Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރ ފުއްގިރި ޙިޔާނާތުގެ މައްސަލަ

ފުއްގިރި މައްސަލައިގައި ސަން އިންވެސްޓްމަންޓުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް މިއަދު

ޑިސެމްބަރު ތެރޭގައި އިތުރު އަޑުއެހުންތަކެއްވެސް ބާއްވާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 20 ޑިސެމްބަރު 2020 | އާދީއްތަ 04:27
ސަން އިންވެސްޓްމަންޓް ކުންފުނީގެ މައްޗަށް ކުރި މަނީ ލޯންޑަރިންގ ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމެއްގެ ތެރެއިން

ސަން އިންވެސްޓްމަންޓް ކުންފުނީގެ މައްޗަށް ކުރި މަނީ ލޯންޑަރިންގ ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމެއްގެ ތެރެއިން

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލޯންޑަރ ކުރުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު ބައިވެރިވިކަމުގެ ތުހުމަތު ކުރެވޭ ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ކޮށްފައިވާ ދައުވާގެ އަޑުއެހުމެއް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.

މި މައްސަލައިގައި މި ހިނގާ ޑިސެމްބަރު ތެރޭގައި އިތުރު އަޑުއެހުންތަކެއްވެސް ބާއްވާފައިވާއިރު، ދައުލަތުން ދައުވާ އިއްވުމުން ރައްޔިތުންގެ މަޖިލީހުގެ ރ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދުގެ މަސްލަހަތު އޮންނަ ސަން އިންވެސްޓްމަންޓް ކުންފުނީގެ ގާނޫނީ ވަކީލު އަލީ ޝާހު ވަނީ ދައުލަތުން އެ ކުންފުނީގެ މައްޗަށް އިއްވާފައިވާ ދައުވާއަކީ އެއްވެސް ހަގީގަތެއްގެ މައްޗަށް ބިނާކޮށް އުފުލާފައިވާ ދައުވާއަކަށް ނުވާތީ، ކަނޑައެޅިގެން ދައުވާއަށް އިންކާރުކުރާކަމަށް ވިދާޅުވެފައެވެ.

ވަކީލު އަލީ ޝާހު ވިދާޅުވީ، މި މައްސަލާގައި ހިމެނޭ ފައިސާއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެންގެވުމަށް، ރިޝްވަތުގެ ގޮތުގައި ހޯދާފައިވާ ފައިސާކަން ދައުލަތުގެ އެއްވެސް އިދާރާއަކުން ކަނޑައަޅާފައި ނުވާކަމަށެެވެ. އަދި ޑޮލަރު މާރުކުރުމުގެ ނަމުގައި ފައިސާގެ މުއާމަލާތް ހިންގާފައިވާކަމަށް ދައުވާގައި ބުނާއިރު، އެކަން ކަނޑައަޅާނީ ފައިނޭންޝަލް އިންސްޓިޓިއުޓްތަކުން ނުވަތަ ރާއްޖޭގެ މަރުކަޒީ ބޭންކް ކަމަށްވާ އެމްއެމްއޭއިން ކަމަށެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ ރ. ފުއްގިރި މައްސަލާގައި ދައުވާ އުފުލާފައިވާ އިތުރު ފަރާތްތައް ހިމެނޭއިރު، ރައީސް ޔާމީންވެސް ހިމެނޭކަމަށެވެ. އަދި ސަން އިންވެސްޓްމަންޓް ކުންފުނީގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގ ކުށުގެ ދައުވާއާ ގުޅިގެން، އެއީ ކޮރަޕްޝަނުގެ ގޮތުގައި ހޯދި ފައިސާކަން ކޮންމެހެން ޝަރީއަތުން ސާބިތުވެފައި އޮންނަން ނުޖެހޭކަމަށެވެ.

ޑޮލަރު މާރުކުރުމުގެ ހުއްދަ، މިމައްސަލާގައި ދައުވާ ކުރާ ސަން ކޮންސްޓްރަކްޝަން އެންޑް އިނޖިނިއަރިންގ ކުންފުންޏާއި ސަން އިންވެސްޓްމަންޓް ކުންފުންޏަށް ދޫކޮށްފައި ނުވާކަން އެމްއެމްއޭއިން ލިބިފައިވާ މައުލޫމާތުތަކުން އެނގޭކަމަށްވެސް މީގެ ކުރިން ބޭއްވި އަޑުއެހުމެއްގައި ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ރ. ފުއްގިިރި މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގ ކުށުގެ ދައުވާގެ އިތުރުން ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއެއް ދައުލަތުން އުފުލާފައިވެއެވެ. މި މައްސަލާގައި ސަން އިންވެސްޓްމަންޓް ކުންފުނީގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގ ކުށުގެ ދައުވާ އެކަންޏެވެ.

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
12 ޖެނުއަރީ 2017

ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި

12 ޖެނުއަރީ 2017
ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި
11 ޖެނުއަރީ 2017

ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި

11 ޖެނުއަރީ 2017
ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު