Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޝަރުއީ ދާއިރާ

ދިރާސާއަށް ބޭނުންކުރެވޭގޮތަށް ކޯޓުތަކުގެ ނިންމުންތައް ޝާއިޢުކުރަން ފަށައިފި

މިއީ ސުޕްރީމް ކޯޓުގެ 9 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ރިސެޕްޝަނެއް

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 19 ސެޕްޓެމްބަރު 2017 | އަންގާރަ 00:33
އުއްތަމަ ފަނޑިޔާރު، އަލްއުސްތާޛް ޢަބްދުﷲ ސައީދު

އުއްތަމަ ފަނޑިޔާރު، އަލްއުސްތާޛް ޢަބްދުﷲ ސައީދު

ބައިނަލްއަޤުވާމީ ފަރާތްތަކުން ކުރާ ދިރާސާތަކަށް ބޭނުންކުރެވޭގޮތަށް، ރާއްޖޭގެ ޝަރުޢީ ދާއިރާއިން ނިންމާ ނިންމުންތައް ބޭނުންކުރެވޭނޭހެން ޝާއިޢުކުރަން ފަށައިފިއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓްގެ 9 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ހޯމަ ދުވަހުގެރޭ އުއްތަމަ ފަނޑިޔާރު، އަލްއުސްތާޛް ޢަބްދުﷲ ސައީދު ދެއްވި ރިސެޕްޝަންގައި، މި މަސައްކަތުގެ ދަށުން ޝާއިޢުކުރެވުނު ފުރަތަމަ ޗާޕު ވަނީ ނެރެފަ އެވެ. މިއީ ބައިނަލްއަޤަވާމީ ޝަރުޢީ ދިރާސާއަށް ބޭނުންކުރާ އޮންލައިން ސޮޓްވެއަރ، އަދި ވެބްސައިޓްގެ ޚިދުމަތްދޭ ކޯޕަރޭޝަނެއް ކަމުގައިވާ ލެކްސިސް ނެކްސިސް އާއި ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާއާދެމެދު ވެފައިވާ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ޝާއިޢުކުރެވުނު ފުރަތަމަ ޗާޕެވެ. މިއީ ރާއްޖޭގެ މަތީމަރުހަލާގެ ކޯޓުތަކުގެ ނިންމުންތައް ބައިނަލްއަޤުވާމީ ފެންވަރެއްގައި ޝާއިޢުކުރުމަށް ކުރެވުނު ފުރަތަމަ މަސައްކަތަށް ވާއިރު، މި މަސައްކަތުގެ ފުރަތަމަ ފިޔަވަހީގައި، ހޯމަ ދުވަހުގެރޭ ޝާއިޢުކުރެވުނީ ސުޕްރީމް ކޯޓުތަކުގެ ނިންމުންތައް ހިމެނޭ ޗާޕެވެ. ދެވަނަ ފިޔަވަހީގައި ޝާއިޢުކުރުމަށް ނިންމާފައިވަނީ ހައިކޯޓުގެ ނިންމުންތަކެވެ.

Advertisement - newsAdvertisement

ސުޕްރީމް ކޯޓުން ދަނީ އެ ކޯޓުގެ ނިންމުންތައް އިނގިރޭސިބަހަށް ތަރުޖަމާކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

މީގެ އިތުރުން، ހޯމަ ދުވަހުގެރޭގެ ރަސްމިއްޔާތުގައި ޝަރުޢީ ދާއިރާގެ ސްޓެރެޓީޖިކް އެކްޝަން ޕްލޭނާއި، ކުޑަކުދިންގެ ޢަދުލުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި އެކުލަވާލި އެކްޝަން ޕްލޭންވެސް އުއްތަމަ ފަނޑިޔާރުވަނީ ނެރެދެއްވާފައެވެ.

ހޯމަ ދުވަހުގެރޭގެ ރިސެޕްޝަންގައި ފަނޑިޔާރުންނާއި، ރިޓަޔަރ ކުރައްވާފައިވާ ފަނޑިޔާރުންނާއި، ބަންޑާރަނާއިބު މުޙައްމަދު އަނިލް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އިތުރަށް ކިޔާލަން

19 ޑިސެމްބަރު 2017

އާދަމް ޝަރީފު ވަނީ ކޯޓުތަކުގެ ހުރުމަތް ކަނޑާލާފައި: ހުސްނުއް ސުއޫދު

19 ޑިސެމްބަރު 2017
އާދަމް ޝަރީފު ވަނީ ކޯޓުތަކުގެ ހުރުމަތް ކަނޑާލާފައި: ހުސްނުއް ސުއޫދު
06 ނޮވެމްބަރު 2017

ފުޑް ކޯޓުތަކުގެ ސަތަރި ނަގަން އުޅެނިކޮށް ކެރޭނެއް ފުރޮޅާލައިފި

06 ނޮވެމްބަރު 2017
ފުޑް ކޯޓުތަކުގެ ސަތަރި ނަގަން އުޅެނިކޮށް ކެރޭނެއް ފުރޮޅާލައިފި
13 އޮކްޓޯބަރު 2017

ކޯޓުން ދޫނުކުރާ ލިޔުންތަކެއް ހުށަނާޅައިގެން ފާރިސްްގެ މައްސަލައިގެ ނިންމުންތައް އިސްތިއުނާފެއް ނުކުރެވުނު!

13 އޮކްޓޯބަރު 2017
ކޯޓުން ދޫނުކުރާ ލިޔުންތަކެއް ހުށަނާޅައިގެން ފާރިސްްގެ މައްސަލައިގެ ނިންމުންތައް އިސްތިއުނާފެއް ނުކުރެވުނު!
29 އޯގަސްޓު 2017

ކޯޓުތަކުގެ ހުކުމްތައް ތަންފީޒު ނުކުރާނަމަ ހައްޔަރުކުރަން ރައީސް މައުމޫން ގޮވާލައްވައިފި

29 އޯގަސްޓު 2017
ކޯޓުތަކުގެ ހުކުމްތައް ތަންފީޒު ނުކުރާނަމަ ހައްޔަރުކުރަން ރައީސް މައުމޫން ގޮވާލައްވައިފި
11 ޖުލައި 2017

ސުޕްރީމް ކޯޓަކަށްވެސް ޤާނޫން އަސާސީއާ ޚިލާފަކަށް ނިންމުންތައް ނުނިންމޭނެ:ރައީސް ނަޝީދު

11 ޖުލައި 2017
ސުޕްރީމް ކޯޓަކަށްވެސް ޤާނޫން އަސާސީއާ ޚިލާފަކަށް ނިންމުންތައް ނުނިންމޭނެ:ރައީސް ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު