Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭޝިއާގެ ހާއްސަ އެވޯޑެއް

އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާގެ މެރިޓް އެވޯޑް މަރުޒޫގަށް

16 ޑިސެމްބަރު 2020 | ބުދަ 09:28

މި އެވޯޑް މަރުޒޫގަށް އެރުވީ އޭޝިއާގެ ކުޅިވަރަށް ކޮށްދިން އަގުހުރި ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 16 ޑިސެމްބަރު 2020 | ބުދަ 09:28
އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާގެ މެރިޓް އެވޯޑް މަރުޒޫގަށް އަރުވަނިކޮށް

އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާގެ މެރިޓް އެވޯޑް މަރުޒޫގަށް އަރުވަނިކޮށް

އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާ (އޯސީއޭ) ގެ މެރިޓް އެވޯޑް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ޖެނެރަލް ސެކްރެޓަރީ އަޙްމަދު މަރުޒޫގް (މަރޭ) އަށް ލިބިވަޑައިގެންފިއެވެ.

މި އެވޯޑް މަރުޒޫގަށް އެރުވީ އޭޝިއާގެ ކުޅިވަރަށް މިދިޔަ 11 އަހަރު ކޮށްދެއްވި އަގުހުރި ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ. މި އެވޯޑާ މަރުޒޫގް ހަވާލުވެވަޑައިގެންފައިވަނީ އޮމާނުގެ މަސްކަޓުގައި ކުރިއަށްދިޔަ 39 ވަނަ އޯސީއޭގެ ޖެނެރަލް އެސެމްބްލީގައެވެ.

އޮމާނުގައި ހުންނަވާ "ރާއްޖެ.އެމްވީ" އާ ވާހަކަދައްކަވަމުން މަރުޒޫގް ވިދާޅުވީ މި އެވޯޑުގެ ހައްގުވެރިންނަކީ ދިވެހި ކުޅިވަރު އާއިލާ ކަމަށާއި، އޭގެ ތެރެއިންވެސް ދިވެހި އެތުލީޓުންނަށް މި އެވޯޑް ހާއްސަވާ ކަމަށެވެ. އަދި މި ހިސާބަށް އައިރު ދިވެހި އެތުލީޓުންގެ ފަރާތުން އޭނާއަށް ބޮޑު އެއްބާރުލުމެއް ލިބިފައިވާ ކަމަށާއި، އެކަމަށްޓަކައި ދިވެހި ކުޅިވަރުގައި ހަރަކާތްތެރިވާ އެންމެންނަށް ހާއްސަ ޝުކުރެއް އަދާކުރާ ކަމަށްވެސް މަރުޒޫގް ވިދާޅުވިއެވެ.

މަރުޒޫގަށް އޯސީއޭގެ މެރިޓް އެވޯޑް ލިބިވަޑައިގެންނެވިއިރު، އެމްއޯސީގެ ޖެނެރަލް ސެކްރެޓަރީގެ މަގާމާ 2009 ވަނަ އަހަރު ހަވާލުވުމަށްފަހު އޭނާ އަންނަނީ ދިވެހި ކުޅިވަރަށް އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވަމުންނެވެ. އެގޮތުން މަރުޒޫގް އިސްވެވަޑައިގެން ދިވެހި އެތުލީޓުން ތަމްރީނުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު، ރާއްޖެއަށް 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިދިން ހަސަން ސާއިދަކީ އޭގެ ތެރެއިން ލިބުނު ފުރުސަތުގެ ބޭނުން ހިފި އެތުލީޓެކެވެ. އަދި ގިނަ އަދަދެއްގެ އެތުލީޓުންނަށާއި ޓީމުތަކަށްވެސް މަރުޒޫގް ވަނީ ބޭރުން ތަމްރީނު ހެދުމުގެ ފުރުސަތު ހޯދައިދީފައެވެ.

ދިވެހި އެތުލީޓުން ތަމްރީނުކުރުމުގެ އިތުރުން ރާއްޖޭގައި ބައިނަލްއަގުވާމީ ބޮޑު ގޭމްސްއެއް ބޭއްވުމަކީވެސް މަރުޒޫގް ދެކެމުން އަންނަ ހުވަފެނެކެވެ. އެގޮތުން މަރުޒޫގް އިސްވެ ހުރެ 2023 ވަނަ އަހަރުގެ އައިއޯއައިޖީ ރާއްޖޭގައި ބޭއްވުމުގެ ބިޑް ކާމިޔާބުކުރެއްވިއެވެ. އެކަމަކު ކޮވިޑް-19 އާ ގުޅިގެން އެ އަހަރު މި ގޭމްސް ރާއްޖޭގައި ނުބޭއްވޭނެތީ، އެ ފުރުސަތު މިހާރު ވަނީ ރާއްޖެއަށް ގެއްލިފައެވެ.

އޮލިމްޕިކް ކޮމިޓީއާ ގުޅުމުގެ ކުރިން މަރުޒޫގު ވަނީ ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުވެސް ފުރުއްވާފައެވެ. ކުރީގެ މަޝްހޫރު ރެފުރީ އަދި ސ. ފޭދޫ ޑީއެންސީ ހިންގެވުމުގައި އިސްކޮށް އުޅުއްވި މަރްހޫމް ހުސެއިން ދީދީ (ޖޯޖް) ގެ ބޭފުޅެއް ކަމަށްވާ މަރުޒޫގް ވަނީ ފުޓްބޯޅަ ކެރިއަރުގައި ޔޫތު ގައުމީ ފުޓްބޯޅަ ޓީމުތަކަށާއި ކުލަބު ވެލެންސިއާ އަދި އައިއެފްސީއަށްވެސް ކުޅެފައެވެ.

މަރުޒޫގަށް އޯސީއޭ މެރިޓް އެވޯޑް ލިބިވަޑައިގެންނެވިއިރު، މީގެ ކުރިން ދިގު މުއްދަތަކަށް ރާއްޖޭގެ ކުޅިވަރަށް ކޮށްދެއްވި ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން އެމްއޯސީގެގެ ކުރީގެ ރައީސް އިބްރާހީމް އިސްމާޢީލަށްވެސް ވަނީ މި އެވޯޑު ލިބިވަޑައިގެންފައެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

4

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

5

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

އިތުރަށް ކިޔާލަން

02 ޖޫން 2017

އެޓްލެޓިކޯގެ ޓްރާންސްފާ ބޭން، ކޯޓް އޮފް އާބިޓްރޭޝަނުން ދަމަހައްޓައިފި

02 ޖޫން 2017
އެޓްލެޓިކޯގެ ޓްރާންސްފާ ބޭން، ކޯޓް އޮފް އާބިޓްރޭޝަނުން ދަމަހައްޓައިފި
27 މެއި 2017

"ޕީއެފްއޭ ފޭންސް ޕްރެމިއާ ލީގު ޕްލެއާ އޮފް ދަ ސީޒަން" އެވޯޑް ހެރީ ކޭން ހާސިލްކޮށްފި

27 މެއި 2017
"ޕީއެފްއޭ ފޭންސް ޕްރެމިއާ ލީގު ޕްލެއާ އޮފް ދަ ސީޒަން" އެވޯޑް ހެރީ ކޭން ހާސިލްކޮށްފި
02 މެއި 2017

އޭޝިއާގެ ވަރުގަދަ މެޑެލްއަކާއެކު ސާއިދު ރާއްޖެ އަތުވެއްޖެ

02 މެއި 2017
އޭޝިއާގެ ވަރުގަދަ މެޑެލްއަކާއެކު ސާއިދު ރާއްޖެ އަތުވެއްޖެ
30 އެޕްރީލު 2017

އޭޝިއަން ގްރޯން ޕްރީ: އޭޝިއާގެ ފުރަތަމަ މެޑަލް ހޯދި ދިވެހި އެތުލީޓަކަށް ސާއިދު

30 އެޕްރީލު 2017
 އޭޝިއަން ގްރޯން ޕްރީ: އޭޝިއާގެ ފުރަތަމަ މެޑަލް ހޯދި ދިވެހި އެތުލީޓަކަށް ސާއިދު
23 އެޕްރީލު 2017

އޮލިމްޕިކް ކޮމިޓީގެ އިންތިހާބުގައި އެފްއޭއެމްގެ އެންޑޯސްމަންޓް ޝަވީދަށް

23 އެޕްރީލު 2017
އޮލިމްޕިކް ކޮމިޓީގެ އިންތިހާބުގައި އެފްއޭއެމްގެ އެންޑޯސްމަންޓް ޝަވީދަށް
17 އެޕްރީލު 2017

އޮލިމްޕިކް ކޮމިޓީގެ އިންތިހާބު އަންނަމަހު

17 އެޕްރީލު 2017
އޮލިމްޕިކް ކޮމިޓީގެ އިންތިހާބު އަންނަމަހު
09 އެޕްރީލު 2017

ކްލަބް މޯލްޑިވްސް ކަޕް އޮފް ސީޒަނުގައި ބާއްވަން ހުށަހަޅާނަން: ބައްސާމް

09 އެޕްރީލު 2017
ކްލަބް މޯލްޑިވްސް ކަޕް އޮފް ސީޒަނުގައި ބާއްވަން ހުށަހަޅާނަން: ބައްސާމް
20 ފެބުރުއަރީ 2017

އިންޓަ ފެކަލްޓީ ވޮލީބޯޅަ މުބާރާތް: އަންހެން އަދި ފިރިހެން ބައި ވެސް ފެކަލްޓީ އޮފް އެޑިއުކޭޝަނަށް

20 ފެބުރުއަރީ 2017
އިންޓަ ފެކަލްޓީ ވޮލީބޯޅަ މުބާރާތް: އަންހެން އަދި ފިރިހެން ބައި ވެސް ފެކަލްޓީ އޮފް އެޑިއުކޭޝަނަށް
06 ފެބުރުއަރީ 2017

އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި

06 ފެބުރުއަރީ 2017
އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި
26 ޖެނުއަރީ 2017

އޮލިމްޕިކްސްގައި ބޯލްޓް ހޯދި ނުވަ ރަން މެޑަލްގެ ތެރެއިން އެއް މެޑަލް ގެއްލިއްޖެ

26 ޖެނުއަރީ 2017
އޮލިމްޕިކްސްގައި ބޯލްޓް ހޯދި ނުވަ ރަން މެޑަލްގެ ތެރެއިން އެއް މެޑަލް ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް