Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުމެރިން އެކްސްޕޯ 2020

މޯލްޑިވްސް މެރިން އެކްސްޕޯ 2020 ފަށައިފި، މިފަހަރު ވާޗުއަލްކޮށް

20 ޑިސެމްބަރު 2020 | އާދީއްތަ 08:45

ޑިސެމްބަރު މަހުގެ 20ން ފެށިގެން 22ށް އެކްސްޕޯ ކުރިއަށްދާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 20 ޑިސެމްބަރު 2020 | އާދީއްތަ 08:45
އަލްޝާލީ މެރިންގެ އެކްޝަން 25 ފިޝިންގ ލޯންޗް - މިއީ މިދިޔަ އަހަރުގެ އެކްސްޕޯގެ އެންމެ މޮޅު އުފެއްދުން

އަލްޝާލީ މެރިންގެ އެކްޝަން 25 ފިޝިންގ ލޯންޗް - މިއީ މިދިޔަ އަހަރުގެ އެކްސްޕޯގެ އެންމެ މޮޅު އުފެއްދުން

މޯލްޑިވްސް މެރިން އެކްސްޕޯ 2020 ފަށައިފިއެވެ.

މި ހިނގާ ޑިސެމްބަރު މަހުގެ 20ން ފެށިގެން 22ށް ކުރިއަށްދާ މި އެކްސްޕޯ ރަސްމީކޮށް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް ޑރ އަބްދުﷲ މައުސޫމުއެވެ.

ވާރޗުއަލްކޮށްކުރިއަށްދިޔަ ރަސްމިއްޔާތެއްގައި މި އެކްސްޕޯ ފައްޓަވައިދެއްވާފައިވާއިރު، އެކި ދަންފަޅިތަކަށް ބަހާލައިގެން އެކްސްޕޯގެ ވެބިނަރތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން 3 ސެޝަނަކަށް ބަހާލައިގެން ވެބިނަރ ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި އަހަރު ވާރޗުއަލްކޮށް ކުރިއަށްގެންދާ މި އެކްސްޕޯއަކީ މީޑިއަމް ޕްރައިވެޓް ލިމިޓެޑުން އިންތިޒާމު ކޮށްގެން ކުރިއަށްގެންދާ އެކްސްޕޯއެކެވެ. އަދި މި އެކްސްޕޯގައި ބައިވެރިވުމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށްވެސް ވަނީ ފުރުސަތު ހުޅުވާލެވިފައެވެ.

2007 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި އެކްސްޕޯއަކީ ބޯޓުތަކާއި ކަނޑުގެ އުޅަނދުފަހަރު ބައިނަލްއަޤުވާމީ ޕްލެޓްފޯމެއްގައި ދައްކާލުމަށް ލިބޭ އެންމެ ބޮޑު ފުރުޞަތެވެ. އެގޮތުން، އުޅަނދުފަހަރު ބަންނަ މީހުންނާއި ސަޕްލަޔަރުންނާއި ޚިދުމަތް ފޯރުކޮށްދޭ މީހުންގެ އިތުރުން ބޮޑެތި ކުންފުނިތަކުންނާއި ވިޔަފާރިވެރިންނާ ގުޅުން ބަދަހި ކުރުމަށް މި އެކްސްޕޯގެ ތެރެއިން ފުރުޞަތު ލިބިގެން ދިޔައެވެ.

ނިމިދިޔަ އަހަރު ބާއްވާފައިވާ ފަސްވަނަ މޯލްޑިވްސް މެރިން އެކްސްޕޯއަށްވެސް ބޮޑު ތަރުޙީބެއް ލިބިގެން ގޮސްފައިވެއެވެ. އެގޮތުން ފަސްވަނަ މޯލްޑިވްސް މެރިން އެކްސްޕޯގެ އެންމެ އުފެއްދުންތެރި ޕްރޮޑަކްޓަކަށް ހޮވިފައިވަނީ އަލްޝާލީ މެރިންގެ "އެކްޝަން 25 ފިޝިންގ ލޯންޗް" އެވެ.

އެ ފަހަރުގެ މެރިން އެކްސްޕޯގައި އިތުރު އުފެއްދުންތަކަކަށްވެސް އެވޯޑްކުރިއެވެ. އެގޮތުން ބެސްޓް ސްޓޯލް ޑިޒައިން އެވޯޑް އެލިއާ އިންވެސްޓްމަންޓަށް ލިބުނުއިރު ބެސްޓް ކަސްޓަމަރ ސަރވިސް އެވޯޑް ލިބުނީ ޑީޓެކްއަށެވެ. އަދި އިންޓަނޭޝަނަލް ކޮންޓްރިބިއުޓަރ އެވޯޑް ޓްރޭޑް ޕްރޮމޯޓަރސް އަށް ލިބުނު އިރު އަޕް އެންޑް ކަމަރ އެވޯޑް ފޯސައިޓް ސަރވޭޔަރސް އަށްވަނީ ލިބިފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

ހީވާގި ކަނބަލުން 2017 އެކްސްޕޯ ހުޅުވައިފި

23 ފެބުރުއަރީ 2017
ހީވާގި ކަނބަލުން 2017 އެކްސްޕޯ ހުޅުވައިފި
20 ފެބުރުއަރީ 2017

ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137 ޕަސެންޓް އިތުރުވެއްޖެ

20 ފެބުރުއަރީ 2017
ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137  ޕަސެންޓް އިތުރުވެއްޖެ
14 ފެބުރުއަރީ 2017

މޯލްޑިވްސް ލިވިން އެކްސްޕޯ 2017 އަންނަ ބުރާސްފަތި ދުވަހު ފަށަނީ

14 ފެބުރުއަރީ 2017
މޯލްޑިވްސް ލިވިން އެކްސްޕޯ 2017 އަންނަ ބުރާސްފަތި ދުވަހު ފަށަނީ
06 ފެބުރުއަރީ 2017

މޯލްޑިވްސް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ 2017 ލޯންޗްކޮށްފި

06 ފެބުރުއަރީ 2017
މޯލްޑިވްސް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ 2017 ލޯންޗްކޮށްފި
03 ފެބުރުއަރީ 2017

"އެވެސް މިވެސް"ގެ ނަމުގައި ޚާއްޞަ ޕްރޮމޯޝަނެއް ވީއޭއެމްކޯ އިން ފަށައިފި

03 ފެބުރުއަރީ 2017
"އެވެސް މިވެސް"ގެ ނަމުގައި ޚާއްޞަ ޕްރޮމޯޝަނެއް ވީއޭއެމްކޯ އިން ފަށައިފި
29 ޖެނުއަރީ 2017

ހޮންޑާ މޯލްޑިވްސް ވެބްސައިޓް ލޯންޗްކޮށް އޮންލައިން ހިދުމަތް ފަށައިފި

29 ޖެނުއަރީ 2017
ހޮންޑާ މޯލްޑިވްސް ވެބްސައިޓް ލޯންޗްކޮށް އޮންލައިން ހިދުމަތް ފަށައިފި
15 ޖެނުއަރީ 2017

އެސްޓީއޯ ސުޕަމާޓް ޖޫސް ފެސްޓް ޕްރޮމޯޝަން ފަށައިފި

15 ޖެނުއަރީ 2017
އެސްޓީއޯ ސުޕަމާޓް ޖޫސް ފެސްޓް ޕްރޮމޯޝަން ފަށައިފި
15 ޖެނުއަރީ 2017

މާކެޓިން އެކްސެލެންސް އެވޯޑް ހަސަން މެރިންއަށް ލިބިއްޖެ

15 ޖެނުއަރީ 2017
މާކެޓިން އެކްސެލެންސް އެވޯޑް ހަސަން މެރިންއަށް ލިބިއްޖެ
06 ޖެނުއަރީ 2017

ސަބްމެރިން ކޭބަލް މުޅި ރާއްޖޭގައި އެޅުމުގެ އަމަލީ މަސައްކަތް އުރީދޫ އިން ނިންމާލައިފި

06 ޖެނުއަރީ 2017
ސަބްމެރިން ކޭބަލް މުޅި ރާއްޖޭގައި އެޅުމުގެ އަމަލީ މަސައްކަތް އުރީދޫ އިން ނިންމާލައިފި
06 ޖެނުއަރީ 2017

މަސް އެކްސްޕޯޓްކުރި މިންވަރު 50 ޕަސެންޓް ދަށަށް!

06 ޖެނުއަރީ 2017
މަސް އެކްސްޕޯޓްކުރި މިންވަރު 50 ޕަސެންޓް ދަށަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް