Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 ތައިލެންޑްގެ ހާލަތު

ފިޔަވަޅުތަކާއެކު ފަތުރުވެރިންނަށް ތައިލެންޑް ހުޅުވާލިތާ އެއް ދުވަސްފަހުން ތައިލެންޑްގެ ތެރެއިން ކޮވިޑްގެ ކޭސްތަކެއް

18 ޑިސެމްބަރު 2020 | ހުކުރު 23:55

ބުރާސްފަތި ދުވަހު ވަނީ ފިޔަވަޅުތަކަށް ލުއިތައް ދޭން ފަށާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 18 ޑިސެމްބަރު 2020 | ހުކުރު 23:55
ތައިލެންގެ އެތެރޭގައި މީހުން މާސްކު އަޅައިގެން

ތައިލެންގެ އެތެރޭގައި މީހުން މާސްކު އަޅައިގެން

ކޮވިޑް-19 ގެ ސަބަބުން ތައިލެންޑްގެ ފަތުރުވެރިކަން ހުއްޓުމަކަށް ގެނެސްފައި އެތައް މަސްތަކެއް ބޭއްވުމަށްފަހު ފިޔަވަޅުތަކާއެކު ފަތުރުވެރިންނަށް ތައިލެންޑް ހުޅުވާލިތާ އެއް ދުވަސްފަހުން ތައިލެންޑްގެ ތެރެއިން ހަތަރު މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ތައިލެންޑްގެ ސިއްހީ އޮފިޝަލުން ބުނީ 67 އަހަރުގެ އަންހެނަކު ވައިރަސް އަށް ޕޮޒިޓިވްވެފައިވާކަމަށެވެ. އަދި އޭނާގެ އާއިލާގެ އިތުރު ތިން މީހަކުވެސް ވައިރަސް އަށް ޕޮޒިޓިވްވެފައިވާކަމަށް އޮފިޝަލުން ބުނެއެވެ.

މިމީހާއަކީ ތައިލެންޑުން ބޭރަށް ދަތުރުކޮށްފައިވާ މީހެއް ނޫންކަމަށްވެސް އޮފިޝަލުން ބުނެއެވެ. އަދި މިމިހާ އާއި ކްލޯޒް ކޮންޓެކްޓުންގެ ގޮތުގައި ހިމެނޭ 165 މީހެއްގެ ސާމްޕަލް މިހާރު ނަގާފައިވާކަމަށްވެސް އޮފިޝަލުން ބުނެއެވެ.

ތައިލެންޑްގެ ޑިޒީސް ކޮންޓްރޯލް ޑިޕާޓްމަންޓުން ބުނެފައިވަނީ އަލަށް މިފެނުނު ކޭސްތައް ފެންނަން ދިމާވި ސަބަބު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ތައިލެންޑްގެ އެތެރެއިން ފާއިތުވި ދުވަސްތަކުގައި ކޭސްތައް ފެނިފައިވަނީ ވަރަށްވެސް މަދުންނެވެ. ފާއިތުވި މަސްތަކުގައި ވައިރަސް އަށް ޕޮޒިޓިވްވެފައިވާ ގިނަ މީހުންނަކީ ކަރަންޓީނުގެ މުއްދަތު ހަމަވުމުން ނަގާފައިވާ ސާމްޕަލްތަކުން ޕޮޒިޓިވްވެފައިވާ މީހުންނެވެ. ތައިލެންޑުން ފާއިތުވި ދުވަސްތަކުގައި ގިނައިން ވައިރަސް އަށް ޕޮޒިޓިވްވެފައިވަނީ އެގައުމަށް އެތެރެވި މީހުންނެވެ.

ތައިލެންޑުން މިހާތަނަށް އައިއިރު ކޮވިޑް-19 ޖެހިފައިވަނީ 4297 މީހުންނަށެވެ. އަދި މަރުވެފައިވަނީ 60 މީހުންނެވެ. ތައިލެންޑުގައި ކޮވިޑް ކޮންޓްރޯލްކުރުމުގައި ބޮޑު ދައުރެއް އަދާކޮށްފައިވަނީ އެގައުމުގެ އިގްތިޞާދު އެންމެ ބޮޑަށް ބަރޯސާވެފައިވާ ފަތުރުވެރިކަން ހުއްޓާލާފައި ބާއްވައިގެންނެވެ.

އެތައް މަސްތަކެއްވަންދެން އެގައުމަށް ފަތުރުވެރިންނަށް ނާދެވޭގޮތަށް ހަދާފައިވާއިރު ބުރާސްފަތި ދުވަހު ވަނީ ފިޔަވަޅުތަކަށް ލުއިތައް ދޭން ފަށާފައެވެ. އެގޮތުން 50 ގައުމެއްގެ ރައްޔިތުންނަށް އެގައުމަށް އާދެވޭއިރު 72 ގަޑިއިރުގެ ޕީސީއާރު ނެގެޓިވް ޓެސްޓެއް އެމީހުން އަތުގައި އޮންނަންޖެހެއެވެ. އަދި ތައިލެންޑަށް އައުމަށްފަހު ދެ ހަފްތާވަންދެން ކަރަންޓީނުވާންޖެހެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

26 މާރިޗު 2019

ތައިލެންޑްގެ އިންތިޚާބު: ނަތީޖާ އިއުލާނެއް ނުކުރި، މައި ޕާޓީީތަކުން ބުނަނީ މޮޅުވެއްޖެކަމަށް

26 މާރިޗު 2019
ތައިލެންޑްގެ އިންތިޚާބު: ނަތީޖާ އިއުލާނެއް ނުކުރި، މައި ޕާޓީީތަކުން ބުނަނީ މޮޅުވެއްޖެކަމަށް
25 މާރިޗު 2019

ތައިލެންޑްގެ އިންތިޚާބު: އަސްކަރިއްޔާގެ ތާއީދު ލިބިފައިވާ ޕާޓީ ކުރީގައި

25 މާރިޗު 2019
ތައިލެންޑްގެ އިންތިޚާބު: އަސްކަރިއްޔާގެ ތާއީދު ލިބިފައިވާ ޕާޓީ ކުރީގައި
13 ޑިސެމްބަރު 2018

ތައިލެންޑްގެ އާއްމު އިންތިޚާބު ފެބްރުއަރީ މަހުގެ 24 ގައި

13 ޑިސެމްބަރު 2018
ތައިލެންޑްގެ އާއްމު އިންތިޚާބު ފެބްރުއަރީ މަހުގެ 24 ގައި
03 ޖުލައި 2018

ތައިލެންޑްގެ ހޮހޮޅައިގައި ތާށިވީ ކުދިން ދިރިތިއްބާ ފެނިއްޖެ

03 ޖުލައި 2018
ތައިލެންޑްގެ ހޮހޮޅައިގައި ތާށިވީ ކުދިން ދިރިތިއްބާ ފެނިއްޖެ
17 ޖޫން 2018

ތައިލެންޑްގެ ޝާހީ އާއިލާގެ މުދާތައް ރަސްގެފާނުގެ ނަންފުޅު މައްޗަށް ބަދަލުކޮށްފި

17 ޖޫން 2018
ތައިލެންޑްގެ ޝާހީ އާއިލާގެ މުދާތައް ރަސްގެފާނުގެ ނަންފުޅު މައްޗަށް ބަދަލުކޮށްފި
30 އޮކްޓޯބަރު 2017

ތައިލެންޑްގެ ރަސްގެފާނުގެ 5 ދުވަހުގެ ޖަނާޒާ ނިންމައި، ރައްޔިތުން އާއްމު ދިރިއުޅުމަށް

30 އޮކްޓޯބަރު 2017
ތައިލެންޑްގެ ރަސްގެފާނުގެ 5 ދުވަހުގެ ޖަނާޒާ ނިންމައި، ރައްޔިތުން އާއްމު ދިރިއުޅުމަށް
27 ސެޕްޓެމްބަރު 2017

ތައިލެންޑްގެ ކުރީގެ ބޮޑުވަޒީރު ޔިންގްލަކް ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި

27 ސެޕްޓެމްބަރު 2017
ތައިލެންޑްގެ ކުރީގެ ބޮޑުވަޒީރު ޔިންގްލަކް ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި
27 ސެޕްޓެމްބަރު 2017

ތައިލެންޑްގެ ކުރީގެ ބޮޑުވަޒީރަށް ހުކުމް އިއްވުން މިއަދު

27 ސެޕްޓެމްބަރު 2017
ތައިލެންޑްގެ ކުރީގެ ބޮޑުވަޒީރަށް ހުކުމް އިއްވުން މިއަދު
26 އޯގަސްޓު 2017

ހުކުމް ބޯމަތީގައި އޮއްވައި ތައިލެންޑްގެ ކުރީގެ ބޮޑުވަޒީރު ދުބާއީ އަށް

26 އޯގަސްޓު 2017
ހުކުމް ބޯމަތީގައި އޮއްވައި ތައިލެންޑްގެ ކުރީގެ ބޮޑުވަޒީރު ދުބާއީ އަށް
16 އޯގަސްޓު 2017

ތައިލެންޑް ރަސްގެފާނުގެ ފޮޓޯފުޅެއް ފޭސްބުކްގައި ޝެއަރކޮށްގެން ދަރިވަރަކު ޖަލަށްލައިފި

16 އޯގަސްޓު 2017
ތައިލެންޑް ރަސްގެފާނުގެ ފޮޓޯފުޅެއް ފޭސްބުކްގައި ޝެއަރކޮށްގެން ދަރިވަރަކު ޖަލަށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް