Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މޯލްޑިވިއަން

މޯލްޑިވިއަންގެ ޕައިލެޓުން ވަރުބަލިވާކަމުގެ ޝަކުވާތަކެއް، ރައްކާތެރިކަމާއިމެދު ސުވާލުތަކެއް!

ޕައިލެޓުން ވަރުބަލިވާ ވާހަކަ އައިލެންޑް އޭވިއޭޝަނުން ދޮގުކުރޭ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 6 ޑިސެމްބަރު 2017 | ބުދަ 04:49
މޯލްޑިވިއަންއިން އެއަރބަސް މަތިންދާބޯޓެއް ގެނައުމުން ވޯޓަރ ސެލިއުޓެއް ދެނީ

މޯލްޑިވިއަންއިން އެއަރބަސް މަތިންދާބޯޓެއް ގެނައުމުން ވޯޓަރ ސެލިއުޓެއް ދެނީ

ޤައުމީ އެއަރލައިން މޯލްޑިވިއަންގެ މަތިންދާބޯޓުތައް ދުއްވާ ޕައިލެޓުން ވަރުބަލިވެ، އެކަމުގެ ޝަކުވާ އެކުންފުނީގެ އިސް ފަރާތްތަކަށް އުފުލުމުން އަޅާ ނުލާ މައްސަލަ ފެންމަތިވެއްޖެއެވެ.

ސޯޝަލް މީޑިއާގައި އާއްމުވެފައިވާ އޯޑިއޯ ކްލިޕެއްގައި މޯލްޑިވިއަންގެ ޕައިލެޓަކުވަނީ ޕައިލެޓުން ވަރަށް ވަރަށް ބޮޑަށް ވަރުބަލިވާ ކަމަށް ބުނެފައެވެ. އަދި އެވާހަކަ ހުރިހާ ޕައިލެޓުންގެ ތެރޭގައި ދެއްކުމުން އެކަމާއި ހިތްހަމަނުޖެހުން ފްލައިޓް އޮޕަރޭޝަންސްގެ އިސް ވެރިޔަކު ވަނީ ފާޅުކޮށްފައެވެ. އެހެން ނަމަވެސް މިއީ ރައްކާތެރިކަމުގެ އިޝޫއެއްކަމުން، އެންމެންގެ ތެރޭގައި އެވާހަކަ ދެއްކީ ކަމަށް ޕައިލެޓް ބުނެއެވެ. އަދި އެވާހަކަ އެންމެންގެ ތެރޭގައި ދައްކަން ޖެހުނީ ފްލައިޓް އޮޕަރޭޝަންސްގެ އޮފިޝަލަށް އެވާހަކަ ވަކިވަކިން ދެންނެވި ނަމަވެސް ހައްލެއް ނައުމުން ކަމަށް ޕައިލެޓް ބުނެއެވެ. އެހެން ނަމަވެސް ޕައިލެޓުން މަސައްކަތް ކުރަނީ މައްސަލަ ސިޔާސީ ކުރުމަށް ކަމަށް ބުނެ، ފްލައިޓް އޮޕަރޭޝަންސްގެ އޮފިޝަލަކު، އެޕައިލެޓަށް ޖަވާބުދޭ އަޑު އޯޑިއޯގައި އިވެއެވެ.

Advertisement - newsAdvertisement

މޯލްޑިވިއަންގެ ބައެއް ޕައިލެޓުން މާގިނަ ވަގުތު ފްލައި ކުރަން ޖެހުމުން ވަރުބަލިވާކަމުގެ ޝަކުވާކުރުމުން، "ގޭގައި ހުންނަންވީ ނޫން'ހެއްޔޭ ފްލައިޓް އޮޕްސްއިން ބުނެފައިވެއެވެ.

މޯލްޑިވިއަންގެ ޕައިލެޓުން މެދުކެނޑުމެއް ނެތި ދިގު މުއްދަތަކަށް ކޮންމެ ދުވަހަކު ޑިއުޓީ އަށް ނިކުންނަށް ޖެހުމުން ވަރުބަލިވާ ކަމަށް ބުނެ އެކުންފުނީގައި މަސައްކަތް ކުރާ ބޭރުގެ ޕައިލެޓަކު ވެސް ކުންފުނިން ވަކިވެފައިވާ ކަމަށް ބުނާ އީމެއިލެއް ވެސް ވަނީ އާއްމުވެފައެވެ. އެގޮތުން 7 ދުވަސްވަންދެން ދުވާލަކު 8 ގަޑިއިރު ނުވަތަ 10 ގަޑިއިރު އުދުހެން ޖެހޭއިރު، އެކަމުގެ ސަބަބުން ވަރަށް ބޮޑަށް ވަރުބަލިވާ ކަމަށް ޕައިލެޓުން ބުނެއެވެ.

ފްލައިޓްތައް ދުއްވަން ތިބޭ ޕައިލެޓުން ވަރުބަލިކަން އިހުސާސްވާކަމުގެ ޝަކުވާ ކުރުމުން، އައިލެންޑް އޭވިއޭޝަންގެ އިސްވެރިން އެކަމާއި އަޅާނުލާކަމުގެ ޝަކުވާ ކުރަމުން އަންނައިރު، އެކުންފުނީގެ އަންހެން ޕައިލެޓުންނަށް ބޮޑެތި މަތިންދާބޯޓު ދުއްވުމުގެ ފުރުސަތު ނުދޭ ކަމަށް ބުނާ މައްސަލައެއް ވެސް ވަނީ ދާދިފަހުން ފެންމަތިވެފައެވެ.

ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރާއި ބެހޭ އުޞޫލުތައް ބުނާ ގޮތުން ޕައިލެޓުންނާއި ފްލައިޓް ކްރޫ އަދި ކެބިން ކްރޫއިންނަށް އެކަށީގެންވާ ވަގުތު އަރާމު ކުރުމަށް ދޭން ޖެހެއެވެ. އަދި މާބޮޑަށް ޕައިލެޓުން ވަރުބަލިވެއްޖެނަމަ ފްލައިޓް ދުއްވުމަކީ މަނާކަމެކެވެ.

ދާދިފަހުންވެސް މަހެއްހާ ދުވަސްތެރޭ މޯލްޑިވިއަންގެ ކަނޑަށް ޖައްސާ 2 މަތިންދާބޯޓަށް 2 ހާދިސާއެއް ކުރިމަތިވެފައިވެއެވެ. އެގޮތުން ހުޅުލެއަށް ޖައްސަން އުޅުމުގެ ތެރޭގައި ހާދިސާއެއް ދިމާވެ، އެއް ސީޕްލޭން ކްރޭޝްލޭންޑް ކުރި އިރު، އަނެއް މަތިންދާބޯޓު އުދުއްސާލަން އުޅުމުގެ ތެރޭގައި ރިޒޯޓެއްގެ ކައިރީގައި ކަނޑުމަތީގައި އޮތް އެއްޗެއްގައި ސީޕްލޭންގެ ކަނދު ޖެހި، މޫދަށް ވެއްޓިފައިވެއެވެ.

މިކަމާއި ގުޅިގެން ރާއްޖެ.އެމްވީއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް ހާރިސް ވިދާޅުވީ ސޯޝަލް މީޑިއާގައި ދައުރުވަނީ ފޭކް އޯޑިއޯއެއް ކަމަށާއި، އެއީ ވަކި ބޭނުމަކަށް އެޑިޓްކޮށްގެން ހަދާފައިވާ އެއްޗެއް ކަމަށެވެ. އަދި އެކަން ކޮށްފައިވަނީ ކުންފުނީގެ އުޞޫލުތަކާއި ޚިލާފަށް ކަމަށް ވެސް ހާރިސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޕައިލެޓުންނަށް ދޭން ޖެހޭ މިންވަރަށް ވުރެ އިތުރަށް ވެސް އަރާމުކުރާނެ ވަގުތު ދޭކަމަށާއި، އޭގެ އިތުރަށް ވެސް ވަރުބަލިވާނަމަ އެކަން މެނޭޖްމަންޓަށް ހުށަހެޅުމުގެ ހައްޤު ކޮންމެ ޕައިލެޓަކަށް ވެސް އޮންނާނެ ކަމަށެވެ. އަދި މޯލްޑިވިއަން އިން އަބަދު ވެސް މަތިންދާބޯޓު އުފައްދާ ކުންފުނީގެ އުޞޫލުތަކާއި އަދި އައިކާއޯގެ އިތުރުން ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޤަވާއިދުތަކަށް މޯލްޑިވިއަންއިން އިން ފުރިހަމަޔަށް ބޯލަނބާ ކަމަށެވެ. ހަމައެއާއިއެކު މޯލްޑިވިއަންގެ ފްލައިޓްތަކުގެ ރައްކާތެރިކަމާއިމެދު ބަޔަކު އެފަދަ ސުވާލެއް އުފެއްދުމަކީ ޤައުމީ އެއަރލައިނަށް ލިބޭނެ ދެރައެއް ކަމަށާއި، ގެއްލުމެއްކަމަށް ވެސް ހާރިސް ވިދާޅުވިއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޕާކުކޮށްފައި އޮތް މޯލްޑިވިއަންގެ ދެ ބޯޓަކަށް ގެއްލުން ވެއްޖެ

ޕާކުކޮށްފައި އޮތް މޯލްޑިވިއަންގެ ދެ ބޯޓަކަށް ގެއްލުން ވެއްޖެ

26 މެއި 2018
މޯލްޑިވިއަންގެ ކުރޫއަކަށް އިންޒާރުދިން މައްސަލައެއްގައި ތިންމީހަކު ހައްޔަރު ކޮށްފި

މޯލްޑިވިއަންގެ ކުރޫއަކަށް އިންޒާރުދިން މައްސަލައެއްގައި ތިންމީހަކު ހައްޔަރު ކޮށްފި

26 މެއި 2018
މޯލްޑިވިއަންގެ ވޭނެއް ފުރޮޅާލައި ގެއްލުންތަކެއް ވެއްޖެ

މޯލްޑިވިއަންގެ ވޭނެއް ފުރޮޅާލައި ގެއްލުންތަކެއް ވެއްޖެ

21 މެއި 2018
މޯލްޑިވިއަންގެ 13 ވަނަ ސީޕްލޭން ގެނެސްފި

މޯލްޑިވިއަންގެ 13 ވަނަ ސީޕްލޭން ގެނެސްފި

02 ޖެނުއަރީ 2018
ކޮންމެ ފަސިންޖަރަކަށް 100 ރުފިޔާ ދިނުމަށްފަހު މޯލްޑިވިއަންގެ ފްލައިޓެއް ކެންސަލްކޮށްފި

ކޮންމެ ފަސިންޖަރަކަށް 100 ރުފިޔާ ދިނުމަށްފަހު މޯލްޑިވިއަންގެ ފްލައިޓެއް ކެންސަލްކޮށްފި

27 ޑިސެމްބަރު 2017

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު