Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިރާގު ދިވެހި ޕްރިމިއާ ލީގު

މާޒިޔާއިން ބޮޑު ތަފާތަކުން ގްރީން ސްޓްރީޓްސް ބަލިކޮށްފި

19 ޑިސެމްބަރު 2020 | ހޮނިހިރު 20:21

ގްރީން ސްޓްރީޓްސް އަތުން މާޒިޔާ މޮޅުވީ 7-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން

އަތޫފް އާތިފް
އަތޫފް އާތިފް | 19 ޑިސެމްބަރު 2020 | ހޮނިހިރު 20:21
މާޒިޔާ އާއި ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން މާޒިޔާ މޮޅުވީ 7-1 ން

މާޒިޔާ އާއި ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން މާޒިޔާ މޮޅުވީ 7-1 ން

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުލަބު ގްރީން ސްޓްރީޓްސް އަތުން ފަސޭހަކަމާއެކު އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން މޮޅުވެއްޖެއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު މާޒިޔާއިން ކާމިޔާބުކުރީ 7-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މެޗުގެ ވަރަށް ކުރީ ކޮޅު މާޒިޔާއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު މެޗުގެ 16 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ނާއިޒް ހަސަން (ދާދު) އެވެ. އަދި މެޗުގައި މާޒިޔާއިން ކާމިޔާބުކުރި ދެވަނަ ލަނޑު މުޙައްމަދު އުމެއިރުގެ އެހީތެރިކަމާއެކު މެޗުގެ 36 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން އަސަދުﷲ އަބްދުﷲ އެވެ.

މެޗުގެ ދެވަނަ ހާފުގައި މާޒިޔާއިން ވަނީ އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަ ކޮށްފައެވެ. އެގޮތުން މެޗުގެ 52 ވަނަ މިނެޓުގައި މާޒިޔާއިން ވަނީ އެ ޓީމުގެ ތިންވަނަ ލަނޑު ޖަހާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހީމް އައިސަމެވެ. މެޗުގެ 58 ވަނަ މިނެޓުގައި ގްރީން ސްޓްރީޓްސްގެ އެންޖެލް މުނޯޒް އެ ޓީމަށް ލަނޑެއް ޖަހައިދިން ނަމަވެސް، އޭގެ މިނެޓެއް ފަހުން އަސަދުﷲ ވަނީ މާޒިޔާއަށް އިތުރު ލަނޑެއް ޖަހައިދީފައެވެ. އަދި މެޗުގައި މާޒިޔާއިން ކާމިޔާބުކުރި ފަސްވަނަ ލަނޑު 72 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މުޙައްމަދު އިރުފާން (އިރޭ) އެވެ.

އަދި އޭގެ ހަ މިނެޓު ފަހުން ޕެނަލްޓީއަކުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) ވަނީ މާޒިޔާގެ ހަވަނަ ލަނޑު ޖަހާފައެވެ. މިއީ ގޯލު ރޮނގު މަތިން ގްރީން ސްޓްރީޓްސްގެ މުޙައްމަދު ފަރުހާން ބޯޅައިގައި އަތްލުމުން ރެފުރީ ދިން ޕެނަލްޓީއެކެވެ. އަދި އެއާއެކު ރެފުރީ ވަނީ ފަރުހާނަށް ރަތް ކާޑެއް ދައްކާފައެވެ. މި މެޗުގައި މާޒިޔާއިން ކާމިޔާބުކުރި ފަހު ލަނޑު އިތުރު ވަގުތުގައި ޖަހައިދިނީ ހަމްޒާ މުޙައްމަދު (ހަމްޕު) އެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން މާޒިޔާގެ ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ) ބުނީ މި ނަތީޖާއަކީ ހިތްހަމަޖެހޭ ނަތީޖާއެއް ކަމަށާއި، ކުރީ މެޗާ އަޅާބަލާއިރު މި މެޗުން ރަނގަޅު ގިނަ ކަންތައްތަކެއް ފެނިގެންދިޔަ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ރަނގަޅުކުރަން ޖެހޭ ކަންކަންވެސް ފާހަގަވި ކަމަށްވެސް ނިޒާމްބެ ބުންޏެވެ.

ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު މުޙައްމަދު ބުނީ މިއީ ގްރީން ސްޓްރީޓްސްއިން ބަލައިގަންނާނެ ނަތީޖާއެއް ނޫން ކަމަށާއި، މި މެޗުން ވަރަށް ގިނަ ފިލާވަޅުތަކެއް ލިބުނު ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އިތުރަށް ގްރީން ސްޓްރީޓްސްގެ ކުޅުން ރަނގަޅު ކުރާނެ ކަމަށްވެސް އޭނާ ބުންޏެވެ.

ލީގުގައި ކުޅުނު ދެވަނަ މެޗުންވެސް މޮޅުވެ މާޒިޔާއިން ހަ ޕޮއިންޓް ހަމަކުރިއިރު، އެ ޓީމު ވަނީ ލީގުގައި ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަތުން 4-0 ން މޮޅުވެފައެވެ. އަދި ލީގުގައި މިހާތަނަށް ކުޅުނު ދެ މެޗުންވެސް ގްރީން ސްޓްރީޓްސް ވަނީ ބަލިވެފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

04 ފެބުރުއަރީ 2017
ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ
03 ފެބުރުއަރީ 2017

ޝަކްޓާ ޑޮނެސްކޭގެ މިޑްފީލްޑަކާއި ތަޖިކިސްތާން ލީގް ޗެމްޕިއަންގެ ޑިފެންޑަރެއް ގްރީން ސްޓްރީޓަށް

03 ފެބުރުއަރީ 2017
ޝަކްޓާ ޑޮނެސްކޭގެ މިޑްފީލްޑަކާއި ތަޖިކިސްތާން ލީގް ޗެމްޕިއަންގެ ޑިފެންޑަރެއް ގްރީން ސްޓްރީޓަށް
31 ޖެނުއަރީ 2017

އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

31 ޖެނުއަރީ 2017
އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް
30 ޖެނުއަރީ 2017

ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

30 ޖެނުއަރީ 2017
 ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި
28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
26 ޖެނުއަރީ 2017

ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް

26 ޖެނުއަރީ 2017
ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް