Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެޓީވީ ޖޫރިމަނާކުރި މައްސަލަ

ރާއްޖެޓީވީގެ ޖޫރިމަނާ ފައިސާ އަނބުރާ ލިބުމުން ހަދިޔާކުރާނީ ކުޑަކުދިންގެ ހިޔާއަށް: މެނޭޖުމަންޓް

30 ޑިސެމްބަރު 2020 | ބުދަ 14:24

ރާއްޖެޓީވީން 2018 މާޗް 16 ވަނަ ދުވަހުގެރޭ ބްރޯޑްކާސްޓްކުރި މުޒާހަރާ ގުޅިގެން ދެ މިލިޔަނުން ޖޫރިމަނާކުރި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 30 ޑިސެމްބަރު 2020 | ބުދަ 14:24
ރާއްޖެޓީވީ ދެ މިލިޔަން ރުފިޔާއިން ޖޫރިމަނާކުރުމާ ގުޅިގެން ހުޅުވި އަބުރުފުޅު ފަންޑަށް ލިބުނު ފައިސާ މީރާއާ ހަވާލުކުރި ދުވަސް

ރާއްޖެޓީވީ ދެ މިލިޔަން ރުފިޔާއިން ޖޫރިމަނާކުރުމާ ގުޅިގެން ހުޅުވި އަބުރުފުޅު ފަންޑަށް ލިބުނު ފައިސާ މީރާއާ ހަވާލުކުރި ދުވަސް

ރާއްޖެޓީވީ ދެ މިލިޔަން ރުފިޔާއިން ކުރި ޖޫރިމަނާ ބޭއިންސާފު ކަމަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން ނިންމައިފިއެވެ.

މި މައްސަލައަކީ ރާއްޖެޓީވީން ފޮނުވި ކޮންޓެންޓަކާ ގުޅިގެން ކަމަށް ބުނެ، ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުންގެ ގޮތުގައި އައިސްތިބި އެއިރުގެ ވެރިކަންކުރާ ޕާޓީގެ މެންބަރުން ކުރި ނުހައްގު ޖޫރިމަނާއެކެވެ.

Advertisement - newsAdvertisement

އެފަހަރު ޖުރިމާނާކުރިކަން ރާއްޖެޓީވީއަށް އެންގުމުގެ ކުރިން އެހެން މީޑިއާތަކަށް އެ ޚަބަރު ވަނީ އަރާފައެވެ. ރާއްޖެޓީވީން 2018 މާޗް 16 ވަނަ ދުވަހުގެރޭ 23:24 ން 23:35 ށް ބްރޯޑްކާސްޓްކުރި މުޒާހަރާގެ ލައިވް ކަވަރޭޖް ޕްރޮގްރާމުގައި ގައުމުގެ އަމަންއަމާންކަން ނަގާލައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލް ޤައްޔޫމުގެ އަބުރު ގެއްލޭފަދަ ކޮންޓެންޓް ބްރޯޑްކާސްޓް ކޮށްފައިވާ ކަމަށް ބެލެވޭ ކަމަށް ބުނެ މައްސަލަ ބެލިއެވެ. އަދި ޖޫރިމާނާ 30 ދުވަސް ތެރޭގައި ދެއްކުމަށް އެންގިއެވެ.

މިއީ ރާއްޖެޓީވީ ޖުރިމާނާކުރި ހަތަރުވަނަ ފަހަރެވެ. އޭގެ ކުރިން ރާއްޖެޓީވީ 200،000 ރުފިޔާ، 500،000 ރުފިޔާ އަދި އެއް މިލިޔަން ރުފިޔާއިން ޖޫރިމަނާކުރިއެވެ. ހަތަރުވަނަ ފަހަރުގެ ޖޫރިމަނާއާއެކު ޖުމްލަ 3.7 މިލިޔަން ރުފިޔާއިން ޖޫރިމަނާކުރިއެވެ.

މި މައްސަލަ ދެ ފަހަރެއްގެ މަތިން ބްރޯޑްކާސްޓިންގ ކޮމިޝަނަށް ހުށަހަޅައިގެން އެ ކޮމިޝަނުން އެފަދަ މައްސަލަތައް ބަލާނެ އުސޫލެއް އެކުލަވާލައި، މައްސަލަ ރިވިއު ކުރުމަށްފަހު މިހާރު ވަނީ ގޮތެއް ނިންމާފައެވެ. އެ މައްސަލައިގެ ނިންމާފައިވަނީ ރާއްޖެޓީވީއާ އެއްކޮޅަށެވެ. އެގޮތުން ރާއްޖެޓީވީ ނުހައްގުން ކުރި އެންމެ ބޮޑު ޖޫރިމަނާގެ ދެ މިލިޔަން ރުފިޔާއަކީ ބޭއިންސާފުން ކުރި ޖޫރިމަނާއެއް ކަމަށް މައްސަލަ ރިވިއުކުރުމަށްފަހު ބްރޯޑްކާސްޓިންގ ކޮމިޝަނުން ވަނީ ނިންމާފައެވެ.

މިގޮތަށް މައްސަލަ ނިމުމާއެކު ރާއްޖެޓީވީގެ މެނޭޖްމަންޓުން ވަނީ އެ ފައިސާ ރާއްޖެޓީވީން ބޭނުން ނުކުރުމަށް ނިންމާފައެވެ. އަދި އެ ފައިސާ ކުޑަކުދިންގެ ހިޔާއަށް ހަދިޔާ ކުރުމަށްވެސް ވަނީ ނިންމާފައެވެ. ރާއްޖެޓީވީގެ މެނޭޖްމަންޓުން ބުނެފައިވަނީ ސްޓޭޝަނަށް މުހިންމީ އިންސާފު ކަމަށާއި، އެކަން ވެއްޖެ ކަމަށެވެ.

މި މައްސަލައާ ގުޅޭގޮތުން ރާއްޖެޓީވީގެ ވަކީލު މުއައްވިޒު ރަޝީދު ވިދާޅުވީ މައްސަލަ ރިވިއު ކޮށްދިނުމަށް އެދި ފުރަތަމަ ފަހަރު ހުށަހެޅުމުން އެ މައްސަލަ ނުބެލޭނެ ކަމަށް ނިންމި ނަމަވެސް، ދެވަނަ ފަހަރަށްވެސް މައްސަލަ ރިވިއުކުރުރުމަށް އެދިފައިވާ ކަމަށެވެ. އަދި އެފަދަ މައްސަލަތައް ރިވިއުކުރާނެ އުސޫލެއް އެކުލަވާލައި، މައްސަލަ ބެލުމަށްފަހު އެ މައްސަލަ ރާއްޖެޓީވީއާ އެއްކޮޅަށް ނިމިފައިވާ ކަމަށެވެ.

އެންމެ ހިނގާ

1

ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބީއެމްއެލް ކާޑު ހިފެހެއްޓި މައްސަލައެއް!

2

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

3

ކުށްވެރިއެއް ނޫންކަމަށް ކަނޑައެޅީ ޖަލު ހުކުމް ތަންފީޒުކޮށް ނިމުނު ދުވަހު، ހުކުމް ކުރުމާއެކު ވަގުތުން ފެށީ ރޯން

4

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

5

އީރާނަށް ހަމަލާދިނުމުގެ ތައްޔާރީތަކާއެކު އެމެރިކާގެ އަސްކަރީ މުދާއުފުލާ 10 ބޯޓެއް އިސްރާއީލަށް ޖައްސައިފި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް