Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑްގެ އައު ވޭރިއަންޓް- އެމެރިކާ

އެމެރިކާއިން ފުރަތަމަ ފަހަރަށް ކޮވިޑުގެ އައު ވޭރިއަންޓު ފެނިއްޖެ

30 ޑިސެމްބަރު 2020 | ބުދަ 07:12

ކޮންޓެކްޓުންގެ ތެރެއިން މީހަކު ޕޮޒިޓިވްވެފައި ނުވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 30 ޑިސެމްބަރު 2020 | ބުދަ 07:12
އެމެރިކާގެ ހޮސްޕިޓަލެއްގައި ނަރުހުންތަކެއް ވާހަކަދައްކަނީ: އެމެރިކާއިން މިހާތަނަށް 19 މިލިއަަނަށްވުރެ ގިނަ މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައިވޭ

އެމެރިކާގެ ހޮސްޕިޓަލެއްގައި ނަރުހުންތަކެއް ވާހަކަދައްކަނީ: އެމެރިކާއިން މިހާތަނަށް 19 މިލިއަަނަށްވުރެ ގިނަ މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައިވޭ

ކޮވިޑް-19 ގެ އެންމެ ގިނަ ކޭސްތައް ފެނިފައިވާ އެމެރިކާއިންވެސް ކޮވިޑް-19 ގެ އައު ވޭރިއަންޓް ފެނިއްޖެއެވެ.

ބީބީސީގައި ރިޕޯޓް ކޮށްފައިވާ ގޮތުން އެމެރިކާގެ ސްޓޭޓް އޮފް ކޮލޮރާޑޯއިން މި ވޭރިއަންޓް ފެނިފައިވަނީ އުމުރުން 20 އަހަރުގެ ޒުވާނެއްގެ ގައިންނެވެ. އޭނާއަކީ އެއްވެސް ޓްރެވަލް ހިސްޓަރީއެއްވެސް ނެތް މީހެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އޭނާ މިވަގުތު ހުރީ އައިސޮލޭޝަންގައެވެ.

ކޮލޮރާޑޯގެ ސްޓޭޓް ޑިޕާރޓްމަންޓުން މިވަގުތު ގެންދަނީ ކޮވިޑުގެ މި އައު ވޭރިއަންޓު ފެނުނު ޒުވާނާގެ ކޮންޓެކްޓް ޓްރޭސިންގ ގެ މަސައްކަތް ކުރަމުންނެވެ. އެހެންނަމަވެސް، މިހާތަނަށް އަދި ކޮންޓެކްޓުންގެ ތެރެއިން މީހަކު ޕޮޒިޓިވްވެފައި ނުވާކަމަށް ކޮލޮރާޑޯގެ ސިއްޙީ އޮފިޝަލުން ބުނެއެވެ.

އެމެރިކާއިން މިހާތަނަށް 19 މިލިއަނަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވެއެވެ. އަދި 337،000 މީހުން ވައިރަސް ޖެހިގެން މަރުވެފައިވެއެވެ. އެއާއެކު އެމެރިކާ ވެގެންގޮސްފައިވަނީ އެންމެ ގިނަ މީހުންނަށް ކޮވިޑް ޖެހިގެން ރިޕޯޓް ކުރި ޤައުމުގެ އިތުރުން، އެންމެ ގިނަ މީހުން މި ބަލީގައި މަރުވި ޤައުމަށްވެސް މެއެވެ.

އެމެރިކާގައި މިހާރު ވެކްސިން ދިނުމުގެ ޕްރޮގްރާމްވެސް ފަށާފައިވާއިރު، މޮޑާނާ ގެ ވެކްސިންގެ އިތުރުން، ފައިޒާގެ ވެކްސިން އެ ޤައުމުގައި ދަނީ ބޭނުން ކުރަމުންނެވެ. އަދި މިހިނގާ ޑިސެމްބަރު މަހުގެ ނިޔަލަށް އެމެރިކާގެ 20 މިލިއަން މީހުންނަށް ވެކްސިން ޖެހުމަށް އެ ޤައުމުން ވަނީ އަމާޒު ހިފާފައެވެ.

ތަޖުރިބާކާރުންނާ ޙަވާލާދީ ބީބީސީގައި ރިޕޯޓް ކޮށްފައިވާ ގޮތުން ކޮވިޑުގެ އައު ވޭރިއަންޓު ފެތުރޭ ނިސްބަތް އަވަހެވެ. އެހެންނަމަވެސް، މި ވޭރިއަންޓް ކޮވިޑް-19 އަށްވުރެ ނުރައްކާތެރިކަން ނުވަތަ ނޫންކަން އަދި ކަށަވަރު ކުރެވިފައެއް ނުވެއެވެ.

އެންމެ ހިނގާ

1

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

2

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

3

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

4

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

5

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2017

އިރާގުން ފުރަތަމަ ފަހަރަށް ސީރިޔާގައި ހަރަކާތްތެރިވާ އައިއެސްއަށް ހަމަލާ ދީފި

25 ފެބުރުއަރީ 2017
އިރާގުން ފުރަތަމަ ފަހަރަށް ސީރިޔާގައި ހަރަކާތްތެރިވާ އައިއެސްއަށް ހަމަލާ ދީފި
21 ފެބުރުއަރީ 2017

ސައުދީ ސްޓޮކް އެކްސްޗޭންޖް އިން ފުރަތަމަ ފަހަަރަށް އަންހެންބޭފުޅަކު، އެތަނުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވައިފި

21 ފެބުރުއަރީ 2017
ސައުދީ ސްޓޮކް އެކްސްޗޭންޖް އިން ފުރަތަމަ ފަހަަރަށް އަންހެންބޭފުޅަކު، އެތަނުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވައިފި
14 ފެބުރުއަރީ 2017

ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި

14 ފެބުރުއަރީ 2017
ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި
09 ފެބުރުއަރީ 2017

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
04 ފެބުރުއަރީ 2017

މުސްލިމުންނަށް އެމެރިކާއިން ދޫކުރި 60،000 ވިސާ ކެންސަލްކޮށްފި

04 ފެބުރުއަރީ 2017
މުސްލިމުންނަށް އެމެރިކާއިން ދޫކުރި 60،000 ވިސާ ކެންސަލްކޮށްފި
04 ފެބުރުއަރީ 2017

އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

04 ފެބުރުއަރީ 2017
އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި
02 ފެބުރުއަރީ 2017

އެމެރިކާއިން އިރާނަށް "ނޯޓިސް" ދީފި!

02 ފެބުރުއަރީ 2017
އެމެރިކާއިން އިރާނަށް "ނޯޓިސް" ދީފި!
30 ޖެނުއަރީ 2017

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017
ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ
25 ޖެނުއަރީ 2017

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު
07 ޖެނުއަރީ 2017

ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި

07 ޖެނުއަރީ 2017
ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް