Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުރާއްޖެ އަންނަ އިންޑިއާ ފަތުރުވެރިން އިތުރުވުން

އެއަރ ޓްރެވަލް ބަބަލް އާއިއެކު ރާއްޖޭގެ އެންމެ ބޮޑު ސޯސް މާކެޓަށް އިންޑިއާ!

5 ޖެނުއަރީ 2021 | އަންގާރަ 13:19

އިންޑިއާގެ ފަތުރުވެރިންގެ މެދުގައި ރާއްޖެއަށް އޮންނަ ޝައުގުވެރިކަން ވަނީ އިތުރުވެފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 5 ޖެނުއަރީ 2021 | އަންގާރަ 13:19
އިންޑިއާގެ އިންޑިގޯ އެއަރލައިންގެ ފްލައިޓެއް ވީއައިއޭގައި

އިންޑިއާގެ އިންޑިގޯ އެއަރލައިންގެ ފްލައިޓެއް ވީއައިއޭގައި

ފާއިތުވި އަހަރުގެ އޮގަސްޓް މަހު އިންޑިއާ އާއި ރާއްޖެއާ ދެމެދު ގާއިމްކުރެވުނު އެއަރ ޓްރެވަލް ބަބަލް އާއި އެކު އިންޑިއާގެ ފެތުރުވެރިންގެ މެދުގައި ރާއްޖޭގެ މަގްބޫލުކަން އިތުރުވެފައިވާ ކަމަށް އިންޑިއަން ހައިކޮމިޝަނުން ބުނެފިއެވެ.

2020 ވަނަ އަހަރު ނިމުނުއިރު ރާއްޖެ އަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައި ގައުމަށް އިންޑިއާ ވުމާ ގުޅިގެން އިންޑިއަން ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެއަރ ޓްރެވަލް ބަބަލް ގާއިމް ކުރެވުމާއިއެކު، އިންޑިއާ ގެ މަޝްހޫރު އެތައް ތަރިންނާއި ސެލެބްރިޓީން ރާއްޖެ ޒިޔާރަތްކުރަން ފަށާފައިވާ ކަމަށެވެ. އަދި މީގެ ސަބަބުން އިންޑިއާގެ ފަތުރުވެރިންގެ މެދުގައި ރާއްޖެއަށް އޮންނަ ޝައުގުވެރިކަން އިތުރުވެ، ރާއްޖެއަށް ޒިއާރަތް ކުރާ ފަތުރުވެރިންގެ އަދަދު އިތުރުވަމުންގޮސް އިންޑިއާ މިވަނީ ދިވެހި ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެ ބޮޑު ސޯސް މާކެޓައް ވެފައިކަމަށް ހައި ކޮމިޝަނުން ފާހަގަކުރެއެވެ.

މީގެ އިތުރުން ހައި ކޮމިޝަނުން އިސްނަގައިގެން 2020 ވަނަ އަހަރުގެ ފަހު ކުއަރޓާގައި ރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީ އާއި ގުޅިގެން ކުރިއަށް ގެންދިޔަ ވެބިނަރ ތަކާއި ވާޗުއަލް އިވެންޓްތަކުގެ ސަބަބުން ދިވެހި ޓްރެވަލް އޭޖެންޓުންނާއި އިންޑިއާގެ ޓްރެވަލް އޭޖެންޓުން ގުޅުވައިދީފައިވާނެ ކަމަށް އެ ކޮމިޝަނުން ފާހަގަކުރެއެވެ.

މިހާރު ރާއްޖެ އަށް އިންޑިއާގެ ހަތަރު އެއަރލައިން ކަމަށްވާ އިންޑިގޯ، އެއަރ އިންޑިއާ، އަދި ގޯ އެއަރ އާއި ސްޕައިސް ޖެޓްގެ އިތުރުން ރާއްޖޭގެ ގައުމީ އެއަރލައިން، މޯލްޑިވިއަން އިން މިހާރު އިންޑިއާގެ ހަ ސަރައްހައްދަކަށް ދަތުރުކުރަމުންދާ ކަމަށް ފާހަގަކޮށްފައިވާ އިރު، ކޮވިޑް-19 ބަލިމަޑު ކަމުގެ ސަބަބުން ދިމާވި ގޮންޖެހުންތަކާއި އެކުވެސް ރާއްޖެ އާއި އިންޑިއާ އާ ދެމެދު އޮތް ގުޅުމަށް އެއްވެސް ހީނަރުކަމެއް އައިސްފައި ނުވާކަމަށް އިންޑިއާ ހައިކޮމިޝަނުން ފާހަގަކުރެއެވެ.

އެގޮތުން 2019 ވަނަ އަހަރުގެ މާޗް މަހު ދެ ގައުމުގެ މެދުގައި ސޮއި ކުރެވުނު ބައިލެޓަރަލް ވިސާ-ފްރީ އެގްރިމެންޓުގެ ސަބަބުން ރާއްޖެއަށް ޒިއާރަތްކުރާ އިންޑިއާގެ ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައި ކަމަށް ހައި ކޮމިޝަނުން ފާހަގަކުރެއެވެ.

އެހެން ނަމަވެސް ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހުނު ކަމަށާއި މިކަންތައްތައް ތަކަށް ހައްލު ހޯދުމަށް އިންޑިއާ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދީފައިވާކަން ހައި ކޮމިޝަނުން ފާހަގަކުރެއެވެ. އަދި 2018 ވަނަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވެރިކަމާއި ހަވާލުވުމަށްފަހު އިންޑިއާއި ރާއްޖެއާއި ދެމެދުއޮތް ޒަމާންވީ ގުޅުން އިތުރައް ވަރުގަދަވެފައިވާ ކަމަށް ހައިކޮމިޝަނުން ބުނެއެވެ.

ފާއިތުވި އަހަރު ނިމުނު އިރު އިންޑިއާއިން 62،905 ފަތުރުވެރިން ރާއްޖެ އައިސްފައިވާ އިރު، އުންމީދަކީ 2021 ވަނަ އަހަރުގައިވެސް މި ޓްރެންޑް ދަމަހައްޓައި އިންޑިއާގެ ފަތުރުވެރިން ރާއްޖެއަށް ޒިއާރަތް ކުރާ އަދަދު އިތުރުވަމުން ދިއުންކަމަށް އިންޑިއާ ހައިކޮމިޝަނުން ބުނެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

31 މާރިޗު 2017

ރާއްޖޭގެ ވިޔަފާރިތަކަށް ހޮންކޮންގައި ވިޔަފާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި: މިނިސްޓަރު ސައީދު

31 މާރިޗު 2017
ރާއްޖޭގެ ވިޔަފާރިތަކަށް ހޮންކޮންގައި ވިޔަފާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި: މިނިސްޓަރު ސައީދު
29 މާރިޗު 2017

ޗައިނާގެ ސީއޯޓީޓީއެމް ފެއާގައި ރާއްޖޭގެ ރީތިކަން ދައްކާ ލުމުގެ ފުރުސަތު ވަަރަށް ފުރިހަމަ އަށް ލިބިއްޖެ: އެމްއެމްޕީއާރުސީ

29 މާރިޗު 2017
ޗައިނާގެ ސީއޯޓީޓީއެމް ފެއާގައި ރާއްޖޭގެ ރީތިކަން ދައްކާ ލުމުގެ ފުރުސަތު ވަަރަށް ފުރިހަމަ އަށް ލިބިއްޖެ: އެމްއެމްޕީއާރުސީ
17 މާރިޗު 2017

ޗައިނާގެ ޒޮންޝެންއިން ރާއްޖޭގެ ސީޕްލޭންގެ ވިޔަފާރިއަށް ޝައުގުވެރިކަން ފާޅުކޮށްފި

17 މާރިޗު 2017
ޗައިނާގެ ޒޮންޝެންއިން ރާއްޖޭގެ ސީޕްލޭންގެ ވިޔަފާރިއަށް ޝައުގުވެރިކަން ފާޅުކޮށްފި
09 މާރިޗު 2017

މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިމޭއިރު ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ: މިނިސްޓަރު ސައީދު

09 މާރިޗު 2017
މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިމޭއިރު ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ: މިނިސްޓަރު ސައީދު
05 މާރިޗު 2017

ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި

05 މާރިޗު 2017
ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި
03 މާރިޗު 2017

ރާއްޖޭގެ އިންފްލޭޝަން ރޭޓް 2.9 މައްޗަށް ޖެހިއްޖެ!

03 މާރިޗު 2017
ރާއްޖޭގެ އިންފްލޭޝަން ރޭޓް 2.9 މައްޗަށް ޖެހިއްޖެ!
27 ފެބުރުއަރީ 2017

ވޯކް ވިސާ މީހުންނަށް ގަން އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރޭ ގޮތް ހަމަޖައްސައިފި

27 ފެބުރުއަރީ 2017
ވޯކް ވިސާ މީހުންނަށް ގަން އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރޭ ގޮތް ހަމަޖައްސައިފި
10 ފެބުރުއަރީ 2017

ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް 2.7 ޕަސެންޓް އިތުރުވެއްޖެ

10 ފެބުރުއަރީ 2017
ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް 2.7 ޕަސެންޓް އިތުރުވެއްޖެ
09 ފެބުރުއަރީ 2017

ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ކޮންޓެއިނަރ ރާއްޖޭގެ މަރކެޓަށް ތައާރަފްކޮށްފި

09 ފެބުރުއަރީ 2017
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ކޮންޓެއިނަރ ރާއްޖޭގެ މަރކެޓަށް ތައާރަފްކޮށްފި
08 ޖެނުއަރީ 2017

އެއަރ ޗައިނާގެ ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ފަށަނީ

08 ޖެނުއަރީ 2017
އެއަރ ޗައިނާގެ ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް