށް އަންގާފައިވެއެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
25 ޖެނުއަރީ 2017

މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ

25 ޖެނުއަރީ 2017
މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު