Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަރުމަހުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން

ފަރުމަހުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން އާންމުކޮށްފި

26 ޑިސެމްބަރު 2020 | ހޮނިހިރު 08:20

މި ޕްލޭން އާންމުކޮށްފައި ވަނީ ޑިސެމްބަރ 24 ގައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 26 ޑިސެމްބަރު 2020 | ހޮނިހިރު 08:20
ރާއްޖޭގެ މަސްވެރިން ބާނާފައިވާ މަސް

ރާއްޖޭގެ މަސްވެރިން ބާނާފައިވާ މަސް

މަސްވެރިކަމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމުގެ ޕްލޭންގެ ދަށުން ރާއްޖޭގެ ފަރުމަހުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން އާންމުކޮށްފިއެވެ.

އެގޮތުން ފަރުމަހުގެ މަސްވެރިކަމުގައި އާއްމުކޮށް ހިފާ އެންމެހައި ބާވަތްތަކާއި އެ ބާވަތްތަކަށް އަމާޒުކޮށް ކުރެވޭ މަސްވެރިކަމުގައި ހިފޭ، ބޭނޭ ނުވަތަ ނެގޭ ކަނޑުގެ އެހެނިހެން ދިރުންތައް މެނޭޖްކުރެވޭނެއެވެ. ރާއްޖޭގައި ހިންގާ، ފަރުމަހުގެ ބާވަތްތަކަށް އަސަރުކޮށްފާނެ އެންމެހައި ހަރަކާތްތަކަށް މި ޕްލޭން ހިނގާއިރު، އޭގެތެރޭގައި، ފަރުމަހުގެ މަސްވެރިކަން ކުރުމާއި، މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތައް ހިންގުމާއި، ޕްރޮސެސް ކުރުމާއި، ގަނެވިއްކުމާއި، ރާއްޖއިން ފަރުމަހުގެ އުފެއްދުންތައް އެކްސްޕޯޓު ކުރުން ހިމެނެއެވެ.

Advertisement - newsAdvertisement

އަދި މި ޕްލޭންގެ ދާއިރާގައި ހިމެނޭ ހަރަކާތެއް ނުވަތަ އެފަދަ ހަރަކާތަކާ ގުޅުންހުރި ހަރަކާތެއް ހިންގާ މީހުންނަށާއި، އުޅަނދުފަހަރަށާއި، ޕްރޮސެސް ކުރާ އަދި އެކްސްޕޯޓު ކުރާ ތަންތަނަށްވެސް މި ޕްލޭން ހިނގާނެއެވެ.

ފަރުތަކުގެ ވަސީލަތްތަކުގެ ތެރެއިން މައިކަށި ނެތް ދިރުންތައް އަދި މުނިފޫހި ފިލުވުމުގެ ގޮތުން ކުރާ މަސްވެރިކަމުގެ ތެރެއިން ފަރުމަހުގެ ވަސީލަތްތަކަށް އަމާޒުކޮށްގެން ކުރާ މަސްވެރިކަމުގެ ހަރަކާތްތައް މެނޭޖްކުރާނީ އެކަންކަމަށް ޚާއްޞަ މެނޭޖްމަންޓް ޕްލޭންތަކެއްގެ ދަށުން ކަމުން މައިކަށި ނެތް ދިރުންތަކާއި މުނިފޫހި ފިލުވުމުގެ ގޮތުން ކުރާ މަސްވެރިކަމުގެ ހަރަކާތްތައް މެނޭޖްކުރުމުގެ ފިޔަވަޅުތަކެއް މި ޕްލޭންގައި ހިމަނައިފައެއް ނުވެއެވެ.

ފަރުމަހުގެ މަސްވެރިކަން މެނޭޖްކުރުމު ގެ ޕްލޭންގެ ދަށުން ސައިންޓިފިކް ގޮތުން ފުރިހަމަ ޔަޤީންކަން ލިބިފައިނެތްނަމަވެސް، މާޙައުލީ ނިޒާމުތައް ރައްކާކޮށް، މާޙައުލީ ނިޒާމުތަކަށް ލިބިދާނެ އިއާދަނުކުރެވޭ ފަދަ ގެއްލުންތައް ހުއްޓުވުމަށް އެވަގުތަކު އަޅަންޖެހޭ އަދި ޚަރަދާ އެކަށީގެންވާ ފިޔަވަޅުތައް އަޅާނެއެެވެ.

މި ޕްލޭންގެ ދަށުން ވަކި ކަންކަމަށާއި ، ބާވަތްތަކަށާއި، މާޙައުލީ ނިޒާމުގެ ޚިދުމަތްތަކަށް ވަކި ވަކިން ބެލުމުގެ ަދަލުގައި، މާޙައުލީ ނިޒާމުތަކުގައި ހިމެނޭ އަދި ގުޅިލާމެހިފައިވާ އެކި ވައްތަރުގެ ގުޅުންތަކަށް ބެލާނެއެވެ. މީގެ ތެރޭގައި އިންސާނުންގެ ހަރަކާތްތަކުން މާޙައުލީ ނިޒާމަށް ކުރާ އަސަރުތަކަށްވެސް ރިޢާޔަތްކުރާނެއެވެ.

މީގެ އިތުރުން ޤައުމީ ފެންވަރުގައި އަޅާ ފިޔަވަޅުތައް ބައިނަލްއަޤުވާމީ ފެންވަރުގައި ކުރާ މަސައްކަތްތަކާ އެއްހަމަކުރުމިުގެ ގޮތުން ޙަޔަވީ ސިންދަފާތު ޙިމާޔަތްކުރުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ކަނޑުގެ ޤުދުރަތީ ވަސީލަތްތައް ބެލެހެއްޓުމާއި، ދެމެހެއްޓެނވި ގޮތެއްގައި ބޭނުންކުރުމަށް ބައިނަލްއަޤުވާމީ ގޮތުން ކުރާ މަސައްކަތްތަކަށް ރިޢާޔަތްކޮށް ޤައުމީ ފެންވަރުގެ ސިޔާސަތުތައް ކަނޑައަޅާނެއެވެ. އަދި މަސްވެރިކަން ތަރައްޤީކުރުމުގައި މުސްތަޤްބަލުގެ ޖީލްތަކަށް ވަސީލަތްތަކުން މަންފާ ލިބިގަތުމަށް ހުރަސް ނޭޅޭނޭގޮތުގެމަތީން މިއަދުގެ ޖީލްތަކުގެ ބޭނުންތައް ފުއްދޭގޮތަށް ތަރައްޤީ ކުރުމަށްވެސް ވަނީ ޕްލޭންގައި ހިމަނާފައެވެ.

ދެފުށް ފެންނަގޮތަށް ޢަމަލުކުރުމާއި، ޤާނޫނާއެއްގޮތަށް ޢަމަލުކުރުމާއި، އެންމެން ޝާމިލްވާގޮތަށް ޢަމަލުކުރުމާއި، ކުރާ ކަމަކަށް ޒިންމާނެގުމާއި، ލާމަރުކަޒީ އުސޫލުތައް ތަޠުބީޤުކޮށްގެން، ވަސީލަތްތަކަކީ އެންމެންގެ ހިއްސާ އެކުލެވޭ އާންމު މުދަލެއްކަމުގައި ދެކިގެން، ވަސީލަތްތަކުގެ ބޭނުންކޮށްގެން ލިބޭ މަންފާ އެންމެންނަށް އިންސާފުވެރިކޮށް ލިބިދޭނެހެން ހަމަހަމަ ކަމާއިއެކު މަސައްކަތްކުރުމަށް ޕްލޭންގައި އެކުލަވާލާފައިވާއިރު، ކަންކަން ނިންމުމުގައި ވީހާވެސް ބޮޑަށް އިއްތިފާޤުން ނަތީޖާ ނެރުމަށް ބާރު އެޅުމުގެގޮތުންނާއި، ކަންކަން ނިންމުމުގައި ކަމާގުޅޭ އެންމެންގެ ޝާމިލްވުން ކަށަވަރުކުރުމުގެ ގޮތުން، ކަމާގުޅޭ އެންމެން، ޚާއްޞަ ކޮށް، ސިޔާސަތެއްގެ ނުވަތަ ފިޔަވަޅެއްގެ ސަބަބުން ސީދާ އަސަރުކުރާ ފަރާތްތައް ބައިވެރިކުރުމަށްވެސް ޕްލޭންގައި ވަނީ ހިމަނާފައެވެ.

ރާއްޖޭގައި ކުރެވޭ ފަރުމަހުގެ މަސްވެރިކަން ރާވައި، ހިންގުމުގެ އިންތިޒާމެއް ޤާއިމުކޮށް، ޒިންމާދާރު ގޮތެއްގައި ފަރުމަހުގެ މަސްވެރިކަން ބަލަހައްޓައި، ފަރުމަހުގެ ބާވަތްތަކަށް އަސަރުކޮށްފާނެ ހަރަކާތްތައް މެނޭޖްކޮށް، މި މަސްވެރިކަމުގެ ފައިދާ ދިގު މުއްދަތަކަށް ދިވެހި ރައްޔިތުންނަށް ލިއްބައިދިނުމުގެ މަގްސަދުގައި އެކުލަވާލާފައިވާ މި ޕްލޭން އާންމުކޮށްފައި ވަނީ ޑިސެމްބަރ 24 ގައިއެވެ.

މި ޕްލޭނުން ފަރުމަހުގެ މަސްވެރިކަމާއި ވިޔަފާރި ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކުރުމުގައި ޝާމިލްވާ ދައުލަތުގެ އިދާރާތަކާއި އެންމެހައި މަޞްލަޙަތުވެރިންނަށް މަގުދައްކައިދޭނެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

21 އޯގަސްޓު 2017

ހެޔޮ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ލޯނު ދޫކުރުމާ ބެހޭ ގަވާއިދު އާންމުކޮށްފި

21 އޯގަސްޓު 2017
ހެޔޮ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ލޯނު ދޫކުރުމާ ބެހޭ ގަވާއިދު އާންމުކޮށްފި
18 އޯގަސްޓު 2017

އިންޑިއާ ކަނޑުގެ މަސްވެރިކަން މެނޭޖްކުރާނެ ގޮތަކާ މެދު މަޝްވަރާ ބައްދަލުވުމެއް ރާއްޖޭގައި ބާއްވައިފި

18 އޯގަސްޓު 2017
އިންޑިއާ ކަނޑުގެ މަސްވެރިކަން މެނޭޖްކުރާނެ ގޮތަކާ މެދު މަޝްވަރާ ބައްދަލުވުމެއް ރާއްޖޭގައި ބާއްވައިފި
14 އޯގަސްޓު 2017

ހަތް ވަނަ އިސްލާހާއި އެކު ސިޔާސީ މުވައްޒަފުން އަމަލު ކުރަންޖެހޭ އުސޫލު އަނެއްކާ ވެސް އާންމުކޮށްފި!

14 އޯގަސްޓު 2017
ހަތް ވަނަ އިސްލާހާއި އެކު ސިޔާސީ މުވައްޒަފުން އަމަލު ކުރަންޖެހޭ އުސޫލު އަނެއްކާ ވެސް އާންމުކޮށްފި!
18 ޖުލައި 2017

އަޅުގަނޑުމެންގެ ގޭމް ޕްލޭން އޮތީ ރާވައި ނިމިފައި: ރައީސް މައުމޫނު

18 ޖުލައި 2017
އަޅުގަނޑުމެންގެ ގޭމް ޕްލޭން އޮތީ ރާވައި ނިމިފައި: ރައީސް މައުމޫނު
08 ޖުލައި 2017

އެމްއެމްއޭގެ މުއައްޒަފުންނަށް ގެދޮރު ގަތުމަށް ލޯނު ނެގޭ ގޮތަށް ގަަވައިދު އާންމުކޮށްފި

08 ޖުލައި 2017
އެމްއެމްއޭގެ މުއައްޒަފުންނަށް ގެދޮރު ގަތުމަށް ލޯނު ނެގޭ ގޮތަށް ގަަވައިދު އާންމުކޮށްފި
18 ޖޫން 2017

ޔާމީން މަރާލަން ހަމަލާދިން މީހުންގެ ފޮޓޯ އާންމުކޮށްފި

18 ޖޫން 2017
ޔާމީން މަރާލަން ހަމަލާދިން މީހުންގެ ފޮޓޯ އާންމުކޮށްފި
08 އެޕްރީލު 2017

ކުނޫޒް ސަރަހައްދު ކޮންނަނީ މަޖީދީމަގު ރަގަޅު ފެންވަރަކަށް ހެދުމުގެ ޕްލޭންގެ ދަށުން: މިނިސްޓަރ މުއިއްޒު

08 އެޕްރީލު 2017
ކުނޫޒް ސަރަހައްދު ކޮންނަނީ މަޖީދީމަގު ރަގަޅު ފެންވަރަކަށް ހެދުމުގެ ޕްލޭންގެ ދަށުން: މިނިސްޓަރ މުއިއްޒު
06 އެޕްރީލު 2017

ރައުދާގެ ކްރައިމް ސީން ވީޑިއޯ އާންމުކޮށްފި

06 އެޕްރީލު 2017
ރައުދާގެ ކްރައިމް ސީން ވީޑިއޯ އާންމުކޮށްފި
22 މާރިޗު 2017

ކޮށްފާނެ ކަންތައްތަކަށް މިތިބީ ތައްޔާރަށް، ޕްލޭން ބީވެސް އެބައޮތް: ގުޅިފައިވާ ޕާޓީތައް

22 މާރިޗު 2017
ކޮށްފާނެ ކަންތައްތަކަށް މިތިބީ ތައްޔާރަށް، ޕްލޭން ބީވެސް އެބައޮތް: ގުޅިފައިވާ ޕާޓީތައް
17 މާރިޗު 2017

ފެނަކައިގެ ބިޒަނަސް ޕްލޭން ހަދަން 8.7 މިލިއަން ރުފިޔާ އަށް އިންޑިއާގެ ކުންފުންޏަކަށް

17 މާރިޗު 2017
ފެނަކައިގެ ބިޒަނަސް ޕްލޭން ހަދަން 8.7 މިލިއަން ރުފިޔާ އަށް އިންޑިއާގެ ކުންފުންޏަކަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް