Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕީއެސްޖީން ޓުޗެލް ވަކިކުރުން

ޕީއެސްޖީގެ ކޯޗުގެ މަގާމުން ޓުޗެލް ވަކިކޮށްފި

29 ޑިސެމްބަރު 2020 | އަންގާރަ 10:22

އަންގާރަ ދުވަހު ޕީއެސްޖީން ވަނީ ޓުޗެލް ރަސްމީކޮށް މަގާމުން ވަކިކުރިކަން ހާމަކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 29 ޑިސެމްބަރު 2020 | އަންގާރަ 10:22
ޕީއެސްޖީގެ ކޯޗުގެ މަގާމުން ވަކިކުރި ތޯމަސް ޓުޗެލް

ޕީއެސްޖީގެ ކޯޗުގެ މަގާމުން ވަކިކުރި ތޯމަސް ޓުޗެލް

ފްރެންޗް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމު ކަމަށްވާ ޕީއެސްޖީގެ ކޯޗުގެ މަގާމުން ތޯމަސް ޓުޗެލް ވަކިކޮށްފިއެވެ.

މީގެ ކުރިންވެސް މީޑިއާގައި ވަނީ ޓުޗެލް ވަކިކޮށް، ޕީއެސްޖީގެ ކޯޗަކަށް ޓޮޓެންހަމް ހޮޓްސްޕާގެ ކުރީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ގެނައުމަށް އެ ޓީމުން ނިންމާފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ.

ޕީއެސްޖީން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ވަނީ އެ ކުލަބުގެ ކޯޗުގެ މަގާމުން ޓުޗެލް ރަސްމީކޮށް ވަކިކުރިކަން ހާމަކޮށްފައެވެ. އެ ކުލަބުގެ ރައީސް ގަތަރުގެ ވިޔަފާރިވެރިޔާ ނާސިރު އެލް-ޚެއްލާފީ ވަނީ ޕީއެސްޖީއަށް ޓުޗެލް ކޮށްދިން ޚިދުމަތަށް ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ. ޓުޗެލް އަކީ 2011 ވަނަ އަހަރަށްފަހު ސީޒަނެއްގެ މެދުތެރެއިން ޕީއެސްޖީން ވަކިކުރި ފުރަތަމަ ކޯޗެވެ.

ކުރިން ބޮރޫޝިއާ ޑޯޓްމުންޑަށް ކޯޗުކޮށްދިން އުމުރުން 47 އަހަރުގެ ޓުޗެލް ޕީއެސްޖީއާ ހަވާލުވީ 2018 ވަނަ އަހަރު ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ޓުޗެލްއާއެކު ޕީއެސްޖީން ފްރެންޗް ލީގު ދެ ފަހަރު ކާމިޔާބުކުރިއިރު، މިދިޔަ ސީޒަނުގައި ޓުޗެލްގެ ކޯޗުކަމުގައި ޕީއެސްޖީން ވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައިވެސް ކުޅެފައެވެ. އެއީ އެ ކުލަބުގެ ތާރީޚުގައި ކުޅުނު ފުރަތަމަ ޗެމްޕިއަންސް ލީގު ފައިނަލެވެ. އެކަމަކު އެ ފައިނަލުން ބަލިވިތާ ހަތަރު މަހެއްހާ ދުވަސް ފަހުން ޕީއެސްޖީން ޓުޗެލް ވަކިކުރީ މި ސީޒަނުގައި އެ ޓީމުގެ ނަތީޖާ އެންމެ ރަނގަޅު ނޫން ކަމަށް ބެލުމަށްފަހުއެވެ.

ޕީއެސްޖީން ޓުޗެލް މަގާމުން ވަކިކުރިއިރު، އަވަސް މުސްތަގުބަލެއްގައި އެ ޓީމުގެ ކޯޗުގެ މަގާމާ ޕޮޗެޓީނޯ ހަވާލުވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިދިޔަ އަހަރުގެ ނޮވެންބަރު މަހު ޓޮޓެންހަމުގެ ކޯޗުގެ މަގާމުން ވަކިކުރި ޕޮޗެޓީނޯ އަދި ޓީމަކާ ހަވާލުވެފައެއް ނުވެއެވެ. ޕޮޗެޓީނޯ ޓޮޓެންހަމުގެ ކޯޗުގެ މަގާމުން ވަކިކޮށްފައިވަނީ ފަސް އަހަރަށް ފަހުއެވެ. އޭނާ ވަނީ އެ ޓީމުގައި ކާމިޔާބު މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން އެ ޓީމަށް އަލަށް ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުން ފުރުސަތު ހޯދައިދީ ރަނގަޅު ޓީމެއް އެކުލަވާލިއެވެ.

ރިޕޯޓުތައް ބުނާގޮތުން ޕީއެސްޖީން ފިނި މޫސުމުގެ ބްރޭކަށްފަހު ޖެނުއަރީ މަހުގެ ތިންވަނަ ދުވަހު އަލުން ފަރިތަކުރުންތައް ފަށާނީ ޕޮޗެޓީނޯއާ އެކުގައެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

2

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

3

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

4

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

5

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ކާގޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމް ނުބަލަން އަންގައިފި

އިތުރަށް ކިޔާލަން

24 ޖޫން 2017

ޕާފޯމެންސް މެދު ހިތްހަމަނުޖެހޭ ކަމަށް ބުނެ ނިއުގެ ކޯޗު މަގާމުން ވަކިކޮށްފި

24 ޖޫން 2017
ޕާފޯމެންސް މެދު ހިތްހަމަނުޖެހޭ ކަމަށް ބުނެ ނިއުގެ ކޯޗު މަގާމުން ވަކިކޮށްފި
30 މެއި 2017

އަނެއްކާވެސް އާސެނަލްގެ ކޯޗުގެ މަގާމުގައި ވެންގާ ބެހެއްޓުމަށް ނިންމައިފި

30 މެއި 2017
އަނެއްކާވެސް އާސެނަލްގެ ކޯޗުގެ މަގާމުގައި ވެންގާ ބެހެއްޓުމަށް ނިންމައިފި
30 މެއި 2017

ޑޯޓްމަންޑްގެ ކޯޗުކަމުން ތޯމަސް ޓުޗެލް ވަކިކޮށްފި

30 މެއި 2017
ޑޯޓްމަންޑްގެ ކޯޗުކަމުން ތޯމަސް ޓުޗެލް ވަކިކޮށްފި
10 މެއި 2017

ޕިޔޯލީ މަޤާމުން ވަކިކޮށްފި

10 މެއި 2017
ޕިޔޯލީ މަޤާމުން ވަކިކޮށްފި
22 އެޕްރީލު 2017

ޕީއެސްޖީގެ މަރްކީނިއޮސް ގެންނަން ޔުނައިޓެޑުން 70 މިލިއަން ޕައުންޑު ހުށަހަޅަނީ

22 އެޕްރީލު 2017
ޕީއެސްޖީގެ މަރްކީނިއޮސް ގެންނަން ޔުނައިޓެޑުން 70 މިލިއަން ޕައުންޑު ހުށަހަޅަނީ
11 އެޕްރީލު 2017

އާޖެންޓީނާގެ ކޯޗު އެޑްގާޑޯ ބައުޒާ މަގާމުން ވަކިކޮށްފި

11 އެޕްރީލު 2017
އާޖެންޓީނާގެ ކޯޗު އެޑްގާޑޯ ބައުޒާ މަގާމުން ވަކިކޮށްފި
03 އެޕްރީލު 2017

ނައިބު ރައީސް ކަމުގެ މަގާމުން އިއްޒަތު ވަހީދު ވަކިކޮށްފި

03 އެޕްރީލު 2017
ނައިބު ރައީސް ކަމުގެ މަގާމުން އިއްޒަތު ވަހީދު ވަކިކޮށްފި
24 ފެބުރުއަރީ 2017

ލެސްޓަރ މެނޭޖަރުކަމުން ރެނީރީ ވަކިކޮށްފި

24 ފެބުރުއަރީ 2017
ލެސްޓަރ މެނޭޖަރުކަމުން ރެނީރީ ވަކިކޮށްފި
05 ފެބުރުއަރީ 2017

ލަތީފަކީ ގޭންގްސްޓާރެއް، އަޅުގަނޑު މަގާމުން ވަކިނުކުރެވޭނެ: ކާނަލް ނަޝީދު

05 ފެބުރުއަރީ 2017
ލަތީފަކީ ގޭންގްސްޓާރެއް، އަޅުގަނޑު މަގާމުން ވަކިނުކުރެވޭނެ: ކާނަލް ނަޝީދު
03 ފެބުރުއަރީ 2017

ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް

03 ފެބުރުއަރީ 2017
ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް