Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރާމޯސްއަށް ސިޓީން ފާރަލުން

ރެއާލުގެ ކެޕްޓަން ރާމޯސްއަށް ސިޓީން ފާރަލަނީ

5 ޖެނުއަރީ 2021 | އަންގާރަ 13:14

ރެއާލާއެކު ރާމޯސް ހަދާފައިވާ އެއްބެސްވުން މި އަހަރުގެ ހޫނު މޫސުމުގައި ހަމަވާނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 5 ޖެނުއަރީ 2021 | އަންގާރަ 13:14
ރެއާލް މެޑްރިޑުގެ ކެޕްޓަން ސާޖިއޯ ރާމޯސް

ރެއާލް މެޑްރިޑުގެ ކެޕްޓަން ސާޖިއޯ ރާމޯސް

ރެއާލް މެޑްރިޑުގެ ކެޕްޓަން ސާޖިއޯ ރާމޯސްއަށް މެންޗެސްޓާ ސިޓީން ފާރަލަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ސްޕެއިނުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަންގެ މަގާމުވެސް އަދާކުރަމުން އަންނަ އުމުރުން 34 އަހަރުގެ ރާމޯސް ރެއާލާއެކު ހަދާފައިވާ އެއްބެސްވުން މި އަހަރުގެ ހޫނު މޫސުމުގައި ހަމަވާނެއެވެ. އަދި މިހާތަނަށް ރެއާލުގެ އެއްބަސްވުން އާކުރުމާ މެދު ރާމޯސް ގޮތެއް ނިންމާފައި ނުވާއިރު، އޭނާއަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ޝައުގުވެރިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެހެންކަމުން ގާޑިއޯލާގެ އެދުމުގެ މަތިން ރާމޯސްއަށް ސިޓީން މިހާރު ފާރަލަމުން އަންނަ ކަމަށްވެސް "އީއެސްޕީއެން" އިން ވަނީ ރިޕޯޓުކޮށްފައެވެ.

މި އަހަރުގެ ހޫނު މޫސުމުގައި ރާމޯސްގެ އެއްބަސްވުން ހަމަވާއިރު، 2019 ވަނަ އަހަރު ރެއާލުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވަނީ ހިލޭ ޓްރާންސްފާއެއްގައި ޗައިނާގެ ކުލަބަކަށް ބަދަލުވާން ރާމޯސް ބޭނުންވާ ކަމަށް ވިދާޅުވެފައެވެ. އެ ފަހަރު ޕެރޭޒް ވިދާޅުވީ ރާމޯސް މިހާރު ބޭނުންވަނީ ޗައިނީސް ސުޕަ ލީގުގެ ކުލަބަކަށް ކުޅެން ކަމަށް އޭނާ ގާތު ރާމޯސް ބުނެފައިވާ ކަމަށާއި، ޗައިނާގެ ކުލަބުން ރާމޯސްގެ އޭޖެންޓަށް މީގެ ކުރިން ވަރަށް ރަނގަޅު ހުށަހެޅުމެއް ލިބުނު ކަމަށްވެސް ރާމޯސް ބުނި ކަމަށެވެ.

ރާމޯސް އަކީ ރެއާލަށް މިހާތަނަށް ހަތަރުވަނައަށް އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިޔާއެވެ. ސެވިއްޔާ ދޫކޮށް 2005 ވަނަ އަހަރު ރެއާލާ ގުޅުނު ފަހުން އޭނާ ވަނީ އެ ކުލަބަށް ކުޅުނު 666 މެޗުގައި 100 ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި އޭނާ ވަނީ ރެއާލާއެކު ސްޕެނިޝް ލީގު ފަސް ފަހަރު އަދި ޔުއެފާ ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ކާމިޔާބުކޮށްފައެވެ.

ސިޓީން ރާމޯސްއަށް ފާރަލަމުން އަންނައިރު، މި އަހަރުގެ ހޫނު މޫސުމުގައި ހިލޭ ޓްރާންސްފާއެއްގެ ދަށުން ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ ހޯދަންވެސް އެ ކުލަބުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި ހަމަ މި ދެ ކުޅުންތެރިން ހޯދުމަށް ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީންވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެންމެ ހިނގާ

1

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

2

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

3

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

4

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

5

ރަސްމާލޭގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ވަޒީރުން ވިދާޅުވި، އެކަމަށް ހެކިވާނެ މީހުންވެސް އެބަތިބި: ޒަމްޒަމް ފާރިޝް

އިތުރަށް ކިޔާލަން

01 މެއި 2017

ނަވާސް ހޯދުމުގެ މަސައްކަތް ސިޓީން ފަށައިފި

01 މެއި 2017
ނަވާސް ހޯދުމުގެ މަސައްކަތް ސިޓީން ފަށައިފި
17 އެޕްރީލު 2017

ބާރަ އަހަރަށް ފަހު ކެޕްޓަން ޖޯން ޓެރީ ޗެލްސީ ދޫކޮށްލަނީ

17 އެޕްރީލު 2017
ބާރަ އަހަރަށް ފަހު ކެޕްޓަން ޖޯން ޓެރީ ޗެލްސީ ދޫކޮށްލަނީ
20 މާރިޗު 2017

ޕްރިމިއާ ލީގު: ސިޓީން ލިވަޕޫލް ހިފެހެއްޓިއިރު، ޓޮޓެންހަމް މޮޅުވެއްޖެ

20 މާރިޗު 2017
ޕްރިމިއާ ލީގު: ސިޓީން ލިވަޕޫލް ހިފެހެއްޓިއިރު، ޓޮޓެންހަމް މޮޅުވެއްޖެ
06 މާރިޗު 2017

މެންސިޓީން ތާވަލްގެ ތިންވަނައަށް ޖެހިލައިފި

06 މާރިޗު 2017
މެންސިޓީން ތާވަލްގެ ތިންވަނައަށް ޖެހިލައިފި
25 ފެބުރުއަރީ 2017

ވިކްޓްރީގެ ކެޕްޓަން ބޭންޑް މެސީއަށް

25 ފެބުރުއަރީ 2017
ވިކްޓްރީގެ ކެޕްޓަން ބޭންޑް މެސީއަށް
20 ފެބުރުއަރީ 2017

ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޝާހް އަށް ހާޓަޓޭކެއް ޖެހި ފަރުވާދޭން ފަށައިފި

20 ފެބުރުއަރީ 2017
ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޝާހް އަށް ހާޓަޓޭކެއް ޖެހި ފަރުވާދޭން ފަށައިފި
10 ފެބުރުއަރީ 2017

އޯޑީއައި މެޗުތަކުގައި ކެޕްޓަންކަން ކުރުން އަޒްހަރު ހުއްޓާލައިފި

10 ފެބުރުއަރީ 2017
އޯޑީއައި މެޗުތަކުގައި ކެޕްޓަންކަން ކުރުން އަޒްހަރު ހުއްޓާލައިފި
31 ޖެނުއަރީ 2017

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން މެލޭޝިއާގެ ޕެނަންގް ޓީމަށް

31 ޖެނުއަރީ 2017
ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން މެލޭޝިއާގެ ޕެނަންގް ޓީމަށް
27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް