Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައްޑޫ ރޫޓް ބްރާންޗުން ވައްކަންކުރުން

ރޫޓް އައްޑޫ ފިހާރައިން ވައްކަންކުރީ ސީލިންގައި ބާގަނޑެއް ހަދައިގެން، ދޮޅު ލައްކަ ރުފިޔާ ވަނީ ނަގާފައި

2 ޖެނުއަރީ 2021 | ހޮނިހިރު 13:25

ވައްކަމުގެ އަމަލު ހިންގާފައިވަނީ ފަތިހުގެ ވަގުތެއްގައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 2 ޖެނުއަރީ 2021 | ހޮނިހިރު 13:25
އައްޑޫ ރޫޓް ފިހާރައިގެ ސީލިން ފަޅާލާފައި

އައްޑޫ ރޫޓް ފިހާރައިގެ ސީލިން ފަޅާލާފައި

ދުންފަތުގެ ބާވަތްތައް ވިއްކަމުންދާ އައްޑޫ ސިޓީ މަރަދޫ ރޫޓް ފިހާރައިން ހޮނިހިރު ދުވަހު ވައްކަން ކޮށްފިއެވެ.

"ރާއްޖެ.އެމްވީ" އަށް މައުލޫމާތުދެމުން ރޫޓުގެ މެނޭޖުމަންޓުން ބުނެފައިވަނީ ތިން މީހަކު ހިމެނޭ ގޮތަށް އެ ފިހާރައިން ވައްކަން ކޮށްފައިވަނީ ސީލިންގައި ބާގަނޑެއް ހަދައިގެން ކަމަށެވެ. އަދި ފަތިހު ހިންގި މި ވައްކަމުގައި ދޮޅު ލައްކަ ރުފިޔާ ވަގަށް ނަގާފައިވާ ކަމަށްވެސް ވަނީ މައުލޫމާތުދީފައެވެ.

Advertisement - newsAdvertisement

އަދި ވައްކަންކުރި ތިން މީހުންވެސް ތިބީ ކަޅުކުލައިގެ އަތްދިގު ހެދުމުގައި ކަމަށާއި، އެ މީހުން ސީސީޓީވީ ކެމެރާއަށް އަރާފައިވީ ނަމަވެސް، މޫނު ނިވާކޮށްގެން ތިބުމުން އެއީ ކޮން ބައެއްކަން ނޭނގޭ ކަމަށްވެސް ވަނީ ބުނެފައެވެ. މީގެ އިތުރުން ދެ މީހަކު މާސްކާއެކު ހެލްމެޓުވެސް އަޅައިގެން ހުރި ކަމަށްވެސް ރޫޓުން ބުންޏެވެ.

އަދި ގްރައުންޑް ފްލޯގައި ހުންނަ މި ފިހާރައިގެ ފުރާޅުގައި ހުރި ޓިނުތައް ނައްޓާލުމަށްފަހު ސީލިންގައި ހެދި ބާގަނޑުން އެތެރެއަށް ވަތް ކަމަށާއި، އެންމެ ފުރަތަމަވެސް ފިހާރައިގެ ތެރެއަށް ވަދެ، އެ ތިން މީހުން ސީސީޓީވީ ކެމެރާތައް ހަލާކުކޮށްލާފައިވާ ކަމަށް ރޫޓުގެ މެނޭޖުމަންޓުން މައުލޫމާތުދެއެވެ. އަދި އެއަށްފަހު ފައިސާތަކުގެ އިތުރުން ފިހާރައިގައި ހުރި ލައިޓަރު ތަކެއްވެސް އެމީހުން ނަގާފައިވާ ކަމަށް ވަނީ ބުނެފައެވެ.

ރޫޓުގެ މެނޭޖުމަންޓުން އިތުރަށް ބުނީ ފިހާރައިން ފައިސާތައް ވަގަށް ނަގާފައިވީ ނަމަވެސް ޗެކުތައް ބަހައްޓާފައިވާ ކަމަށެވެ. އަދި އެ މީހުން ފިހާރައިން ނިކުމެފައިވަނީ ސިނގިރޭޓު ފޮށިތަކެއް ހިފައިގެން ކަމަށާއި، މިހާރު ވަގަށް ނަގާފައިވާ ފައިސާގެ އިތުރުން ފިހާރައިން ނެގި މުދާތަކަކީ ކޮބައިތޯ ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ރޫޓުން ބުނެއެވެ.

މި ވައްކަމުގެ މައްސަލައާ ގުޅޭގޮތުން "ރާއްޖެ.އެމްވީ" އަށް މައުލޫމާތުދެމުން ފުލުހުން ބުނީ ރޫޓް ފިހާރައިން ގިނަ އަދަދެއްގެ ފައިސާ އާއި ތަކެތި ވަގަށް ނަގާފައިވާ ކަމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގުކުރަމުންދާ ކަމަށްވެސް ވަނީ ބުނެފައެވެ.

އައްޑޫ ސިޓީ މަރަދޫ ރޫޓް ފިހާރައިން ވައްކަން ކުރިއިރު، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ފަސްވަނަ ދުވަހު މާލޭގެ ރޫޓް ފިހާރައިގެ ފަރާތުން ބޭންކް އޮފް ސިލޯނަށް ޖަމާކުރުމަށްޓަކައި ގެންދިޔަ ހަތަރު މިލިޔަނަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންނަށް ދާދި ފަހުން ޕްރޮސެކިއުޓަރ ޖެނެރަލް ވަނީ ދައުވާ އުފުލާފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް
03 ފެބުރުއަރީ 2017

ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!

03 ފެބުރުއަރީ 2017
ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!
02 ފެބުރުއަރީ 2017

ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި

02 ފެބުރުއަރީ 2017
ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި
28 ޖެނުއަރީ 2017

އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ

28 ޖެނުއަރީ 2017
އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
11 ޖެނުއަރީ 2017

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް