Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްއެންޑީއެފް

ޗަމްޕާ މުޙައްމަދު މޫސާގެ އެހީތެރިކަމާއެކު، ޅ.މާފިލާފުށީގައި އަލަށް އިމާރާތްކުރާ އެގެޒެކެޓިވް ބުލޮކްގެ ބިންގާ އަޅައިފި

އެގްޒެކެޓިވް ބްލޮކްގައި ހިމެނެނީ 6 ކޮޓަރި

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 16 ޑިސެމްބަރު 2020 | ބުދަ 05:45
ޅ.މާފިފިލާފުށީގައި އަލަށް އިމާރާތް ކުރާ އެގެޒެކެޓިވް ބުލޮކްގެ ބިންގާ އަޅުއްވައިދެއްވުން

ޅ.މާފިފިލާފުށީގައި އަލަށް އިމާރާތް ކުރާ އެގެޒެކެޓިވް ބުލޮކްގެ ބިންގާ އަޅުއްވައިދެއްވުން

ޗަމްޕާ މުޙައްމަދު މޫސާގެ ދީލަތި އެހީތެރިކަމާއެކު އެމްއެންޑީއެފް ނޮދަން އޭރިއާ ޅ.މާފިފިލާފުށީގައި އަލަށް އިމާރާތް ކުރާ އެގެޒެކެޓިވް ބުލޮކްގެ ބިންގާ ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އާއި ޗަމްޕާ މުޙައްމަދު މޫސާ އަޅުއްވައިދެއްވައިފިއެވެ.

މި އިމާރާތުގެ ބިންގާ އެޅުމަށް އެމްއެންޑީއެފް ނޮދަން އޭރިއާ ޅ.މާފިފިލާފުށީގައި ޑިސެންބަރު 15 ވަނަ ދުވަހު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ވަނީ ޗަމްޕާ މުޙައްމަދު މޫސާއަށް ޝުކުރުއަދާކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.

Advertisement - newsAdvertisement

ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ ވާހަކަފުޅުގައި ސިފައިންގެ އުމްރާނީ ތަރައްޤީއަށް އަދި ސިފައިންގެ ވެލްފެއާ ކަންކަމަށް އަމިއްލަ ފަރާތްތަކުން ވެދެއްވަމުންގެންދަވާ ދީލަތި އެހީތެރިކަން ފާހަގަކޮށް، އެ ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ސިފައިންގެ އެކިއެކި ކަންކަމަށް ޗަމްޕާ މުޙައްމަދު މޫސާ، ވެދެއްވަމުންގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި އެންމެހާ ސިފައިންގެ ނަމުގައި ޗަމްޕާ މުޙައްމަދު މޫސާއަށް ޝުކުރު އަދާކުރައްވާފައިވެއެވެ.

ޅ. މާފިލާފުށީގައި އަޅާ މި އިމާރާތުގެ ހުރިހާ މަސައްކަތެއް ކޮށްދެއްވުމަށް ނިންމަވާފައި ވަނީ ޗަމްޕާ މުޙައްމަދު މޫސާގެ ދީލަތި އެހީތެރިކަމާއެކުގައެވެ. މި އެގްޒެކެޓިވް ބްލޮކްގައި ހިމެނެނީ 6 ކޮޓަރިއެވެ.

މި އިމާރާތުގެ ބިންގާއެޅުމަށް އެމްއެންޑީއެފް ނޮދަން އޭރިއާ ޅ.މާފިލާފުށީގައި ބޭއްވި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރުގެ އިތުރުން ޗަމްޕާ މުޙައްމަދު މޫސާ އާއި އެމްއެންޑީއެފްގެ ބައެއް ޖެނެރަލް އޮފިސަރުންނާއި ނޮދަން އޭރިއާގެ ކޮމާންޑަރ ކާނަލް އިސްމާޢީލް ޝަރީފް ބައިވެރިވެލެއްވިއެވެ.

އިތުރަށް ކިޔާލަން

02 ޖެނުއަރީ 2019

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަގާމަށް އިބްރާހީމް މުޙައްމަދު ދީދީ

02 ޖެނުއަރީ 2019
ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަގާމަށް އިބްރާހީމް މުޙައްމަދު ދީދީ
12 ޖުލައި 2018

އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މުޙައްމަދު ދީދީ އައްޔަން ކުރައްވައިފި

12 ޖުލައި 2018
އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މުޙައްމަދު ދީދީ އައްޔަން ކުރައްވައިފި
16 އެޕްރީލު 2018

ކައުންސިލަރު އަޒްރާ މޫސާގެ މައްޗަށް އުފުލާފައިވާ ދައުވާ އަނބުރާ ގެންދިއުމަށް ގޮވާލައިފި

16 އެޕްރީލު 2018
ކައުންސިލަރު އަޒްރާ މޫސާގެ މައްޗަށް އުފުލާފައިވާ ދައުވާ އަނބުރާ ގެންދިއުމަށް ގޮވާލައިފި
24 ޑިސެމްބަރު 2017

ޗަމްޕާ ބްރަދާސްގެ އެހީގައި ހެނބަދޫގައި ގާއިމްކުރާ ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވައިފި

24 ޑިސެމްބަރު 2017
ޗަމްޕާ ބްރަދާސްގެ އެހީގައި ހެނބަދޫގައި ގާއިމްކުރާ ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވައިފި
05 ނޮވެމްބަރު 2017

މޭޖަރ ޖެނެރަލް (ރިޓަރޔަޑް) މުޙައްމަދު ޒާހިރަށް އޮނަރަރީ މާސްޓަރސް ޑިގްރީއެއް އަރުވައިފި

05 ނޮވެމްބަރު 2017
މޭޖަރ ޖެނެރަލް (ރިޓަރޔަޑް) މުޙައްމަދު ޒާހިރަށް އޮނަރަރީ މާސްޓަރސް ޑިގްރީއެއް އަރުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު