Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކަރެކްޝަން ސާވިސް މުވައްޒަފުންގެ ޓްރެއިނިންގ ޕްރޮގ

އެމްސީއެސްއާ ގުޅިގެން ޔޫއެންއޯޑީސީ އިން ހިންގި ތިން ޓްރޭނިންގ ޕްރޮގްރާމް ކާމިޔާބު ކަމާއިއެކު ނިންމާލައިފި

24 ޑިސެމްބަރު 2020 | ބުރާސްފަތި 23:41

ޤައިދީން ރިހެބިލިޓޭޓްކޮށް މުޖްތަމައުއަށް ނެރުމުގެ ޒިންމާ އަދާކުރެއްވުމުގައި ޕްރިޒަން އޮފިސަރުން ކުރަމުންގެންދާ މަސައްކަތްތަކަށް، މި ތަމްރީނަކީ މުހިންމު ތަމްރީނެއް

އަތޫފް އާތިފް
އަތޫފް އާތިފް | 24 ޑިސެމްބަރު 2020 | ބުރާސްފަތި 23:41
ޕްރިޒަން އޮފިސަރުންނަށް ހިންގި ތިން ޓްރޭނިންގ ޕްރޮގްރާމް ނިންމާލުމުގެ ރަސްމިއްޔާތުގެ ތެރެއިން، މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ

ޕްރިޒަން އޮފިސަރުންނަށް ހިންގި ތިން ޓްރޭނިންގ ޕްރޮގްރާމް ނިންމާލުމުގެ ރަސްމިއްޔާތުގެ ތެރެއިން، މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އާ ގުޅިގެން ޔުނައިޓެޑް ނޭޝަންސް އޮފިސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ)، އިން ޕްރިޒަން އޮފިސަރުންނަށް ހިންގި ތިން ޓްރޭނިންގ ޕްރޮގްރާމް ކާމިޔާބު ކަމާއިއެކު ނިންމާލާފިއެވެ.

ޑިސެމްބަރު 11 އިން 22 އަށް ކުރިއަށް ގެންދިޔަ މި ތިން ޓްރޭނިންގ ޕްރޮގްރާމަކީ 19 އޮފިސަރުން ބައިވެރިވި "ޔޫއެންއޯޑީސީ ޑައިނަމިކް ޓްރޭނިންގ ޓީއޯޓީ" އާއި، 25 އޮފިސަރުން ބައިވެރިވި "ޔޫއެންއޯޑީސީ ޓްރޭނިންގ އޮން ރިހެބިލިޓޭޝަން އެންޑް ރީއިންޓެގްރޭޝަން އިން ޕްރިޒަން" އަދި 25 އޮފިސަރުން ބައިވެރިވި "ޔޫއެންއޯޑީސީ ޓްރޭނިންގ އޮން ކައުންޓަރިންގ ވަޔޮލެންޓް އެކްސްޓްރީމިސްމް އިން ޕްރިޒަން" އެވެ. މުޅިއަކު 69 އޮފިސަރުން ވަނީ މި ޕްރޮގްރާމްތަކުގައި ބައިވެރިވެ، ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައެވެ.

Advertisement - newsAdvertisement

މި ޓްރޭނިންގ ޕްރޮގްރާމްތަކުގެ ނިމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲއެވެ. މިނިސްޓަރގެ އިތުރުން މި ހަފްލާގައި ޔޫއެންއޯޑީސީގެ ނެޝަނަލް ޕްރޮގްރާމް ކޯޑިނޭޓަރ ތާއިބާ ސައީދު، ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އުސްތާޛް އިބްރާހިމް މުޙައްމަދު ދީދީގެ އިތުރުން ކޮމިޝަންޑް އޮފިސަރުން މި ރަސްމިއްޔާތުގައި ބައިވެރިވެލެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔޫއެންއޯޑީސީގެ ނެޝަނަލް ޕްރޮގްރާމް ކޯޑިނޭޓަރ ތާއިބާ ސައީދު ވިދާޅުވީ މި ތަމްރީންތައް އެއްވެސް ދަތިކަމެއް ނެތި ކުރިއަށް ގޮސްފައިވަނީ އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ގެ އޮފިސަރުންގެ ސަބަބުން ކަމުގައި ފާހަގަކުރައްވައި، އެމްސީއެސްގެ އޮފިސަރުން ޝައުގުވެރިކަމާއިއެކު ބައިވެރިވެ، ދީފައިވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވައިފައެވެ.

މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ދިވެހިރާއްޖޭގެ ޖަލުތަކުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ޤައިދީން ރިހެބިލިޓޭޓްކޮށް މުޖްތަމައުއަށް ނެރުމުގެ ޒިންމާ އަދާކުރެއްވުމުގައި ޕްރިޒަން އޮފިސަރުން ކުރަމުންގެންދާ މަސައްކަތްތަކަށް، ފުރިހަމަކުރި މި ތަމްރީންތަކަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްފަދައިން ރާއްޖޭގެ ޖަލުތަކުގައިވެސް ހަރުކަށި ފިކުރު ފެތުރި، އޭގެ ނަތީޖާއެއްގެ ގޮތުން ގޮން ޖެހުންތަކާ ކުރިމަތިވެގެންދާހިނދު، ހައްލު ހޯދުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގެ އެންމެ މުހިންމު އެއް ކަމަކީ އެފަދަ ޤައިދީންނާ މުއާމަލާތްކުރާ އޮފިސަރުން އެކަމަށް ހޭލުންތެރިވެ، ތަމްރީން ލިބިގެންދިއުން ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

މި ޓްރޭނިންގ ޕްރޮގްރާމްތައް ހިންގައިފާ ވަނީ އެމްސީއެސްއާ ގުޅިގެން ޔޫއެންއޯޑީސީ އިން ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން ދިވެހިރާއްޖޭގައި ކުރިއަށްގެންދާ "ކައުންޓަރ-ޓެރަރިޒަމް ސަޕޯޓް ޕްރޮޖެކްޓް" ގެ ދަށުން ފަންޑުކޮށް، މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ އެހީތެރިކަމާއެކުގައެވެ. މި ޓްރޭނިންގ ޕްރޮގްރާމްގައި ކިޔަވައިދެއްވީ ޔޫއެންއޯޑީސީގެ ކޮންސަލްޓަންޓެއް ކަމަށްވާ އައިދާ މިޔޮލްމޯއެވެ.

މި ޕްރޮގްރާމްތަކުގެ އިތުރުން "ޔުނައިޓެޑް ނޭޝަންސް ސްޓޭންޑަޑް މިނިމަމް ރޫލްސް ފޯރ ދި ޓްރީންޓްމަންޓް އޮފް ޕްރިޒަނަސް (ދި ނެލްސަން މަންޑޭލާ ރޫލްސް)"ގެ "ޓްރޭނިންގ ދަ ޓްރޭނަރސް" ޕްރޮގްރާމް ވެސް ވަނީ ޕްރިޒަން އޮފިސަރުންނަށް ހިންގާފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

21 ޖެނުއަރީ 2017
 ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް