Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ބާރަށާ އެކު އިބޫ ކެމްޕެއިންގައި ވަޑައިގެން ރަށްތަކުގެ އަދަދު 100

7 ސެޕްޓެމްބަރު 2018 | ހުކުރު 08:35

އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީއަށް ވަޑައިގެންފައިވޭ

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 7 ސެޕްޓެމްބަރު 2018 | ހުކުރު 08:35
އިބޫ ހއ. ދިއްދޫ ވަޑައިގެން ސަޕޯޓަރުންނާ ސަލާމް ކުރައްވަނީ: -އެމަނިކުފާނު ވަނީ 100 ރަށަށް މިހާތނަށް ވަޑައިގެންފައި

އިބޫ ހއ. ދިއްދޫ ވަޑައިގެން ސަޕޯޓަރުންނާ ސަލާމް ކުރައްވަނީ: -އެމަނިކުފާނު ވަނީ 100 ރަށަށް މިހާތނަށް ވަޑައިގެންފައި

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ކެމްޕެއިނަށް ވަޑައިގެންނެވި ރަށްތަކުގެ އަދަދު 100 އަށް އަރައިފިއެވެ.

މި މަހުގެ 23 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރެއްވުމަށް އެމަނިކުފާނު 100 ވަނަ ރަށެއްގެ ގޮތުގައި ވަޑައިގެންނެވީ ހއ. ބާރަށަށަށެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރުކަން ކުރައްވަމުން ގެންދަވާ އިބޫ އަށް ރިޔާސީ ޓިކެޓް ދިނުމަށް އެމްޑީޕީން ނިންމި ފަހުން ރަށްރަށަށް ވަޑައިގެން ކުރައްވަމުން ގެންދެވި ކެމްޕެއިންގެ ތެރެއިން އަދި ބޮޑެތި އާބާދީތައް ހިމެނޭ ރަށްތަކަށް ވަޑައިގެންފައި ވެއެވެ. އެމަނިކުފާނު ވަޑައިގެން 100 ރަށުގެ ތެރޭގައި އައްޑޫ ސިޓީ އާއި ފުވަމުއްލަކު ސިޓީ ފިޔަވައި އެހެން ތަންތަނަކީ އިލެކްޝަނަށް ފޯމް ހުށައެޅުއްވުމަށް ފަހު ވަޑައިގެންނެވި ރަށްރަށެވެ. އިބޫ އިލެކްޝަނަށް ފޯމް ހުށައެޅުއްވީ މިދިޔަ ޖުލައި 26 ވަނަ ދުވަހުއެވެ.

Advertisement - newsAdvertisement

އެމަނިކުފާނަށް ކޮންމެ ރަށަކުން ވެސް ހޫނު މަރުހަބާއެއް ދަންނަވާފައި ވެއެވެ. އެމަނިކުފާނު ރަށްތަކަށް ވަޑައިގެން އެ ރަށް ރަށުގައި ތިބި ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވައެވެ. އަދި ކޮންމެ ރަށަކާ މެދު ވެސް އެމަނިކުފާނުގެ ވިސްނުންފުޅު ހުރި ގޮތް ހާމަކުރައްވައި އެރަށް ރަށަށް ކޮށްދެއްވާނެ ބައެއް ކަންކަން ހާމަކުރައްވައެވެ. އަދި އެހެންމެ ގިނަ ރަށްތަކުގައި އެރަށުގެ ކައުންސިލާ ބައްދަލު ކުރައްވާފައިވެއެވެ.

އިބޫގެ އިތުރުން އެމަނިކުފާނުގެ ރަނިންގ މޭޓް ފައިސަލް ނަސީމް ވެސް ގެންދަވަނީ އެކި ރަށްތަކަށް ވަޑައިގަންނަވަމުންނެވެ. މި ގޮތުން ފައިސަލް 76 ރަށަކަށް ވަޑައިގެންފައިވާއިރު އެ ދެ ބޭފުޅުނަށް ޖުމްލަ 176 ރަށަކަށް މިހާރު ވަނީ ވަޑައިގެންފައެވެ.

ބާރަށަށް ވަޑައިގެން އެރަށުގައި އެމަނިކުފާނު ވަނީ ކޯލިޝަން ސަރުކާރެއްގައި ރަށުގެ ބޯފެނުގެ ނިޒާމް ގާއިމުކުރައްވާނެ ކަމަށާއި ރަށުގައި ފަޅު ފުންކުރެވިގެންދާނެ ކަމަށް ވިދާޅުވެފައެވެ. އެހެންމެ ރަށުގައި ގެސްޓް ހައުސް ވިޔަފާރި ފުޅާކުރައްވާނެ ކަމަށް އެމަނިކުފާނު ވަނީ ފާހަގަ ކުރައްވާފައެވެ. މީގެ އިތުރުން ވެސް ގޯތިގެދޮރުގެ ސިޔާސަތުގެ ދަށުން އެރަށް ރަށުގައި ވެސް ގެ ނޭޅިފައި ތިބި ފަރާތްތަކަށް ދޫކުރާ ލޯނު ސްކީމްގެ ދަށުން ގެދޮރު އެޅިގެންދާނެ ކަމަށް ވެވަޑައިގެންނަވާ ވައުދު ބާރަށުގައި ވެސް ތަކުރާރު ކުރެއްވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
10 ޖެނުއަރީ 2017

ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި

10 ޖެނުއަރީ 2017
ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް