Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާގިލްގެ މަރުގެ މައްސަލަ

އާގިލް މަރާލި މައްސަލާގައި ދައުވާކުރާ ތިން މީހުން ޝަރީއަތް ނިމެންދެން ބަންދުކުރިކުރުން ދަމަހައްޓައިފި

31 ޑިސެމްބަރު 2020 | ބުރާސްފަތި 10:07

އާގިލް މަރާލާފައިވަނީ 2018 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 31 ވަނަ ދުވަހުގެ ރޭ އެމްއެމްއޭ ސަރަހައްދަށް އާގިލް ދަތުރުކުރި ލޯންޗް ކައިރިކުރިތަނުން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 31 ޑިސެމްބަރު 2020 | ބުރާސްފަތި 10:07
އާގިލްގެ މަރުގެ މައްސަލާގައި މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ ޝަރީއަތް ނިމެންދެން ބަންދުކުރުމާ ގުޅޭ އަޑުއެހުމުގެ ތެރެއިން

އާގިލްގެ މަރުގެ މައްސަލާގައި މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ ޝަރީއަތް ނިމެންދެން ބަންދުކުރުމާ ގުޅޭ އަޑުއެހުމުގެ ތެރެއިން

ގދ. ފަރެސްމާތޮޑާ، ކޮކާ، އިބްރާހިމް އާގިލް (18އ) މަރާލި މައްސަލާގައި ދައުލަތުން ދައުވާކޮށްފައިވާ ތިން މީހުން، ޝަރީއަތް ނިމެންދެން ބަންދުކުރަން ނިންމާފައިވާ ނިންމުން ދަމަހައްޓައިފިއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ބުނާގޮތުން، ޝަރީޢަތް ނިމެންދެން މީހަކު ބަންދުގައި ބަހައްޓަން ފަނޑިޔާރު ނިންމައިފިނަމަ، އެ ނިންމުން، ކޮންމެ 30 ދުވަހަކުން މުރާޖަޢާކުރަން ޖެހެއެވެ. އަދި، އޭނާ އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮތްތޯ ބެލުމަށްޓަކައި، އޭނާ ހައްޔަރުކޮށްފައިވާ ފަރާތުން، އޭނާ ކޯޓަށް ހާޒިރުކުރަންޖެހެއެވެ. އެގޮތުގެ މަތީން، އާގިލް މާރާލި މައްސަލާގައި ދައުލަތުން ދައުވާކޮށްފައިވާ ތިން މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން މައްސަލަ ބައްލަވާ ފަނޑިޔާރު ނިންމާފައިވާތީ، ބުރާސްފަތި ދުވަހުގެ އަޑުއެހުމަކީ މުރާޖައާ ކުރަން ބޭއްވި އަޑުއެހުމެކެވެ.

Advertisement - newsAdvertisement

ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި މި އަޑުއެހުން ކުރިއަށް ގެންދިޔައީ މިމައްސަލަ ބައްލަވާ ގާޒީ ޗުއްޓީގައި ހުންނެވުމުން ގާޒީ އިސްމާއީލް ރަޝީދުއެވެ.

މި އަޑުއެހުމުގައި ދައުލަތުގެ ގާނޫނީ ވަކީލު ވިދާޅުވީ، ޝަރީއަތް ނިމެންދެން ދައުވާ ލިބޭ ތިން މީހުންގެ ބަންދުގައި ބެހައްޓުމަށް އެދޭ ކަމަށެވެ. އަދި ޝަރީއަތް ނިމެންދެން އެ މީހުން ބަންދު ކުރުމަށް ނިންމިނިންމުން އަދިވެސް އެގޮތުގައި އެބައޮތްކަމަށްވެސް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

އާގިލް މަރާލި މައްސަލާގައި ދައުލަތުން ދައުވާ ކޮށްފައިވާ ތިން މީހުންނަކީ، ލ. ފޮނަދޫ، ހިޔާ، ހަމްދޫން ހަމްޒަތާއި ސ. ހިތަދޫ، ސްވޭހުހީނާގެ، މިޖުވާދު މާލިކު އިބްރާހީމްގެ އިތުރުން، ހއ. ދިއްދޫ، ސްނޯބާޑް، އިބްރާހީމް ވިޝާމްގެ މައްޗަށެވެ.

އާގިލް މަރާލި މައްސަލާގައި، ހަމްދޫން ހަމްޒަތާއި މިޖުވާދު މާލިކުގެ މައްޗަށް އުފުލާގައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. އިބްރާހީމް ވިޝާމްގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގައި އެހީތެރިވުުގެ ކުށުގެ ދައުވާއެވެ.

ވިޝާމުގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގައި އެހީތެރިވުުގެ ކުށުގެ ދައުވާ އުފުލާފައިވަނީ، ވ. ފުލިދޫން މާލެއަށް އާގިލްއައި ލޯންޗު ހަމަޖައްސައިދީ އެ ދަތުރުގެ މައުލޫމާތު އެދެ މީހުންނަށް ފޯރުކޮށްދިނުމުންނެވެ.

އާގިލް މަރާލާފައިވަނީ 2018 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 31 ވަނަ ދުވަހުގެ ރޭ އެމްއެމްއޭ ސަރަހައްދަށް އާގިލް ދަތުރުކުރި ލޯންޗް ކައިރިކުރިތަނުންނެވެ.

އާގިލަށް ފަރުވާދިނުމަށް ގެންދިޔަ އޭޑީކޭ އޮސްޕިޓަލުން އޭރު ބުނެފައިވާ ގޮތުގައި އާގިލް އެ ހޮސްޕިޓަލަށް ގެނައީ އެ ރޭގެ 7:30 ހާއިރުއެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެނައިއިރުވެސް މަރުވެފައިވާ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފައިވެއެވެ.

އާގިލްގެ މަރުގެ އިތުރުން، 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 11ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި، ށ. ފޭދޫ ހީނާމާގެ އިސްމާއިލް ޝައްފާން ޝަރީފް މަރާލީ ގޭންގް މާރާމާރީތަކުގައި ކަމަށް ފުލުހުން ބުނެފައިވެއެވެ.

އަދިއެނޫންވެސް ގިނަ މާރާމާރީތަކާއި ތޫނު އެއްޗެއް ބޭނުންކޮށްގެން މީހުން މެރުމުގެ ގިނަ މައްސަލަތަކެއް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިނގައިގެންދިޔަ އެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުގެ ބައެއް އިސްވެރިން ގޭންގްތަކާއި ގުޅުން އޮންނަކަމުގެ ތުހުމަތުތަކާއެކު މަރުގެ ބައެއް މައްސަލަތަކާއި ބޮޑެތި ޖަރީމާތައް ހިންގަމުންދާކަމަށް ރައީސް ޔާމީންގެ ސަރުކާރުގެ ބައެއް އިސްވެރިންގެ މައްޗަށް ވެސް ތުހުމަތު ކުރެވިފައިވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

21 ޖެނުއަރީ 2017
 ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް