Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

ޕެލޭގެ ރިކޯޑު މެސީ މުގުރާލި މެޗުން ބާސާއަށް ފަސޭހަ މޮޅެއް

23 ޑިސެމްބަރު 2020 | ބުދަ 06:40

ރެއާލް ވަޔަޑޮލިޑް އަތުން ބާސާ މޮޅުވީ 3-0 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 23 ޑިސެމްބަރު 2020 | ބުދަ 06:40
ވަޔަޑޮލިޑާއި ބާސާ ބައްދަލުކުރި މެޗުގެ ތެރެއިން ބާސާގެ ކެޕްޓަން ލިއޮނެލް މެސީ

ވަޔަޑޮލިޑާއި ބާސާ ބައްދަލުކުރި މެޗުގެ ތެރެއިން ބާސާގެ ކެޕްޓަން ލިއޮނެލް މެސީ

އެއް ޓީމަކަށް އެންމެ ގިނަ ލަނޑު ޖަހައިގެން ބްރެޒިލުގެ ލެޖެންޑް ޕެލޭ ހަދާފައިވާ ރިކޯޑު ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ މުގުރާލައިފިއެވެ.

ޕެލޭގެ ރިކޯޑު މެސީ މުގުރާލީ ސްޕެނިޝް ލީގުގައި އަންގާރަ ދުވަހުގެރޭ ރެއާލް ވަޔަޑޮލިޑް އަތުން 3-0 ގެ ނަތީޖާއަކުން ބާސާ މޮޅުވި މެޗުގައެވެ.

ރަށުން ބޭރުގައި ކުޅުނު މި މެޗުގައި ބާސާއިން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 21 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މެސީ ހުރަސްކޮށްދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ކްލެމެންޓް ލޯންގްލޭއެވެ. އަދި މެޗުގެ 35 ވަނަ މިނެޓުގައި ސާޖީނިއޯ ޑެސްޓުގެ އެހީއާއެކު ފޯވާޑް މާޓިން ބްރެއިތުވެއިޓް ވަނީ ބާސާއަށް ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގައި މެސީ ލަނޑު ޖެހީ މެޗުގެ 65 ވަނަ މިނެޓުގައި ޕެޑްރީ ދިން ޕާހަކުންނެވެ. މި ލަނޑާއެކު މެސީ ވަނީ ބާސާގެ ޖާޒީގައި ޖުމްލަ 644 ލަނޑު ހަމަކޮށް ޕެލޭގެ ރިކޯޑު މުގުރާލާފައެވެ. މީގެ ކުރިން އެއް ޓީމަކަށް އެންމެ ގިނަ ލަނޑު ޖަހައިގެން ޕެލޭ ރިކޯޑު ހަދާފައި އޮތީ ބްރެޒިލުގެ ސަންތޯސްއަށް 1956 ވަނަ އަހަރުން ފެށިގެން 1974 ވަނަ އަހަރުގެ ނިޔަލަށް ކުޅުނު ދުވަސްވަރު 656 މެޗުން 643 ލަނޑު ޖަހައިގެންނެވެ. މެސީ އެ ރިކޯޑު މުގުރާލީ ބާސާއަށް ކުޅެދިން 749 މެޗުންނެވެ.

ބާސާގެ ސީނިއާ ޓީމުން 2004 ވަނަ އަހަރު ކެރިއަރު ފެށި މެސީއަކީ ބާސާގެ ތާރީޚުގައިވެސް އެޓީމަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ ކުޅުންތެރިޔާއެވެ. އަދި އޭނާ ވަނީ ބާސާއާއެކު ސްޕެނިޝް ލީގު 10 ފަހަރު، އަދި ޔުއެފާ ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ހޯދާފައެވެ.

ސްޕެނިޝް ލީގުގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުން ބާސާ މޮޅިވިއިރު، އެ ޓީމު އޮތީ 14 މެޗުން 24 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނައިގައެވެ. ތާވަލުގެ އެއްވަނައިގައި އޮތީ 13 މެޗުން 32 ޕޮއިންޓް ހޯދާފައިވާ އެތުލެޓިކޯ މެޑްރިޑެވެ. އެ ޓީމު ވަނީ އަންގާރަ ދުވަހުގެރޭ ރެއާލް ސޮސިއެޑާޑް އަތުން 2-0 ން މޮޅުވެފައެވެ. އަދި ތާވަލުގެ ދެވަނައިގައި 14 މެޗުން 29 ޕޮއިންޓާއެކު ރެއާލް މެޑްރިޑް އޮތްއިރު، ތިންވަނައިގައި އޮތީ 16 މެޗުން 26 ޕޮއިންޓާއެކު އޮތް ސޮސިއެޑާޑެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

26 މާރިޗު 2017

ތިން މެޗުން ވެސް ބަލިވެ ރާއްޖެ ވޮލީ މުބާރާތާ އަލްވަދާއު ކިޔައިފި

26 މާރިޗު 2017
ތިން މެޗުން ވެސް ބަލިވެ ރާއްޖެ ވޮލީ މުބާރާތާ އަލްވަދާއު ކިޔައިފި
22 މާރިޗު 2017

ފުރަތަމަ މެޗުން ބަލިވުމަކީ ޓާގެޓަށް ދިއުމަށް އޮތް ހުރަހެއް ނޫން: ޝަރަފް

22 މާރިޗު 2017
ފުރަތަމަ މެޗުން ބަލިވުމަކީ ޓާގެޓަށް ދިއުމަށް އޮތް ހުރަހެއް ނޫން: ޝަރަފް
27 ފެބުރުއަރީ 2017

މަދުވެގެން އެއް މެޗުން މޮޅުވާން ބޭނުން: އަބުޅޯ

27 ފެބުރުއަރީ 2017
މަދުވެގެން އެއް މެޗުން މޮޅުވާން ބޭނުން: އަބުޅޯ
25 ފެބުރުއަރީ 2017

ވިކްޓްރީގެ ކެޕްޓަން ބޭންޑް މެސީއަށް

25 ފެބުރުއަރީ 2017
ވިކްޓްރީގެ ކެޕްޓަން ބޭންޑް މެސީއަށް
20 ފެބުރުއަރީ 2017

މޯހަން ބަގާން ގެންގުޅޭ އުކުޅު އެނގޭ، މެޗުން މޮޅުވެވޭނެ: ފެސްކޯ

20 ފެބުރުއަރީ 2017
 މޯހަން ބަގާން ގެންގުޅޭ އުކުޅު އެނގޭ، މެޗުން މޮޅުވެވޭނެ: ފެސްކޯ
12 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭ ކަޕް: ޔޫއެން އާއި ރެޑްވިންގްސް ކުޅުނު މެޗުން މޮޅުވެއްޖެ

12 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭ ކަޕް: ޔޫއެން އާއި ރެޑްވިންގްސް ކުޅުނު މެޗުން މޮޅުވެއްޖެ
09 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް
31 ޖެނުއަރީ 2017

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް