Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
2020 ވަނަ އަހަރުގެ ފަތުރުވެރިންގެ ޓާގެޓް

ގޮންޖެހުންތަކާއި އެކުވެސް ފާއިތުވި އަހަރަށް ކަނޑައެޅި ފަތުރުވެރިންގެ ޓާގެޓް ހާސިލްކޮށްފި

ބޯޑަރު ބަންދުކުރުމުގެ ކުރިން ރާއްޖެ އައިސްފައި ވަނީ 382,760 ފަތުރުވެރިން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 2 ޖެނުއަރީ 2021 | ހޮނިހިރު 10:37
މިއަހަރު ރާއްޖެ އަށް އައި 500،000 ވަނަ ފަތުރުވެރިޔާ

މިއަހަރު ރާއްޖެ އަށް އައި 500،000 ވަނަ ފަތުރުވެރިޔާ

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހުނު ނަމަވެސް އަހަރަށް ކަނޑައެޅި ފަތުރުވެރިންގެ ޓާގެޓް ރާއްޖެއިން ވަނީ ހާސިލްކޮށްފައެވެ.

ފާއިތުވި އަހަރު ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް ލަފާކުރި ނަމަވެސް ކޮވިޑް-19 ގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް އައި ހުއްޓުމާއި އެކު ސަރުކާރުން ވަނީ މި އަދަދުތައް އަލުން މުރާޖާ ކޮށްފައެވެ.

އެގޮތުން ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު 2020 ވަނަ އަހަރުގެ މާޗް މަހުގެ 27 ވަނަ ދުވަހު ބަންދުކުރި އިރު ރާއްޖެއަށް އައިސްފައި ވަނީ 382,760 ފަތުރުވެރިންނެވެ. އަދި ޖުލައި 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލައި އެމުއްދަތުގައި އެއް ލައްކަ ފަތުރުވެރިން ރާއްޖެއަށް ގެނައުމުގެ ޓާގެޓް އެކުލަވާލިއެވެ.

ބޯޑަރު ހުޅުވާލިފަހުން ރާއްޖެއަށް އައި އެއް ލައްކަ ވަަނަ ފަތުރުވެރިޔާ ޑިސެމްބަރ 12 ވަނަ ދުވަހު ރާއްޖެ އައިސްފައިވާ އިރު، ބޯޑަރު އަލުން ހުޅުވާލިފަހުން 172,366 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

ޓޫރިޒަމް މިނިސްޓްރީން މި އަހަރު ނިމެންވާއިރަށް ރާއްޖެއަށް 545،000 ފަތުރުވެރިން ގެނައުމުގެ ޓާގެޓް އިއުލާނު ކުރި އިރު، 2020 ވަނަ އަހަރު ނިމުނު އިރު ޖުމްލަ 555,213 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

ތިން މަސް ދުވަހަށް ވުރެ ގިނަ ދުވަހު ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު އަލުން ހުޅުވާލުމާއިއެކު ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައިސްފައި ނުވިނަމަވެސް، އަހަރުގެ ފަހު ތިން މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވާން ފަށާފައެވެ. އެގޮތުން ޑިސެމްބަރ މަހު އެކަނިވެސް 96,225 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

ޑިސެމްބަރ މަހު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވި އިރު، އެ މަހު ދުވާލެއްގެ މައްޗަށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ވަނީ ކޮވިޑްގެ ކުރިން އާންމު ހާލަތުގައި ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދާއި ހަމަ ކޮށްފައެވެ. ޑިސެމްބަރ މަހު އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައި ދުވަހަށް އެމަހުގެ 27 ވަނަ ދުވަސް ވެފައިވާ އިރު، އެދުވަހު އެކަނިވެސް 6037 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

މީގެ އިތުރުން ބަލިމަޑުކަމުގެ ސަބަބުން ދިމާވި ގިނަ ގޮންޖެހުންތަކާއި އެކުވެސް 2020 ވަނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަން ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފައިއެވެ. އެގޮތުން މުޅިން އައު މާކެޓްތަކަކަށް ރާއްޖޭގެ ފަތުރުވެރިކަން ހުޅުވިގެން ގޮސްފައިވާ އިރު، ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީހުގައި ލިބުނު އެންމެ ބޮޑު އެވޯޑުވެސް ރާއްޖެއަށް ލިބިފައި ވަނީ 2020 ވަނަ އަހަރުއެވެ.

2020 ވަނަ އަހަރު ނިމުނު އިރު 15 އަށް ވުނެ ގިނަ އެވޯޑް ފަތުރުވެރިކަމުގެ ސިނާއަތުން ރާއްޖެއަށް ލިބިފައިވާއިރު، ރާއްޖެ އަކީ 2020 ވަނަ އަހަރުގެ ވޯލްޑް ލީޑިން ޑެސްޓިނޭޝަނެވެ. އަދި ރާއްޖެ އަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއްގެ ގޮތުގައި ރަމްޒުކޮށްދޭ ވޯލްޑް ސޭފް ޓޫރިޒަމް ސްޓޭމްޕް ވެސް 2020 ވަނަ އަހަރު ރާއްޖެއިން ވަނީ ހޯދާފައިއެވެ.

ނިމިދިޔަ އަހަރުގެ މެދުތެރޭގައި ރާއްޖޭގެ މައި އެއަރޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ފަޅުވެގެން ދިޔަ ނަމަވެސް، އެއަރޕޯޓްގެ ހަރަކާތްތައް މިހާރު ވަނީ އިތުރުވާން ފަށާފައިއެވެ. އަހަރު ނިމުނު އިރު 20 އަށް ވުރެ ގިނަ އިންޓަނޭޝަނަލް އެއަރލައިނުން ރާއްޖެއަށް ދަތުރުތައް ކުރަމުން އަންނަ އިރު، ރާއްޖެއަށް ދަތުރުކުރާ ޕްރައިވެޓް ޖެޓުތަކުގެ އަދަދުވެސް ވަނީ 2020 ވަނަ އަހަރު ނިމުނު އެތައް ގުނައެއް އިތުރުވެފައެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމުގެ ކައުންޓްޑައުން ފަށާފައިވާއިރު، 2021 ވަނަ އަހަރަކީ ފަތުރުވެރިކަމުގެ ސިނާއަތުގެ ކާމިޔާބު އަހަރަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ވަނީ ފަށާފައިއެވެ. 2021 ވަނަ އަހަރަށް ސަރުކާރުން ވަނީ ރާއްޖެ އަށް 1.5 މިލިއަން ފަތުރުވެރިން ގެނައުމުގެ ޓާގެޓް ކަނޑައަޅާފައިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮވިޑް-19: ފާއިތުވި 2 ދުވަހުގެ ތެރޭގައި ޕޮޒިޓިވްވި ކޭސްގެ އަދަދު 41،000 އަށް، މަރުވި މީހުންގެ އަދަދު 10،000 އަށް

ކޮވިޑް-19: ފާއިތުވި 2 ދުވަހުގެ ތެރޭގައި ޕޮޒިޓިވްވި ކޭސްގެ އަދަދު 41،000 އަށް، މަރުވި މީހުންގެ އަދަދު 10،000 އަށް

22 މާރިޗު 2020
ފާއިތުވި މަސްދުވަސް ތެރޭ ޗައިނާއިން އެންމެ މަދުން ކޮރޯނާވައިރަސް ޖެހިގެން ރިޕޯޓްކޮށްފައިވަނީ އިއްޔެ

ފާއިތުވި މަސްދުވަސް ތެރޭ ޗައިނާއިން އެންމެ މަދުން ކޮރޯނާވައިރަސް ޖެހިގެން ރިޕޯޓްކޮށްފައިވަނީ އިއްޔެ

24 ފެބުރުއަރީ 2020
ކޮބާ މިއަހަރު ކުރަން ކަނޑައެޅި ކަންކަން ކުރެވިއްޖެތަ؟

ކޮބާ މިއަހަރު ކުރަން ކަނޑައެޅި ކަންކަން ކުރެވިއްޖެތަ؟

30 ޑިސެމްބަރު 2019
މި ދައުރަށް ކަނޑައެޅި މަސައްކަތުގެ ތެރެއިން ނުނިމެނީ މިނިމަމް ވޭޖްގެ ބިލު އެކަނި

މި ދައުރަށް ކަނޑައެޅި މަސައްކަތުގެ ތެރެއިން ނުނިމެނީ މިނިމަމް ވޭޖްގެ ބިލު އެކަނި

07 ޑިސެމްބަރު 2019
ފަސް ވަނަ ރައީސަށް ފަސް ފަހެތިން އިއްވި ހުކުމާއެކު ފަސް އަހަރަށް ޖަލު ގޮޅިއަށް!

ފަސް ވަނަ ރައީސަށް ފަސް ފަހެތިން އިއްވި ހުކުމާއެކު ފަސް އަހަރަށް ޖަލު ގޮޅިއަށް!

28 ނޮވެމްބަރު 2019

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު