Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮސްޓާ ވުލްވްސްއާ ގުޅުން

ސްޕެއިނުގެ ފޯވާޑް ކޮސްޓާ ވުލްވްސްއަށް؟

5 ޖެނުއަރީ 2021 | އަންގާރަ 14:00

ކޮސްޓާގެ އެދުމުގެ މަތިން އެތުލެޓިކޯއިން ވަނީ އެއްބަސްވުން އުވާލާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 5 ޖެނުއަރީ 2021 | އަންގާރަ 14:00
އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އައި ސްޕެއިންގެ ފޯވާޑް ޑިއޭގޯ ކޮސްޓާ

އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އައި ސްޕެއިންގެ ފޯވާޑް ޑިއޭގޯ ކޮސްޓާ

އެތުލެޓިކޯ މެޑްރިޑުގެ އެއްބަސްވުން އުވާލާފައިވާ ސްޕެއިންގެ ފޯވާޑް ޑިއޭގޯ ކޮސްޓާގެ ސޮއި ހޯދުމުގެ ރޭހުގައި އުޅެނީ ވުލްވްސް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

އެތުލެޓިކޯއާއެކު ކޮސްޓާ ހަދާފައި އޮތް އެއްބަސްވުން އަންނަ އަހަރުގެ ހޫނު މޫސުމުގައި ހަމަވަން އޮތް ނަމަވެސް، ދާދި ފަހުން ކޮސްޓާ ވަނީ އަމިއްލައަށް އެއްބަސްވުން އުވާލުމަށް އެ ކުލަބުގައި އެދިފައެވެ. އެއާއެކު މިދިޔަ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހުގެ އެތުލެޓިކޯއިން ވަނީ ކޮސްޓާގެ އެދުމުގެ މަތިން އޭނާގެ އެއްބަސްވުން އުވާލާފައިވާކަން ހާމަކޮށްފައެވެ. ރިޕޯޓުތައް ބުނާ ގޮތުން އުމުރުން 32 އަހަރުގެ ކޮސްޓާ އާއި އެތުލެޓިކޯގެ ކޯޗިން ސްޓާފަކާ މައްސަލަޖެހި، އޭނާ އެ ޓީމު ދޫކޮށްލަން ނިންމީ އެ ޓީމާއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އޮތް ހަ މަސް ދުވަހަށް އެއްވެސް ބަދަލެއް ހޯދުމެއް ނެތިއެވެ.

ދާދި ފަހުން ކޮސްޓާ ވަނީ މި މަހުގެ ޓްރާންސްފާގައި އަލުން އަނބުރާ އިނގިރޭސި ޕްރިމިއާ ލީގުގެ ކުލަބަކަށް ބަދަލުވާން ބޭނުންވާ ކަމަށް ބުނެފައެވެ. އެގޮތުން ކޮސްޓާ ހޯދުމަށް އާސެނަލާއި ވުލްވްސްއިން މަސައްކަތް ކުރަމުން އަންނަ ކަމަށް އިނގިރޭސި މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. މީގެ ތެރެއިން ކޮސްޓާ ބަދަލުވުން އެންމެ ގާތީ ވުލްވްސްއަށެވެ. އެގޮތުން ވުލްވްސްގެ އެއްވަނަ ފޯވާޑް ރައުލް ހިމެނޭޒުގެ ބޮލަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން އޭނާއަށް އެނބުރި ކުޅުމުގެ ތެރެއަށް އާދެވޭނެ ދުވަހެއް ސީދާ ނޭނގޭއިރު، ވުލްވްސްއިން ފޯވާޑެއް ގެންނަން ބޭނުންވާ ކަމަށް އެ ޓީމުގެ ކޯޗު ނޫނޯ އެސްޕިރީޓޯ ސަންޓޯވެސް ވަނީ ބުނެފައެވެ. ރިޕޯޓުތައް ބުނާގޮތުން ވުލްވްސްއިން އޮތީ ކުރު މުއްދަތުގެ އެއްބަސްވުމެއްގައި ބޮޑު މުސާރައެއް ދޭ ގޮތަށްވެސް ކޮސްޓާ ގެންނަން ތައްޔާރަށެވެ.

އަލުން އަނބުރާ ޕްރިމިއާ ލީގުގެ ކުލަބަކާ ގުޅެން ކޮސްޓާ ބޭނުންވާއިރު، މީގެ ކުރިން ޗެލްސީއަށްވެސް ކުޅުނު ކޮސްޓާ ވަނީ އެ ޓީމާއެކު ޕްރިމިއާ ލީގުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން ޗެލްސީއަށް ކުޅެދިން 120 މެޗުން 59 ލަނޑު ޖަހައިދިން ކޮސްޓާ ވަނީ އެ ޓީމާއެކު އިނގިރޭސި ޕްރިމިއާ ލީގު ދެ ފަހަރު އަދި އިނގިރޭސި ލީގު ކަޕް އެއް ފަހަރު ކާމިޔާބުކޮށްފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2018

އާސެނަލްގެ ފޯވާޑް ވޮލްކޮޓް އެވަޓަން އަށް ބަދަލުވުމާ ގާތަށް!

16 ޖެނުއަރީ 2018
އާސެނަލްގެ ފޯވާޑް ވޮލްކޮޓް އެވަޓަން އަށް ބަދަލުވުމާ ގާތަށް!
07 ޖެނުއަރީ 2018

ސްޕެނިޝް ލަލީގާ: ލަނޑު ޖެހުމަށް ފަހު ކޮސްޓާ ރަތް ކާޑު ހޯދައިފި

07 ޖެނުއަރީ 2018
ސްޕެނިޝް ލަލީގާ: ލަނޑު ޖެހުމަށް ފަހު ކޮސްޓާ ރަތް ކާޑު ހޯދައިފި
01 ޖެނުއަރީ 2018

އެޓްލެޓިކޯގެ ކުޅުންތެރިޔެއްގެ ގޮތުގައި ކޮސްޓާ ދައްކާލައިފި

01 ޖެނުއަރީ 2018
އެޓްލެޓިކޯގެ ކުޅުންތެރިޔެއްގެ ގޮތުގައި ކޮސްޓާ ދައްކާލައިފި
22 ސެޕްޓެމްބަރު 2017

ކޮންޓޭއާ މެދު އެއްވެސް ހިންހަމަ ނުޖެހުމެއް ނެއް ކަމަށް ކޮސްޓާ ބުނެފި

22 ސެޕްޓެމްބަރު 2017
ކޮންޓޭއާ މެދު އެއްވެސް ހިންހަމަ ނުޖެހުމެއް ނެއް ކަމަށް ކޮސްޓާ ބުނެފި
05 ސެޕްޓެމްބަރު 2017

ޗެމްޕިއަންސް ލީގަށް ނެގި ސްކޮޑުގައި އިބްރަހިމޮވިޗް ހިމެނިއިރު ޗެލްސީއިން ކޮސްޓާ ބާކީކޮށްފި

05 ސެޕްޓެމްބަރު 2017
 ޗެމްޕިއަންސް ލީގަށް ނެގި ސްކޮޑުގައި އިބްރަހިމޮވިޗް ހިމެނިއިރު ޗެލްސީއިން ކޮސްޓާ ބާކީކޮށްފި
23 އޯގަސްޓު 2017

ދުނިޔޭގެ އެންމެ ވަރުގަދަ ފޯވާޑް ލައިން އޮތީ އާޖެންޓީނާގައި: އިކާޑީ

23 އޯގަސްޓު 2017
ދުނިޔޭގެ އެންމެ ވަރުގަދަ ފޯވާޑް ލައިން އޮތީ އާޖެންޓީނާގައި: އިކާޑީ
10 އޯގަސްޓު 2017

ކޮސްޓާ ނެތްތަން ފޫ ނުބެއްދޭނެ ކަމަށް ޗެލްސީގެ ކެޕްޓަން ކޭހިލް ބުނެފި

10 އޯގަސްޓު 2017
ކޮސްޓާ ނެތްތަން ފޫ ނުބެއްދޭނެ ކަމަށް ޗެލްސީގެ ކެޕްޓަން ކޭހިލް ބުނެފި
09 އޯގަސްޓު 2017

ޑިއޭގޯ ކޮސްޓާ ހޯދުމަށް މިލާނުން ޝައުގުވެރިކަން ފާޅުކޮށްފި

09 އޯގަސްޓު 2017
ޑިއޭގޯ ކޮސްޓާ ހޯދުމަށް މިލާނުން ޝައުގުވެރިކަން ފާޅުކޮށްފި
20 ޖެނުއަރީ 2017

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ
11 ޖެނުއަރީ 2017

އަލަށް ގެނައި ކޯޗާއި ޓްރެއިނަރު އަދި ފޯވާޑް ޓީމާ ގުޅިއްޖެ

11 ޖެނުއަރީ 2017
އަލަށް ގެނައި ކޯޗާއި ޓްރެއިނަރު އަދި ފޯވާޑް ޓީމާ ގުޅިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް