Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފެނަކަ ކޯޕަރޭޝަން

ފެނަކައިން ހިންގާ އިންޖީނުގެ ތަކަށް ފަޔާ އެލާމް ސިސްޓަމް ހޯދުމަށް ބިޑް ކުރުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

މައްސަލައާ ގުޅޭ ލިޔުންތައް ފެނަކައިން އޭސީސީއަށް ފޮނުވި

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 11 އޯގަސްޓު 2017 | ހުކުރު 04:50
ފެނަކަ ކޯޕްރޭޝަންގެ އެމްޑީ އަހުމަދު ޝަރީފް

ފެނަކަ ކޯޕްރޭޝަންގެ އެމްޑީ އަހުމަދު ޝަރީފް

ފެނަކަ ކޯޕްރޭޝަން އިން ހިންގާ އިންޖީނުގެތަކަށް ފެޔާއެލާމް ސިސްޓަމްތައް ހޯދުމަށް ބިޑް ކުރުމުގެ މަރުހަލާގައި ކޮރޮޕްޝަނަށް މަގުފަހިވާފަދަ އެއްވެސް އަމަލެއް ހިންގާފައި ނުވާ ކަމަށް އެންޓިކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

ފެނަކަ ކޯޕްރޭޝަން އިން ހިންގާ 150 އަށް ވުރެ ގިނަ އިންޖނުގެތަކަށް ފަޔާ އެލާމް ސިސްޓަމްތައް ހޯދުމަށް ކުރިއަށް ގެންދިޔަ ބިޑް ހުށަހެޅުމުގެ މަރުހަލާގައި ކޮރޮޕްޝަންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ބުނެ އެ މައްސަލަ އޭސީސީ އަށް ހުށަހެޅީ އަމިއްލަ ފަރާތަކުންނެވެ.

އެ މައްސަލަ ނިމުނު ގޮތާ ގުޅޭ ގޮތުން ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން އޭސީސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އޭސީސީ އެ މައްސަލަ ތަހުގީގުކޮށް ނިންމާފައި ވަނީ ޖުލައި މަހުގެ ތެރޭގައި ކަމަށެވެ.

އެގޮތުން މައްސަލަ ތަހުގީގުކޮށް ބެލިއިރު ފެނަކައިން ހިންގާ އިންޖީނުގެތަކަށް ފެޔާ އެލާމް ސިސްޓަމްތައް ހޯދުމަށް ކުރިއަށް ގެންދިޔަ ބިޑިން ޕްރޮސެސްގައި ކޮރޮޕްޝަނަށް މަގުފަހިވާ ފަދަ އެއްވެސް އަމަލެއް ހިންގާފައި ނުވާކަން ތަހުގާގަށް ސާބިތުވެފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އޭސީސީ އިން މައްސަލަ ކުރިއަށް ގެންދިޔައިރު ބިޑިން ޕްރޮސެސް ކުރިއަށްދިޔަ ގޮތާ ގުޅޭ ހުރިހާ ލިޔެކިޔުމެއް ފެނަކަ ކޯޕްރޭޝަން މެދުވެރިކޮށް އޭސީސީން ވަނީ ހޯދާފައެވެ.

އޭސީސީއަށް ހުށަހަޅާފައިވާ މައްސަލައާ ގުޅޭ ގޮތުން ރާއްޖެއެމްވީން ސުވާލު ކުރުމުން ފެނަކަ ކޯޕްރޭޝަންގެ މެނޭޖިންގް ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ ފެނަކައިގެ އިންޖީނުގެތަކަށް ބޭނުންވާ ފަޔަރ އެލާމް ސިސްޓަމްތައް ހޯދުމަށް ފެނަކައިން ފުރަތަމަ ކުރި އިއުލާނަކީ އެމްއެންޑީއެފް އިން ދީފައިވާ މިންގަނޑުތަކަށް ނުފެތޭ އިއުލާނަކަށް ވާތީ ފުރަތަމަ ކުރި އިއުލާނާއި އަދި އެ އިއުލާނާ ގުޅިގެން ހުށަހެޅި ބިޑްތައް ވެސް ބާތިލް ކުރި ކަމަށެވެ.

ޝަރީފް ވިދާޅުވީ އޭގެ ފަހުން ދެވަނަ ފަހަރަށް އިއުލާން ކޮށްގެން ބަޔަކު ނެގުމަށް ފަހު ބިޑް އިވެލުއޭޝަން ބޯޑަށް ފޮނުވުމުން ހުށަހަޅާފައިވާ އަގު ބޮޑު ކަމަށް ބިޑް އިވެލުއޭޝަން ބޯޑުން ނިންމައި އަލުން ރީޓެންޑާ ކުރުމަށް އަންގާފައިވާ ކަމަށެވެ. އަދި ބިޑް އިވެލުއޭޝަން ކޮމެޓީން އެންގި ގޮތަށް އަލުން އިއުލާން ކޮށްފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވި ގޮތުގައި ފެނަކައިގެ އިންޖީނުގެތަކަށް ފަޔަރ އެލާމް ސިސްޓަމް ގަތުމަށް ބިޑްކުރި ގޮތާ ގުޅޭ ގޮތުން އޭސީސީއަށް މައްސަލަ ހުށަހަޅާފައި ވަނީ އެންމެ ފުރަތަމަ ކުރި އިއުލާން ބާތިލް ކޮށްފައިވަނިކޮށެވެ. އަދި ޝަރީފް ވިދާޅުވީ އޭސީސީއަށް ހުށަހަޅާފައިވާ މި މައްސަލައާ ގުޅިގެން އޭސީސީން ފޮނުވުމަށް އެންގި ލިޔެކިޔުންތައް ފެނަކައިގެ ފަރާތުން އޭސީސީއަށް ފޮނުވި ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން

ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން

20 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި

ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު