Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދައުލަތުގެ ހަރަދު

އަހަރުގެ މިހާތަނަށް ދައުލަތުން 26.8 ބިލިއަން ރުފިޔާ ހަރަދުކޮށްފި

30 ޑިސެމްބަރު 2020 | ބުދަ 08:30

ފާއިތުވި އަހަރުގެ މި މުއްދަތުގައި ސަރުކާރުން ހަރަދުކޮށްފައި ވަނީ 27,272.8 މިލިއަން ރުފިޔާ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 30 ޑިސެމްބަރު 2020 | ބުދަ 08:30
ފިނޭންސް މިނިސްޓްރީ

ފިނޭންސް މިނިސްޓްރީ

ޑިސެމްބަރ މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން 26.8 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީ އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ ޑިސެމްބަރ މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން ވަނީ 26,826.1 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. ފާއިތުވި އަހަރުގެ މި މުއްދަތުގައި ސަރުކާރުން ހަރަދުކޮށްފައި ވަނީ 27,272.8 މިލިއަން ރުފިޔާއެވެ.

Advertisement - newsAdvertisement

ފިނޭންސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ސަރުކާރުން ރިކަރެންޓް އެކްސްޕެންޑިޗަރގެ ގޮތުގައި 20,242.6 މިލިއަން ރުފިޔާ ފާއިތުވި އަހަރު ކުރިއިރު، މިއަހަރުގެ މި މުއްދަތުގައި ހަރަދުކޮށްފައި ވަނީ 18,915.2 މިލިއަން ރުފިޔާއެވެ.

އެގޮތުން މުސާރަ އާއި އިނާޔަތްތައް ދިނުމަށް 4,414.6 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ އިރު، މުވައްޒަފުންގެ އެލަވަންސް އަށް 3,840.5 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް ތަފާސްހިސާބުތައް ދައްކައެވެ. އަދި ޕެންޝަނަށް 1,106.1 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ އިރު، ރިޓަޔަމެންޓް ބެނެފިޓްގެ ގޮތުގައި 458.7 މިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފައެވެ. އެޑްމިނިސްޓްރޭޓިވް އަދި އޮޕަރޭޝަނަލް އެކްސްޕެންސްގެ ގޮތުގައި 8,910.9 މިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފައެވެ.

މީގެ އިތުރުން، ކެޕިޓަލް އެކްސްޕެންޑިޗަރގެ ގޮތުގައި 7,910.9 މިލިއަން ރުފިޔާ މި އަހަރުގެ ޑިސެމްބަރ މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ހޭދަ ކޮށްފައިވާ އިރު، ފާއިތުވި އަހަރުގެ މި މުއްދަތުގައި ހޭދަ ކޮށްފައި ވަނީ 7,030.2 މިލިއަން ރުފިޔާއެވެ.

ފިނޭންސްގެ ތަފާސްހިސާބުތައް ދައްކާގޮތުން ކެޕިޓަލް އިކުއިޕްމެންޓަށް 314.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، އިންފްރާސްޓްރަކްޗަރ އެސެޓްސް އަށް ހަރަދުކޮށްފައި ވަނީ 4,049.3 މިލިއަން ރުފިޔާއެވެ. އަދި ޑިވެލޮޕްމެންޓް ޕްރޮޖެކްޓްސް އާއި އިންވެސްޓްމެންޓް އައުޓްލޭސް އަށް 2,517.4 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

ކޮވިޑް-19 ގެ ސަބަބުން އިގްތިސާދަށް އައި ލޮޅުމާއިއެކު ދައުލަތުގެ ހަރަދު ކުޑަކުރި ނަމަވެސް ޕީއެސްއައިޕީ މަޝްރޫއުތަށް ސަރުކާރުން ހުއްޓާލާފައެއް ނުވެއެވެ. އަދި ކޮވިޑް-19 އާއި ގުޅުން ހުރި ގިނަ ހަރަދުތަކެއްވެސް ސަރުކާރުން ވަނީ ކޮށްފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް
04 ފެބުރުއަރީ 2017

ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!

04 ފެބުރުއަރީ 2017
ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!
31 ޖެނުއަރީ 2017

މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ

31 ޖެނުއަރީ 2017
މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ
30 ޖެނުއަރީ 2017

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017
މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް