Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑީއެންއޭ ބޭނުން ކޮށްގެން ޒިނޭ ސާބިތު ކުރުން

ޒިނޭ ސާބިތުކުރުމުގައި ޑީއެންއޭ ބޭނުންކުރެވޭ ގޮތްތައް ކިޔައިދީފި

21 ޑިސެމްބަރު 2020 | ހޯމަ 13:45

ރޭޕް ކުރުމުގެ މައްސަލަ ސާބިތު ކުރުމަށްވެސް ޑީއެންއޭ ހެކި ހުށައަޅާ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 21 ޑިސެމްބަރު 2020 | ހޯމަ 13:45
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް - ޝަމީމް ވަނީ ޒިނޭ ސާބިތު ކުރުމުގައި ޑީއެންއޭގެ ދައުރާ ގުޅޭގޮތުން އޭނާގެ ބްލޮގުގައި ވާހަކަ ދައްކަވާފައި

ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް - ޝަމީމް ވަނީ ޒިނޭ ސާބިތު ކުރުމުގައި ޑީއެންއޭގެ ދައުރާ ގުޅޭގޮތުން އޭނާގެ ބްލޮގުގައި ވާހަކަ ދައްކަވާފައި

ވަކި ޙާލަތްތަކެއްގައި ޒިނޭގެ ކުށް ސާބިތު ކުރުމުގައި ޑީއޮކްސީރައިބޯ ނިއުކްލެއިކް އެސިޑް (ޑީއެންއޭ) ބޭނުން ކުރެވިދާނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޒިނޭކޮށްގެން ލިބޭ ކުއްޖެއްގެ ޑީއެންއޭ މީހަކާއި ދިމާވި ނަމަވެސް, އިސްލާމީ ޝަރީއަތުގައި އެއީ އެމީހަކު ޒިނޭ ކުރިކަން ސާބިތު ކުރެވޭނެ ހެއްކެއް ނޫންކަމަށް ދާދި ފަހުން ހައިކޯޓުން ކުރި ޙުކުމަކާ ގުޅުވައި ޝަމީމް ވަނީ، އޭނާގެބްލޮގްގައިއެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. އެގޮތުން ދެ ބާވަތެއްގެ ޒިނޭ ޤާނޫނުލްއުޤޫބާތުގައި ބަޔާން ކޮށްފައިވާކަން ފާހަގަ ކުރައްވައި ޝަމީމް ވިދާޅުވީ، ޝަރުއީ ޒިނޭ ސާބިތު ކުރެވޭނީ އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ މިންގަނޑުތަކުން ކަމަށެވެ.

Advertisement - newsAdvertisement

އެހެން ނަމަވެސް، ކުށް ސާބިތު ކުރުމުގެ މިންގަނޑު ދަށްކޮށް، ޤާނޫނީ ޒިނޭގެ ވާހަކަވެސް ޤާނޫނުލްއުޤޫބާތުގައި ބަޔާން ކޮށްފައިވާކަން ޝަމީމް ފާހަގަ ކުރެއްވިއެވެ. އެގޮތުން ޝަމީމް ވިދާޅުވީ، ހަމަހަމަކަމާއި އިންޞާފު ޤާއިމުކުރުމަށް ތަޢުޒީރީ އަދަބު ކަނޑައެޅޭ (އިސްލާމްދީނުގައި ޙައްދު ނުހުންނަ) އިތުރު ކުށް ޤާނޫނުގައި ލިޔެ، އަދަބު ކަނޑައެޅުމަކީ އިސްލާމީ ޝަރީޢަތްވެސް ހުއްދަ ކުރާ ކަމެއް ކަމަށެވެ. އެގޮތުން "ޤާނޫނީ ޒިނޭ" ގައި އެމީހަކު ކުށަށް އިންކާރު ކުރާ ޙާލަތްތަކުގައިވެސް އެހެނިހެން ހެކީގެ މައްޗަށް ކުށް ސާބިތު ކުރުމުގެ ފުރުޞަތު ލިބިގެންދާކަން ފާހަގަ ކުރައްވައި ޝަމީމް ވިދާޅުވީ، އޭގެ ތެރޭގައި ޑީއެންއޭ ފަދަ ހެކި ޤަރީނާ ހިމެނޭ ކަމަށެވެ.

ހައިކޯޓުގައި އިސްތިއުނާފު ކުރިއަށްދިޔަ މި މައްސަަލައަކީ ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމާފައިވާ މައްސަލައެކެވެ. މި މައްސަލައިގައި ހިމެނޭ ފިރިހެންމީހާ ޒިނޭ ކުރިކަމަށް އިންކާރު ކުރި ނަމަވެސް އަންހެން މީހާ ވިހާފައިވާ ކުއްޖާގެ ޑީއެންއޭ އާއި ފިރިހެންމީހާގެ ޑީއެންއޭ ދިމާވެއެވެ. އެހެން ނަމަވެސް، އިސްލާމީ ޝަރީއަތުގައި ޑީއެންއޭއިން ޒިނޭގެ ކުށް ސާބިތު ނުވާނެކަމަށް ހައިކޯޓުން ނިންމި ނިންމުމާއެކު، މި މައުޟޫއާ ގުޅޭގޮތުން ގިނަ ބަޔަކު ދަނީ ބަހުސް ކުރަމުންނެވެ.

ހައިކޯޓުން ނިންމި މައްސަލައަށް އަލިއަޅުވާލައްވާ ޝަމީމް ވިދާޅުވީ، މި މައްސަލައިގައި ދައުލަތުން ޑީއެންއޭ އެވިޑެންސް ހުށައެޅީ ކުއްޖާގެ ނަސަބު ސާބިތުކުރާކަށް ނޫން ކަމަށެވެ. އަދި ޑީއެންއޭ ހުށަހެޅީ ފިރިހެން މީހާ ޒިނޭކުރިކަން ސާބިތު ކުރުމަށްކަން ފާހަގަ ކުރައްވައި ޝަމީމް ވިދާޅުވީ، ނާދިރު ޙާލަތެއްގައި މެނުވީ ކުއްޖާގެ ނަސަބާބެހޭ ގޮތުން ސުވާލެއް އުފައްދާ، އެކަމުގެ މައްޗަށް ވާހަކަ ދެއްކުމުގެ ޤާނޫނީ ހައިސިއްޔަތެއްވެސް ޕީޖީ އޮފީހުގެ މައްޗަށް ނޯންނަ ކަމަށެވެ.

ކަންމިހެން ހުރުމާއެކު ޑީއެންއޭއަކީ މި މައްސަލައިގައިވެސް އަދި އެހެން މައްސަލަތަކުގައިވެސް ޖިނާއީ ކުށް ސާބިތު ކުރުމަށް ބޭނުން ކުރެވޭނެ ހަރުދަނާ ޤަރީނާއެއްކަން ޝަމީމް ފާހަގަ ކުރެއްވިއެވެ. އަދި މި މައްސަލައިގައި ދައުލަތުން ހުށައަޅާފައިވާ ގޮތަށް ޤާނޫނީ ޒިނޭ ސާބިތު ކުރުމަށް ޑީއެންއޭ ބޭނުން ކުރުމަކީ އިސްލާމީ ޝަރީޢަތާ ޚިލާފު ކަމެއްނަމަ، ހައިކޯޓުގެ ޙުކުމުގައިވެސް އެކަން ފާހަގަ ކުރާނެކަމަށް ޝަމީމް ވިދާޅުވިއެވެ. އެއާއެކު، ހުރިހާވެސް ދެބަސްވުމެއް އުފެދިގެންދަނީ ޑީއެންއޭ ހުށައެޅި ސަބަބާމެދުކަން ޝަމީމް ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން، ރޭޕް ކުރުމުގެ މައްސަލަ ސާބިތު ކުރުމަށްވެސް ޑީއެންއޭ ހެކި ހުށައަޅާ ކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި އެފަދަ ޙާލަތްތަކުގައިވެސް ޑީއެންއޭ ހެކި ކޯޓަށް ބަލައިގަތުމުގެ ނަތީޖާއަކީ، ރޭޕްކޮށްގެން ވިހާފައިވާ ކުއްޖާގެ ނަސަބު ސާބިތުވުމެއް ނޫންކަން ޝަމީމް ފާހަގަ ކުރެއްވިއެވެ. އޭގެ ބަދަލުގައި އެކަން ކުރަނީ ހަމައެކަނި ފިރިހެން މީހާ ޒިނޭ ކުރިކަން ސާބިތު ކުރުމަށް ކަމަށް ޝަމީމް ވިދާޅުވިއެވެ.

އިސްލާމީ ޝަރީއަތުގައި ޒިނޭ ސާބިތު ކުރުމަށް ހަތަރު ހެކިންގެ ހެކިބަސް ބޭނުންވެއެވެ. ނުވަތަ ޒިނޭ ކުރި މީހާގެ އަމިއްލަ އިއުތިރާފުންވެސް އެކަން ސާބިތު ކުރެވެއެވެ. އެހެން ނަމަވެސް ރާއްޖޭގައި މިހާތަނަށް އިޢުތިރާފުގެ މައްޗަށް ނޫން ގޮތަކަށް ޒިނޭގެ ކުށް ސާބިތުވެފައި ނުވާކަން ފާހަގަ ކުރައްވައި ޝަމީމް ވިދާޅުވީ، 2006 ވަނަ އަހަރު ދަށުކޯޓުން ހަތަރު ހެކިންގެ ހެކިބަހުގެ މައްޗަށް ފިރިހެނެއްގެ މައްޗަށް ޒިނޭގެ ކުށެއް ސާބިތު ކުރި ކަމަށެވެ. އެހެން ނަމަވެސް، އެމައްސަލަވެސް ހައިކޯޓުން ބެއްލެވިއިރު، ހަތަރު ހެކިންގެ ހެކިބަހާމެދު ސުވާލު އުފެދި، އެޙުކުމް ބާޠިލުކުރިކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވަނީ ޤާނޫނުލްޢުޤޫބާތުގައި މި މާއްދާތައް އެކުލަވާލުމުގެ މަރުޙަލާގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައެވެ.

އެންމެ ހިނގާ

1

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

2

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

3

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

4

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

5

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

އިތުރަށް ކިޔާލަން

10 މާރިޗު 2019

ފަރުޟު ހައްޖުވުމަށް ޕެންޝަން ފައިސާ ބޭނުންކުރެވޭ ގޮތަށް ފާސްކުރި އިސްލާހް ރައީސް ތަސްދީޤްކުރައްވައިފި

10 މާރިޗު 2019
ފަރުޟު ހައްޖުވުމަށް ޕެންޝަން ފައިސާ ބޭނުންކުރެވޭ ގޮތަށް ފާސްކުރި އިސްލާހް ރައީސް ތަސްދީޤްކުރައްވައިފި
25 ފެބުރުއަރީ 2019

އަލިފާނުގެ ހާދިސާއެއް ހިނގުމުން އަމަލުކުރަންވީ ގޮތްތައް އޮޅުންފިލުވައިދިނުމަށް ހާއްސަ ޕްރޮގްރާމެއް ފުވައްމުލަކުގައި ފަށައިފި

25 ފެބުރުއަރީ 2019
އަލިފާނުގެ ހާދިސާއެއް ހިނގުމުން އަމަލުކުރަންވީ ގޮތްތައް އޮޅުންފިލުވައިދިނުމަށް ހާއްސަ ޕްރޮގްރާމެއް ފުވައްމުލަކުގައި ފަށައިފި
18 ޖެނުއަރީ 2019

ޒިނޭއަށް ހިތްވަރު ދިނުމަކީ އަޅުގަނޑު އެއްވެސް ވަރަކަށް ބާރުއަޅާ ކަމެއް ނޫން: ނަޝީދު

18 ޖެނުއަރީ 2019
ޒިނޭއަށް ހިތްވަރު ދިނުމަކީ އަޅުގަނޑު އެއްވެސް ވަރަކަށް ބާރުއަޅާ ކަމެއް ނޫން: ނަޝީދު
09 އޯގަސްޓު 2018

ނާޒިމްގެ ކޮޓަރިން ފެނުނު ފިސްތޯލައިން ނެގި ޑީއެންއޭއާއި ހުސައިން ވަހީދުގެ ޑީއެންއޭ ދިމާވޭތޯ ބަލަންޖެހޭ: އާޒިމް

09 އޯގަސްޓު 2018
ނާޒިމްގެ ކޮޓަރިން ފެނުނު ފިސްތޯލައިން ނެގި ޑީއެންއޭއާއި ހުސައިން ވަހީދުގެ ޑީއެންއޭ ދިމާވޭތޯ ބަލަންޖެހޭ: އާޒިމް
21 ޖޫން 2018

ކެމްޕެއިން ކުރާނެ ގޮތްތައް ކިޔައިދޭ ވޯކްޝޮޕެއް އެމްޑީޕީން ބާއްވައިފި

21 ޖޫން 2018
ކެމްޕެއިން ކުރާނެ ގޮތްތައް ކިޔައިދޭ ވޯކްޝޮޕެއް އެމްޑީޕީން ބާއްވައިފި
21 ފެބުރުއަރީ 2018

ހުރިހާ ސުކޫލްތައް ވައިފައިކޮށް ޓެބްލެޓްތައް ބޭނުންކުރެވޭ ގޮތް ހަދާނަން: ރައީސް ޔަމީން

21 ފެބުރުއަރީ 2018
ހުރިހާ ސުކޫލްތައް ވައިފައިކޮށް ޓެބްލެޓްތައް ބޭނުންކުރެވޭ ގޮތް ހަދާނަން: ރައީސް ޔަމީން
19 ޖެނުއަރީ 2018

މުޖުތަމައުގައި ނުކުރެވި ހުރި ކަންތައްތަކަށް ޒަކާތު ފައިސާ ބޭނުންކުރެވޭނެ: ޚުތުބާ

19 ޖެނުއަރީ 2018
މުޖުތަމައުގައި ނުކުރެވި ހުރި ކަންތައްތަކަށް ޒަކާތު ފައިސާ ބޭނުންކުރެވޭނެ: ޚުތުބާ
21 ޑިސެމްބަރު 2017

ހަކަތަ އިގްތިސާދު ކުރެވޭނެ ގޮތްތައް ދިރާސާކުރުމަށް ބަޔަކާ ހަވާލުކޮށްފި

21 ޑިސެމްބަރު 2017
ހަކަތަ އިގްތިސާދު ކުރެވޭނެ ގޮތްތައް ދިރާސާކުރުމަށް ބަޔަކާ ހަވާލުކޮށްފި
19 ސެޕްޓެމްބަރު 2017

ދިރާސާއަށް ބޭނުންކުރެވޭގޮތަށް ކޯޓުތަކުގެ ނިންމުންތައް ޝާއިޢުކުރަން ފަށައިފި

19 ސެޕްޓެމްބަރު 2017
ދިރާސާއަށް ބޭނުންކުރެވޭގޮތަށް ކޯޓުތަކުގެ ނިންމުންތައް ޝާއިޢުކުރަން ފަށައިފި
02 އޯގަސްޓު 2017

ފެނިގެންދަނީ ދަރުބާރު ފެކްޝަންގެ ދެ އައްޑާގެ ގޮތުގައި ފުލުހުންނާއި ސިފައިން ބޭނުންކުރެވޭ މަންޒަރު: މެންބަރު އަރީފް

02 އޯގަސްޓު 2017
ފެނިގެންދަނީ ދަރުބާރު ފެކްޝަންގެ ދެ އައްޑާގެ ގޮތުގައި ފުލުހުންނާއި ސިފައިން ބޭނުންކުރެވޭ މަންޒަރު: މެންބަރު އަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް