Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19 ވެކްސިން

ބޮޑަށް ބެލެވެނީ އަންނަ އަހަރުގެ ފުރަތަމަ ކުއަރޓަރގައި ރާއްޖެއަށް ވެކްސިން ލިބޭނެ ކަމަށް: ޑރ ޝާހު

18 ޑިސެމްބަރު 2020 | ހުކުރު 08:06

އަމާޒު ހިފާފައިވަނީ ވެކްސިން ލިބޭއިރު، އެއަށް ފުރިހަމައަށް ތައްޔާރުވެ ތިބުމަށް

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް | 18 ޑިސެމްބަރު 2020 | ހުކުރު 08:06
ޑރ. ޝާހު އަބްދުﷲ މާހިރު

ޑރ. ޝާހު އަބްދުﷲ މާހިރު

އަންނަ 2021 ވަނަ އަހަރުގެ ފުރަތަމަ ކުއަރޓަރގައި ރާއްޖެއަށް ވެކްސިން ލިބޭނެ ކަމަށް ހެލްތު މިނިސްޓްރީގެ ޗެއަރޕަރސަން އޮފް ސްޓިއަރިންގް ކޮމިޓީ ފޯރ ކޮވިޑް ވެކްސިން، ޑރ. ޝާހު އަބްދުﷲ މާހިރު ލަފާކުރައްވައިފިއެވެ.

ރާއްޖެޓީވީގެ 'ހަބަރުފީތާ' ޕްރޮގްރާމްގައި ކޮވިޑް-19 ވެކްސިންއާއި ގުޅިގެން މައުލޫމާތު ދެއްވަމުން ޑރ. ޝާހު ވިދާޅުވީ ބޮޑަށް ބެލެވެނީ އަންނަ އަހަރުގެ ފުރަަތަމަ ކުއަރޓަރގައި ރާއްޖެއަށް ވެކްސިން ލިބޭނެ ކަމަށެވެ. ރާއްޖެއަށް ވެކްސިން ލިބެނީ ދުނިޔޭގެ ހުރިހާ ގައުމަކަށް ހަމަހަމަކާއި އެކު ވެކްސިން ފޯރުކޮށްދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކުރިއަށްގެންދާ "ކޮވެކްސް" ޕްރޮގްރާމްގެ ދަށުން ނެވެ.

ޑރ. ޝާހު ވިދާޅުވީ މިހާރު ރާއްޖެއިން އަމާޒު ހިފާފައިވަނީ ވެކްސިން ލިބޭއިރު، އެއަށް ފުރިހަމައަށް ތައްޔާރުވެ ތިބުމަށް ކަމަށެވެ. އެގޮތުން، މިކަމާއި ގުޅިގެން އެކުލަވާލާ ޕްލޭންގެ ދަށުން، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ތިބި ރައްޔިތުންނަށް ވެކްސިން ފޯރުކޮށްދެވޭނީ ކިހިނަކުންތޯ ބަލަމުން އަންނަ ކަމަށެވެ. އަދި އެންމެ ފުރަތަމަ މި ވެކްސިން ދޭން ޖެހެނީ ކޮން ފަރާތްތަކަކަށްތޯ ދެނެގަނެވި، މި ކަމާއި ގުޅޭ ހުރިހާ ޕްލޭންތައް ވެކްސިން ލިބުމުގެ ކުރިން ނިންމޭނެ ކަމަށް އޭނާ ލަފާކުރެއްވިއެވެ.

މިހާރު ވަމުންދާ ތައްޔާރީތަކާއި ގުޅިގެން ވާހަކަދައްކަވަމުން ޑރ. ޝާހު ވިދާޅުވީ ބާރު ދުވެލީގައި ތައްޔާރީތައް ވަމުން އަންނަ ކަމަށާއި ރާއްޖެއަށް ވެކްސިން ލިބޭ ދުވަހު ވެކްސިން ޖެހުމުގެ މަސައްކަތް ވެސް ފެށިގެންދާނެ ކަމަށެވެ. ޑރ. ޝާހު ވިދާޅުވީ ވެކްސިނޭޝަން ޕްރޮގްރާމް ކުރިއަށްދާނީ އެކި އިދާރާތަކާއި ގުޅިގެން ކަމަށެވެ.

ކޮވިޑް-19ށް ވެކްސިން ހޯދުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި މިހާރު ކޮވެކްސް ފެސިލިޓީން ރާއްޖޭގެ އާބާދީގެ 20 އިންސައްތައަށް ހިލޭ ވެކްސިން ހޯދުމަށް ހުށައެޅި ހުށައެޅުން ރަސްމީކޮށް ޑަބްލިޔުއެޗްއޯއިން ވަނީ ގަބޫލުކޮށްފައެވެ.

ކޮވެކްސް ފެސިލިޓީގެ ދަށުން ރާއްޖެއަށް އެންމެ ފުރަތަމަ ވެކްސިން ލިބޭނީ އާބާދީގެ ދެ ލައްކަ މީހުންނަށްކަމަށް "ރާއްޖެއެމްވީ" އަށް އިތުބާރުކުރެވޭ މަސްދަރަކުން ވަނީ ކަށަވަރުކޮށްދީފައެވެ. އަދި ކޮވެކްސް ފެސިލިޓީގެ ދަށުން ރާއްޖެއަށް ލިބޭ ވެކްސިނެއްގެ ހަތަރު ލައްކަ ޑޯޒް ލިބޭނެއެވެ. ވެކްސިން ރާއްޖެ ގެނައުމުގައި ލަސްތަކެއް ވަނީ ވެކްސިން ރައްކާކޮށްފައި ބަހައްޓާނެ ތަންތަނާ މެދު އަދި ގޮތެއް ނުނިންމޭތީ ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
21 ޖެނުއަރީ 2017

މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

21 ޖެނުއަރީ 2017
މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް