Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޯލްޑިވިއަން ސީޕްލޭން

މޯލްޑިވިއަންގެ ސީޕްލޭނެއް މަލިކުގައި

28 ޑިސެމްބަރު 2020 | ހޯމަ 16:58

އިންޑިއާގެ ބޮޑުވަޒީރުގެ ހާއްސަ ދަތުރުފުޅަކަށް މޯލްޑިވިއަންގެ ސީޕްލޭނެއް ވަނީ ޗަރޓަރ ކޮށްފައި

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 28 ޑިސެމްބަރު 2020 | ހޯމަ 16:58
މޯލްޑިވިއަންގެ ސީ ޕްލޭނެއް މަލިކުގައި މަޑުކޮށްގެން

މޯލްޑިވިއަންގެ ސީ ޕްލޭނެއް މަލިކުގައި މަޑުކޮށްގެން

އިންޑިއާގައި ސީޕްލޭންގެ ހިދުމަތް ދިނުމަށް ސްޕައިސް ޖެޓުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މޯލްޑިވިއަންގެ ސީޕްލޭނެއް އަނެއްކާވެސް އިންޑިއާއަށް ގެންގޮސްފިއެވެ.

ހޯމަ ދުވަހު މޯލްޑިވިއަނުން ކޮށްފައިވާ ޓްވީޓެއްގައި ވަނީ ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ސީޕްލޭން އިންޑީއާގެ މަލިކަށް ގޮސްފައިވާ ކަމަށާއި އަދި މަލިކުގައި މި ސީޕްލޭން މަޑުކޮށްފައި ވަނީ ސްޕައިސް ޖެޓްގެ ޗާޓާޑް ދަތުރެއްގައި އަހުމަދުއަބާދަށް ދިއުމުގެ މަގުމަތީގައި ކަމަށެވެ. މިއީ ރާއްޖޭގެ ގައުމީ އެއާލާއިނުން މަލިކަށް ކުރި ފުރަތަމަ ދަތުރެވެ.

Advertisement - newsAdvertisement

މޯލްޑިވިއަނުން ބުނީ ސްޕައިސް ޖެޓުން ސީޕްލޭން ޗާޓަރުކޮށްގެން ގެންދިޔައީ އެއްމަސް ދުވަހަށް ކަމަށެވެ. މި ދަތުރުގައި މޯލްޑިވިއަންގެ ސީޕްލޭން ކްރޫގެ ހަ މެންބަރުންވެސް އިންޑިއާއަށް ގޮސްފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ ދަތުރުފުޅަކަށް ގައުމީ އެއަރލައިން މޯލްޑިވިއަންގެ ސީޕްލޭނެއް ޗާރޓަރ ކުރުމަކީ އިންޑިއާ އާއި ރާއްޖެ އާއި އެއްގައުމު އަނެއްގައުމަށް ކުރާ އިޙްތިރާމް ރަމްޒުކޮށްދޭ ކަމެއްކަމަށް ޤައުމީ އެއަރލައިން މޯލްޑިވިއަން ހިންގަމުން އަންނަ ކުންފުނި، އައިލެންޑް އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ރިޒްވީ މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ސްޕައިސްޖެޓްގެ މިދަތުރުތަކުގެ އިތުރުން، އިންޑިއާގައި ސީޕްލޭން ފެށުމަށް ޓެކްނިކަލް ސަޕޯޓް އެގައުމުން ބޭނުންވާނަމަ އެކަން ފޯރުކޮށްދޭނެ ކަމަށާއި އެފަދަ މަޝްވަރާތަކެއް މިހާރު ވެސް ކުރިއަށްދާ ކަމަށް ރިޒްވީ ވަނީ ވިދާޅުވެފައެވެ.

އިންޑިއާގައި ސީޕްލޭންގެ ހިދުމަތް ފައްޓަވައިދެއްވީ އެ ގައުމުގެ ގައުމީ އެއްބައިވަންތަކަމުގެ ދުވަހާ ދިމާކޮށް، ބޮޑުވަޒީރު ނަރެންދްރަ މޯދީއެވެ. މި ހިދުމަތް ފަށާފައި ވަނީ އިންޑިއާގެ ގުޖުރާތުގެ އަހުމަދު އާބާދުންނެވެ. ސީޕްލޭންގެ ހިދުމަތް ފެށުމަށް އެގައުމަށް މޯލްޑިވިއަންގެ ސީޕްލޭނެއް ވަނީ ގޮސްފައެވެ. އަދި މި ހިދުމަތް ފެށީ މޯލްޑިިވިއަންގެ ސީޕްލޭންގެ ކްރޫންގެ އެހީތެރިކަމާ އެކުގައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

28 އޯގަސްޓު 2018

ހަޅުތާލު ކުރުމުގެ ގޮތުން މޯލްޑިވިއަންގެ ގިނަ ކެބިން ކްރޫއިން މަސައްކަތަށް ސަލާމް ފޮނުވައިފި

28 އޯގަސްޓު 2018
ހަޅުތާލު ކުރުމުގެ ގޮތުން މޯލްޑިވިއަންގެ ގިނަ ކެބިން ކްރޫއިން މަސައްކަތަށް ސަލާމް ފޮނުވައިފި
26 މެއި 2018

ޕާކުކޮށްފައި އޮތް މޯލްޑިވިއަންގެ ދެ ބޯޓަކަށް ގެއްލުން ވެއްޖެ

26 މެއި 2018
ޕާކުކޮށްފައި އޮތް މޯލްޑިވިއަންގެ ދެ ބޯޓަކަށް ގެއްލުން ވެއްޖެ
26 މެއި 2018

މޯލްޑިވިއަންގެ ކުރޫއަކަށް އިންޒާރުދިން މައްސަލައެއްގައި ތިންމީހަކު ހައްޔަރު ކޮށްފި

26 މެއި 2018
މޯލްޑިވިއަންގެ ކުރޫއަކަށް އިންޒާރުދިން މައްސަލައެއްގައި ތިންމީހަކު ހައްޔަރު ކޮށްފި
21 މެއި 2018

މޯލްޑިވިއަންގެ ވޭނެއް ފުރޮޅާލައި ގެއްލުންތަކެއް ވެއްޖެ

21 މެއި 2018
މޯލްޑިވިއަންގެ ވޭނެއް ފުރޮޅާލައި ގެއްލުންތަކެއް ވެއްޖެ
02 ޖެނުއަރީ 2018

މޯލްޑިވިއަންގެ 13 ވަނަ ސީޕްލޭން ގެނެސްފި

02 ޖެނުއަރީ 2018
މޯލްޑިވިއަންގެ 13 ވަނަ ސީޕްލޭން ގެނެސްފި
27 ޑިސެމްބަރު 2017

ކޮންމެ ފަސިންޖަރަކަށް 100 ރުފިޔާ ދިނުމަށްފަހު މޯލްޑިވިއަންގެ ފްލައިޓެއް ކެންސަލްކޮށްފި

27 ޑިސެމްބަރު 2017
ކޮންމެ ފަސިންޖަރަކަށް 100 ރުފިޔާ ދިނުމަށްފަހު މޯލްޑިވިއަންގެ ފްލައިޓެއް ކެންސަލްކޮށްފި
13 ޑިސެމްބަރު 2017

ލީކުވި އޯޑިއޯ އާއި ގުޅިގެން މޯލްޑިވިއަންގެ ޕައިލެޓެއް ސަސްޕެންޑްކޮށްފި

13 ޑިސެމްބަރު 2017
ލީކުވި އޯޑިއޯ އާއި ގުޅިގެން މޯލްޑިވިއަންގެ ޕައިލެޓެއް ސަސްޕެންޑްކޮށްފި
06 ޑިސެމްބަރު 2017

މޯލްޑިވިއަންގެ ޕައިލެޓުން ވަރުބަލިވާކަމުގެ ޝަކުވާތަކެއް، ރައްކާތެރިކަމާއިމެދު ސުވާލުތަކެއް!

06 ޑިސެމްބަރު 2017
މޯލްޑިވިއަންގެ ޕައިލެޓުން ވަރުބަލިވާކަމުގެ ޝަކުވާތަކެއް، ރައްކާތެރިކަމާއިމެދު ސުވާލުތަކެއް!
16 ނޮވެމްބަރު 2017

މޯލްޑިވިއަންގެ ސީޕްލޭނެއް އެކްސިޑެންޓްވެއްޖެ!

16 ނޮވެމްބަރު 2017
މޯލްޑިވިއަންގެ ސީޕްލޭނެއް އެކްސިޑެންޓްވެއްޖެ!
04 އޮކްޓޯބަރު 2017

މޯލްޑިވިއަންގެ ސީޕްލޭނެއް ވެއްޓިއްޖެ

04 އޮކްޓޯބަރު 2017
މޯލްޑިވިއަންގެ ސީޕްލޭނެއް ވެއްޓިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް