Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

ޕެލޭގެ ރިކޯޑާ މެސީ ހަމަކުރި މެޗުން ބާސާ އެއްވަރު

20 ޑިސެމްބަރު 2020 | އާދީއްތަ 06:18

ބާސާ އާއި ވެލެންސިއާ ބައްދަލުކުރި މެޗު އެއްވަރުވީ 2-2 ން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 20 ޑިސެމްބަރު 2020 | އާދީއްތަ 06:18
ބާސާ އާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން ބާސާގެ ކެޕްޓަން ލިއޮނެލް މެސީ

ބާސާ އާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން ބާސާގެ ކެޕްޓަން ލިއޮނެލް މެސީ

އެއް ޓީމަކަށް އެންމެ ގިނަ ލަނޑު ޖަހައިގެން ބްރެޒިލުގެ ލެޖެންޑް ޕެލޭ ހަދާފައިވާ ރިކޯޑާ ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ އެއްވަރުކޮށްފިއެވެ.

ޕެލޭގެ ރިކޯޑާ މެސީ އެއްވަރުކުރީ ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހުގެރޭ ވެލެންސިއާއާ 2-2 ން ބާސާ އެއްވަރުވި މެޗުގައެވެ.

ބާސާގެ ދަނޑުގައި ކުޅުނު މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ވެލެންސިއާއިންނެވެ. މެޗުގެ 29 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މޫކްތާ ޑިއަޚަބީއެވެ. އެކަމަކު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އޭރިއާ ތެރެއިން ބާސާގެ އެންޓޮއިން ގްރީޒްމަނަށް ފައުލް ކުރުމުން އެ ޓީމަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. މެސީ ފޮނުވާލި ޕެނަލްޓީ ވެލެންސިއާގެ ގޯލްކީޕަރު މަތަކުރި ނަމަވެސް، ރިބައުންސް ބޯޅައިގައި ޖޯޑީ އަލްބާ ނެގި ހުރަހަކުން މެސީ ވަނީ ބާސާއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މި ލަނޑާއެކު މެސީ ވަނީ ބާސާގެ ޖާޒީގައި ޖުމްލަ 643 ލަނޑު ހަމަކޮށް ޕެލޭގެ ރިކޯޑާ އެއްވަރުކޮށްފައެވެ. ބްރެޒިލުގެ ސަންތޯސްއަށް 1956-1974 ކުޅުނު ޕެލޭ 643 ލަނޑު ޖަހާފައިވަނީ 656 މެޗުންނެވެ. އަދި އެ ރިކޯޑާ މެސީ ހަމަކުރީ 748 މެޗުންނެވެ.

ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުގެ ދެވަނަ ހާފު ފަށައިގެން ހަތްވަނަ މިނެޓުގައި ބާސާއިން ވަނީ ފަހަތުން އަރައި ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރޮނާލްޑް އަރައުހޯއެވެ. އެކަމަކު މެޗުގެ 69 ވަނަ މިނެޓުގައި މެކްސިމިލިއާނޯ ގޯމޭސް ވަނީ ވެލެންސިއާއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މި ނަތީޖާއާއެކު ބާސާ އޮތީ 21 މެޗުން 13 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނައިގައެވެ. އެއްވަނައިގައި 12 މެޗުން 29 ޕޮއިންޓް ހޯދާފައިވާ އެތުލެޓިކޯ މެޑްރިޑް ވަނީ ހޮނިހިރު ދުވަހުގެރޭ އެލްޗޭ އަތުން 3-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އަދި ތާވަލުގެ ދެވަނައިގައި އޮތީ 15 މެޗުން 26 ޕޮއިންޓާއެކު ރެއާލް ސޮސިއެޑާޑެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

26 މާރިޗު 2017

ތިން މެޗުން ވެސް ބަލިވެ ރާއްޖެ ވޮލީ މުބާރާތާ އަލްވަދާއު ކިޔައިފި

26 މާރިޗު 2017
ތިން މެޗުން ވެސް ބަލިވެ ރާއްޖެ ވޮލީ މުބާރާތާ އަލްވަދާއު ކިޔައިފި
22 މާރިޗު 2017

ފުރަތަމަ މެޗުން ބަލިވުމަކީ ޓާގެޓަށް ދިއުމަށް އޮތް ހުރަހެއް ނޫން: ޝަރަފް

22 މާރިޗު 2017
ފުރަތަމަ މެޗުން ބަލިވުމަކީ ޓާގެޓަށް ދިއުމަށް އޮތް ހުރަހެއް ނޫން: ޝަރަފް
27 ފެބުރުއަރީ 2017

މަދުވެގެން އެއް މެޗުން މޮޅުވާން ބޭނުން: އަބުޅޯ

27 ފެބުރުއަރީ 2017
މަދުވެގެން އެއް މެޗުން މޮޅުވާން ބޭނުން: އަބުޅޯ
25 ފެބުރުއަރީ 2017

ވިކްޓްރީގެ ކެޕްޓަން ބޭންޑް މެސީއަށް

25 ފެބުރުއަރީ 2017
ވިކްޓްރީގެ ކެޕްޓަން ބޭންޑް މެސީއަށް
20 ފެބުރުއަރީ 2017

މޯހަން ބަގާން ގެންގުޅޭ އުކުޅު އެނގޭ، މެޗުން މޮޅުވެވޭނެ: ފެސްކޯ

20 ފެބުރުއަރީ 2017
 މޯހަން ބަގާން ގެންގުޅޭ އުކުޅު އެނގޭ، މެޗުން މޮޅުވެވޭނެ: ފެސްކޯ
12 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭ ކަޕް: ޔޫއެން އާއި ރެޑްވިންގްސް ކުޅުނު މެޗުން މޮޅުވެއްޖެ

12 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭ ކަޕް: ޔޫއެން އާއި ރެޑްވިންގްސް ކުޅުނު މެޗުން މޮޅުވެއްޖެ
09 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް
31 ޖެނުއަރީ 2017

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް