Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަޙްމަދު ރިޒުވާނަށް އަނިޔާވުން

ރިޒޭއަށް ލިބުނު އަނިޔާ ސީރިއަސް: މޯހަން

21 ޑިސެމްބަރު 2020 | ހޯމަ 13:55

ރިޒޭގެ ކަކުލަށް އަނިޔާވީ ޗެރިޓީ ޝީލްޑް މެޗުގައި 3-2 ން މާޒިޔާ އަތުން އީގަލްސް މޮޅުވި މެޗުގައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 21 ޑިސެމްބަރު 2020 | ހޯމަ 13:55
ކުލަބު އީގަލްސްގެ ހުނަރުވެރި ފޯވާޑް އަޙްމަދު ރިޒުވާން (ރިޒޭ)

ކުލަބު އީގަލްސްގެ ހުނަރުވެރި ފޯވާޑް އަޙްމަދު ރިޒުވާން (ރިޒޭ)

ކުލަބު އީގަލްސްގެ ހުނަރުވެރި ފޯވާޑް އަޙްމަދު ރިޒުވާން (ރިޒޭ) ގެ ކަކުލަށް ލިބުނު އަނިޔާ ސީރިއަސް ކަމަށް އެ ޓީމުގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.

ރިޒޭގެ ކަކުލަށް އަނިޔާވީ ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުމަށް ކުޅުނު އެފްއޭ ޗެރިޓީ ޝީލްޑް މެޗުގައެވެ. އެ މެޗުގައި ފަހަތުން އަރައި 3-2 ގެ ނަތީޖާއަކުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށް އީގަލްސްއިން މުޅިން އަލަށް ޗެރިޓީ ޝީލްޑް ކާމިޔާބުކުރިއިރު، އެ މެޗުގައި ރިޒޭ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން އެ މެޗުގައި ރިޒޭ ވަނީ އެއް ލަނޑު ޖަހައި، އަނެއް ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައެވެ. އެކަމަކު މެޗުގެ ފަހުކޮޅު އަނިޔާއާ ގުޅިގެން ރިޒޭ ވަނީ ބަދަލުކޮށްފައެވެ.

ރިޒޭގެ ކަކުލަށް ލިބުނު އަނިޔާއާ ގުޅިގެން ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އީގަލްސްއިން މިހާތަނަށް ކުޅުނު ދެ މެޗުގައިވެސް އޭނާ ކުޅެފައެއް ނުވެއެވެ. އަދި މި ދެ މެޗުން އީގަލްސް ވަނީ ބަލިވެފައެވެ. އެގޮތުން ފުރަތަމަ މެޗުގައި ލީގުގައި އަލަށް ވާދަކުރަމުން އަންނަ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަތުން 1-0 ން އީގަލްސް ބަލިވިއިރު، އާދީއްތަ ދުވަހުގެރޭ ޓީސީ ސްޕޯޓްސް ކުލަބު އަތުން އީގަލްސް ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ.

އާދީއްތަ ދުވަހުގެރޭގެ މެޗަށްފަހު މޯހަން ބުނީ ރިޒޭގެ ކަކުލަށް ލިބުނު އަނިޔާ ސީރިއަސް ކަމަށާއި، ރިޒޭއަށް ކުޅުމުގެ ތެރެއަށް އެނބުރި އާދެވޭނެ ދުވަހެއް ބުނަން އެނގޭނީ 10 ނޫނީ 15 ވަރަކަށް ދުވަސް ފަހުން ހަދާ ޓެސްޓުތަކަށްފަހު ކަމަށެވެ. އަދި ރިޒޭ ނެތުމުން މުޅި ޓީމުގެ މޮޓިވޭޝަން ވަރަށް ބޮޑަށް ދަށްވެފައިވާ ކަން މެޗުތަކުން ފާހަގަވާ ކަމަށާއި، ރިޒޭ ނެތް ދެ މެޗުގައިވެސް ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުން ނުހިފުނު ކަމަށްވެސް މޯހަން ބުންޏެވެ.

މޯހަން އިތުރަށް ބުނީ ރިޒޭގެ އިތުރުންވެސް އެ ޓީމުގައި އަނިޔާގެ ގިނަ މައްސަލަތަކެއް އެބަހުރި ކަމަށާއި، އެގޮތުން އެ ޓީމުގެ ހަސަން ރާއިފް އަޙްމަދު (ހަންނަ) އާއި އަޙްމަދު ނޫމާން (ހެލްމެޓް) ވެސް ތިބީ އަނިޔާގައި ކަމަށެވެ. މޯހަން މިހެން ބުނިއިރު، އީގަލްސްއިން އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗު ފެށީ ނޫމާން ބެންޗުގައި ބައިންދައިގެންނެވެ. އެކަމަކު ފުރަތަމަ ހާފުގައި އިތުރު ގޮތެއް ނެތިގެން ނޫމާން ވަނީ ކުޅެން އަރުވާފައެވެ.

ލީގުގައި ކުޅުނު ފުރަތަމަ ދެ މެޗުންވެސް އީގަލްސް ބަލިވެފައިވާއިރު، ލީގުގައި އީގަލްސް ދެން ކުޅޭ މެޗުގައި ހުކުރު ދުވަހު ހަވީރު ނުކުންނާނީ ދަ ގްރާންޑޭ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

މެޗު ފަސޭހައެއް ނުކުރާނަން: މޯހަން ބާގަން

28 ފެބުރުއަރީ 2017
މެޗު ފަސޭހައެއް ނުކުރާނަން: މޯހަން ބާގަން
21 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: ވެލެންސިއާ އިން ވަރުގަދަ މޯހަން ބާގަން ހިފަހައްޓައިފި

21 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: ވެލެންސިއާ އިން ވަރުގަދަ މޯހަން ބާގަން ހިފަހައްޓައިފި
20 ފެބުރުއަރީ 2017

ޓީމުގެ ހުރިހާ ކުޅުންތެރިންވެސް އެއްވަރު، ރާއްޖެ އައީ މޮޅުވާން: މޯހަން ބަގާންގެ ކޯޗު

20 ފެބުރުއަރީ 2017
ޓީމުގެ ހުރިހާ ކުޅުންތެރިންވެސް އެއްވަރު، ރާއްޖެ އައީ މޮޅުވާން: މޯހަން ބަގާންގެ ކޯޗު
20 ފެބުރުއަރީ 2017

މޯހަން ބަގާން ގެންގުޅޭ އުކުޅު އެނގޭ، މެޗުން މޮޅުވެވޭނެ: ފެސްކޯ

20 ފެބުރުއަރީ 2017
 މޯހަން ބަގާން ގެންގުޅޭ އުކުޅު އެނގޭ، މެޗުން މޮޅުވެވޭނެ: ފެސްކޯ
19 ފެބުރުއަރީ 2017

މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ

19 ފެބުރުއަރީ 2017
މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ
18 ފެބުރުއަރީ 2017

އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ

18 ފެބުރުއަރީ 2017
އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ
15 ފެބުރުއަރީ 2017

ގަައުމީ ޓީމް ކޯޗަށް އަނިޔާވެ އޭޑީކޭގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި

15 ފެބުރުއަރީ 2017
ގަައުމީ ޓީމް ކޯޗަށް އަނިޔާވެ އޭޑީކޭގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި
11 ފެބުރުއަރީ 2017

އެހެން ކްލަބުތަކުން ދެކޭނީ ސީރިއަސްކޮށް، މަސައްކަތް ދެގުނައަށް: ނިޒާމްބެ

11 ފެބުރުއަރީ 2017
އެހެން ކްލަބުތަކުން ދެކޭނީ ސީރިއަސްކޮށް، މަސައްކަތް ދެގުނައަށް: ނިޒާމްބެ
26 ޖެނުއަރީ 2017

ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

26 ޖެނުއަރީ 2017
ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް