Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދަނޑުވެރިކަމަށް ފަޅުރަށް ބީލަމަށް ހުޅުވާލުން

ދަނޑުވެރިކަން ކުރުމަށް ބީލަމަށް ހުޅުވާލި ރަށްތަކުގެ ބިޑް ހުށަހަޅަންޖެހޭ ފަހު ތާރީޚަކީ 27 ޑިސެމްބަރ!

24 ޑިސެމްބަރު 2020 | ބުރާސްފަތި 04:17

ފަޅުރަށެއް ބީލަމުގެ އުސޫލުން 21 އަހަރަށް ދޫކުރުމަށް ވަނީ ނިންމާފައި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 24 ޑިސެމްބަރު 2020 | ބުރާސްފަތި 04:17
ކާބޯތަކެތި އުފެއްދޭ މިންވަރު އިތުރުކުރުމަށް ދޫކުރާ ރަށްތަކެއް

ކާބޯތަކެތި އުފެއްދޭ މިންވަރު އިތުރުކުރުމަށް ދޫކުރާ ރަށްތަކެއް

ދަނޑުވެރިކަމާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް ކުއްޔަށް ދިނުމަށްޓަކައި ހުޅުވާލި ރަށްތަކުގެ ބިޑް ހުށަހަޅަންޖެހޭ ފަހުގެ ތާރީޚު އަކީ 27 ޑިސެންބަރު ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ބުނެފިއެވެ.

މިގޮތަށް ނިންމީ ބިޑާއި ގުޅިގެން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރީ-ބިޑް މީޓިންގް 3 ދުވަހުގެ މުއްދަތަށް ފަސްކުރެވިފައި ވުމުން ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެހެންކަމުން ބިޑް ހުށަހަޅަންޖެހޭ ތާރީޚު މިހާރުވަނީ އާދީއްތަ ދުވަހުގެ 13:00 އަށް އިތުރުކޮށްފައެވެ.

Advertisement - newsAdvertisement

ސަރުކާރުގެ ސްރެޓެޖިކް އެކްޝަން ޕްލޭންގައި ކަނޑައެޅިފައިވާ ދަނޑުވެރިކަމުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގެ ގޮތުން، ފުރަތަމަ ބުރުގައި 6 ފަޅު ރަށެއް ބީލަމުގެ އުސޫލުން 21 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން ދޫކުރާ ހަތް ރަށަކީ ހއ. މަޑުލު، ށ. ކަކާއެރިޔަދޫ، ނ. ނެޔޮ، ބ. މާއްޑޫ، ނ. ތޮޅެންދޫ، ގއ. އޮއިނިގިއްލާއެވެ.

އެހެންނަމަވެސް މިހާރުވަނީ މި 6 ރަށުގެ ތެރޭގައި ހިމެނޭ ބ އަތޮޅު މާއްދޫ ދަނޑުވެރިކަމަށް ދޫ ނުކުރުމަށް ނިންމާފައެވެ. މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދު ވިދާޅުވީ، ބ މާއްދޫ ދަނޑުވެރިކަމަށް ދޫ ނުކުރުމަށް ނިންމި ނިންމުމަކީ ސަރުކާރުގެ ނިންމުމެއް ކަމަށެވެ. އަދި އެގޮތަށް ނިންމެވީ އެ އަތޮޅުގައި ރަށްތައް މަދުވެފައި، މިހާރުވެސް އެ އަތޮޅުގައި ދަނޑުވެރިކަން ކުރަން ދިގު މުއްދަތަށް ރަށްތައް ދޫކުރެވިފައި ހުރުމުންކަން މިނިސްޓަރ ފާހަގަ ކުރެއްވި އެވެ.

މި ފަޅުރަށްތައް ކުއްޔަށް ދޫކުރުމުގައި މިނިިސްޓްރީގެ މަޤްޞަދަކީ ދިވެހިރާއްޖޭގެ ކާބޯތަކެތި އުފެއްދޭ މިންވަރު އިތުރުކޮށް، ރާއްޖެއަށް އެތެރެކުރަންޖެހޭ ކާބޯތަކެތީގެ މިންވަރު މަދުކޮށް، ކާނާގެ ޔަޤީންކަން ކަށަވަރުކޮށްދިނުމެވެ. އަދި ކޯލި އާއި ބަކަރި ގެންގުޅުމާއި ރާއްޖެއަށް ބޭނުންވާ އެކި ބާވަތްތަކުގެ ގަސްގަހާގެހި ރާއްޖޭގައި އުފައްދައިގެން އާމްދަނީ ހޯދުމުގެ ފުރުޞަތުތައް އިތުރުކޮށްދިނުމަކީ ވެސް މަގުސަދެއް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ދަނޑުވެރިކަމުގެ މަސައްކަތުން ލިބޭ ނަފާ އިތުރުކުރުމަށް ކުރަންޖެހޭ ހަރަދު ކުޑަ ކުރުމަށް ބާރު އެޅުމުގެ ގޮތުން މި ރަށްތަކަށް ދެއްކުމަށް ހަމަޖެހިފައިވާ އަހަރީ ކުއްޔަކީ އަހަރަކަށް އަކަފޫޓަކަށް 10 ލާރިއެވެ. މި ރަށްރަށުގެ ބިމުގެ ސަރަހައްދުން ގިނަވެގެން 30 އިންސައްތައިގައި މިނިސްޓްރީން ކަނޑައަޅާ ކާނާގެ ބާވަތްތައް އުފައްދަން ޖެހޭނެއެވެ. އަދި އުފައްދާ ތަކެތީގެ އިތުރު ތަފްސީލް ވެސް އެ ފަރާތްތަކަށް ބީލަށް ކަރުދާހުން ލިބެން ހުންނާނެ ކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

3

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

4

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

5

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

އިތުރަށް ކިޔާލަން

10 ސެޕްޓެމްބަރު 2018

ދަނޑުވެރިކަން ކުރަން އެތެރެކުރާ ސާމާނުން ޑިއުޓީއެއް ނުނަގާނަން: ފައިސަލް

10 ސެޕްޓެމްބަރު 2018
ދަނޑުވެރިކަން ކުރަން އެތެރެކުރާ ސާމާނުން ޑިއުޓީއެއް ނުނަގާނަން: ފައިސަލް
07 ސެޕްޓެމްބަރު 2018

ބާރަށާ އެކު އިބޫ ކެމްޕެއިންގައި ވަޑައިގެން ރަށްތަކުގެ އަދަދު 100

07 ސެޕްޓެމްބަރު 2018
ބާރަށާ އެކު އިބޫ ކެމްޕެއިންގައި ވަޑައިގެން ރަށްތަކުގެ އަދަދު 100
16 އޯގަސްޓު 2018

އަޅުގަނޑުމެންގެ ސަރުކާރުގައި އެންމެ ފުރަތަމަ ބިން ހިއްކާ ރަށްތަކުގެ ތެރޭގައި މާފުށި ހިމަނާނަން: އިބޫ

16 އޯގަސްޓު 2018
އަޅުގަނޑުމެންގެ ސަރުކާރުގައި އެންމެ ފުރަތަމަ ބިން ހިއްކާ ރަށްތަކުގެ ތެރޭގައި މާފުށި ހިމަނާނަން: އިބޫ
14 ޖޫން 2018

އައިޔޫއެމްއިން ޖޫން ސެމިސްޓާރގެ ކޯސްތަކަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތު އިތުރުކޮށްފި

14 ޖޫން 2018
އައިޔޫއެމްއިން ޖޫން ސެމިސްޓާރގެ ކޯސްތަކަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތު އިތުރުކޮށްފި
08 މާރިޗު 2018

ކަނބަލުންނަށް ހާއްސަ ލޯން ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފި

08 މާރިޗު 2018
ކަނބަލުންނަށް ހާއްސަ ލޯން ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފި
01 ޑިސެމްބަރު 2017

އައްޑޫގެ އިންސިނެރޭޝަން ޕްލާންޓް މަޝްރޫއު ބީލަމަށް ހުޅުވާލައިފި

01 ޑިސެމްބަރު 2017
އައްޑޫގެ އިންސިނެރޭޝަން ޕްލާންޓް މަޝްރޫއު ބީލަމަށް ހުޅުވާލައިފި
05 އޮކްޓޯބަރު 2017

ވަރުވާއަށް ދޫކުރާ 60 ހަށްވުރެ ގިނަ ރަށްތަކުގެ ބިޑު ހުށަހެޅުން މިމަހު ފަހުކޮޅު

05 އޮކްޓޯބަރު 2017
ވަރުވާއަށް ދޫކުރާ 60 ހަށްވުރެ ގިނަ ރަށްތަކުގެ ބިޑު ހުށަހެޅުން މިމަހު ފަހުކޮޅު
11 އޯގަސްޓު 2017

ފެނަކައިން ހިންގާ އިންޖީނުގެ ތަކަށް ފަޔާ އެލާމް ސިސްޓަމް ހޯދުމަށް ބިޑް ކުރުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

11 އޯގަސްޓު 2017
ފެނަކައިން ހިންގާ އިންޖީނުގެ ތަކަށް ފަޔާ އެލާމް ސިސްޓަމް ހޯދުމަށް ބިޑް ކުރުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
18 ޖޫން 2017

ވިއްސާރާގައި ގެއްލުން ލިބުނު ރަށްތަކުގެ ތެރެއިން މަސައްކަތް ނުނިމި ވަނީ ނިލަންދޫގައި އެކަނި: ޑިޒާސްޓާ

18 ޖޫން 2017
ވިއްސާރާގައި ގެއްލުން ލިބުނު ރަށްތަކުގެ ތެރެއިން މަސައްކަތް ނުނިމި ވަނީ ނިލަންދޫގައި އެކަނި: ޑިޒާސްޓާ
01 ޖޫން 2017

މައުމޫން ފައުންޑޭޝަނުން ހުޅުވާލި ސްކޯލަރޝިޕްގެ މުއްދަތު އިތުރުކޮށްފި

01 ޖޫން 2017
މައުމޫން ފައުންޑޭޝަނުން ހުޅުވާލި ސްކޯލަރޝިޕްގެ މުއްދަތު އިތުރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް