Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިބްރަހިމޮވިޗް އަނިޔާއިން ރަނގަޅުވުން

އަނިޔާއިން ރަނގަޅުވެ އިބްރަހިމޮވިޗް މިލާނުގެ ފަރިތަކުރުންތަކަށް

15 ޑިސެމްބަރު 2020 | އަންގާރަ 14:43

އިބްރަހިމޮވިޗަށް އަނިޔާވީ ނޮވެމްބަރު މަހު ނާޕޮލީ އަތުން މިލާން މޮޅުވި މެޗުގައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 15 ޑިސެމްބަރު 2020 | އަންގާރަ 14:43
އަނިޔާއިން ރަނގަޅުވެ މިލާނުގެ ފަރިތަކުރުންތަކުގައި އިބްރަހިމޮވިޗް ބައިވެރިވަނިކޮށް

އަނިޔާއިން ރަނގަޅުވެ މިލާނުގެ ފަރިތަކުރުންތަކުގައި އިބްރަހިމޮވިޗް ބައިވެރިވަނިކޮށް

ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއިން ރަނގަޅުވެ އޭސީ މިލާނުގެ ފަރިތަކުރުންތަކުގައި އެ ޓީމުގެ ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗް ބައިވެރިވާން ފަށައިފިއެވެ.

އުމުރުން 39 އަހަރުގެ އިބްރަހިމޮވިޗަށް އަނިޔާވީ އިޓާލިއަން ލީގުގައި މިދިޔަ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު ނާޕޮލީ އަތުން 3-1 ން މިލާން މޮޅުވި މެޗުގައެވެ. އެ މެޗުގައި އިބްރަހިމޮވިޗް ދެ ލަނޑު ޖެހި ނަމަވެސް، ލިބުނު އަނިޔާއަކާ ގުޅިގެން މެޗުގެ 79 ވަނަ މިނެޓުގައި އޭނާ ވަނީ ބަދަލުކޮށްފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން އެ މެޗަށްފަހު ހެދި ޓެސްޓުން އިބްރަހިމޮވިޗުގެ ފަލަމަސްގަނޑަށް އަނިޔާވެފައިވާކަން ހާމަވި ނަމަވެސް، އޭނާއަށް ލިބުނު އަނިޔާ ސީރިއަސް ނޫން ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. އެކަމަކު އެ އަނިޔާއާ ގުޅިގެން އިބްރަހިމޮވިޗަށް ވަނީ މިލާނުން ކުޅުނު ހަ މެޗެއް ގެއްލިފައެވެ.

އިބްރަހިމޮވިޗް އަނިޔާއިން ރަނގަޅުވިއިރު، އޭނާ އަންނަނީ މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މިހާތަނަށް މި ސީޒަނުގައި އޭނާ ވަނީ ކުޅުނު 10 މެޗުގައި 11 ލަނޑު ޖަހާފައެވެ. މީގެ ތެރެއިން 10 ލަނޑު އިބްރަހިމޮވިޗް ޖަހާފައިވަނީ އިޓާލިއަން ލީގުގައި ކުޅުނު ހަ މެޗުގައެވެ.

މި ސީޒަނުގައި މިލާނުން މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، އެ ޓީމު އޮތީ އިޓާލިއަން ލީގުގެ އެއްވަނައިގައި ކުޅުނު 11 މެޗުން ލިބުނު 27 ޕޮއިންޓާއެކުއެވެ. އަދި ލީގުގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން މިލާން ބަލިވެފައެއް ނުވެއެވެ. އަދި އެ ޓީމު ވަނީ ޔުއެފާ ޔޫރޮޕާ ލީގުގެ ދެވަނަ ބުރުން ޖާގަ ހޯދާފައެވެ.

އެންމެ ހިނގާ

1

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

2

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

3

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

4

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

5

ރަސްމާލޭގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ވަޒީރުން ވިދާޅުވި، އެކަމަށް ހެކިވާނެ މީހުންވެސް އެބަތިބި: ޒަމްޒަމް ފާރިޝް

އިތުރަށް ކިޔާލަން

27 އޮކްޓޯބަރު 2017

އެނބުރި އަންނާނީ ޔުނައިޓެޑަށް ޕްރިމިއާ ލީގު ކާމިޔާބުކޮށްދޭން: އިބްރަހިމޮވިޗް

27 އޮކްޓޯބަރު 2017
އެނބުރި އަންނާނީ ޔުނައިޓެޑަށް ޕްރިމިއާ ލީގު ކާމިޔާބުކޮށްދޭން: އިބްރަހިމޮވިޗް
10 އޮކްޓޯބަރު 2017

އަނިޔާ އަށް ފަހު އަގުއޭރޯ ފަރިތަކުރުންތަކަށް ނިކުމެއްޖެ

10 އޮކްޓޯބަރު 2017
އަނިޔާ އަށް ފަހު އަގުއޭރޯ ފަރިތަކުރުންތަކަށް ނިކުމެއްޖެ
05 ސެޕްޓެމްބަރު 2017

ޗެމްޕިއަންސް ލީގަށް ނެގި ސްކޮޑުގައި އިބްރަހިމޮވިޗް ހިމެނިއިރު ޗެލްސީއިން ކޮސްޓާ ބާކީކޮށްފި

05 ސެޕްޓެމްބަރު 2017
 ޗެމްޕިއަންސް ލީގަށް ނެގި ސްކޮޑުގައި އިބްރަހިމޮވިޗް ހިމެނިއިރު ޗެލްސީއިން ކޮސްޓާ ބާކީކޮށްފި
26 އޯގަސްޓު 2017

އިބްރަހިމޮވިޗް ޔުނައިޓެޑާ ގުޅުމަކީ ލިބުނު ހިއްވަރެއް: މޮރީނިއޯ

26 އޯގަސްޓު 2017
އިބްރަހިމޮވިޗް ޔުނައިޓެޑާ ގުޅުމަކީ ލިބުނު ހިއްވަރެއް: މޮރީނިއޯ
25 އޯގަސްޓު 2017

އިބްރަހިމޮވިޗް ޔުނައިޓެޑަށް ސޮއިކޮށްފި

25 އޯގަސްޓު 2017
އިބްރަހިމޮވިޗް ޔުނައިޓެޑަށް ސޮއިކޮށްފި
13 ޖުލައި 2017

އަނިޔާއިން އަރައިގަނެ ނޫމާން އީގަލްސްގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި

13 ޖުލައި 2017
އަނިޔާއިން އަރައިގަނެ ނޫމާން އީގަލްސްގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި
22 މެއި 2017

އިބްރަހިމޮވިޗް ހުރީ ފައިނަލް މެޗަށް ތައްޔާރަށް!

22 މެއި 2017
އިބްރަހިމޮވިޗް ހުރީ ފައިނަލް މެޗަށް ތައްޔާރަށް!
21 މެއި 2017

އަނިޔާއިން ސަލާމަތްވެ ޔޫރޮޕާ ލީގު ފައިނަލަށް އިބްރާހިމޮވިޗް ތައްޔާރުވެއްޖެ

21 މެއި 2017
އަނިޔާއިން ސަލާމަތްވެ ޔޫރޮޕާ ލީގު ފައިނަލަށް އިބްރާހިމޮވިޗް ތައްޔާރުވެއްޖެ
07 މާރިޗު 2017

އިބްރަހިމޮވިޗް ތިން މެޗަށް ސަސްޕެންޑްކޮށްފި

07 މާރިޗު 2017
އިބްރަހިމޮވިޗް ތިން މެޗަށް ސަސްޕެންޑްކޮށްފި
04 މާރިޗު 2017

މިއަހަރުގެ މޮޅުކުޅުންތެރިޔާ އިބްރަހިމޮވިޗްއަށް ލިބެންވާނެ: މޮރީނިއޯ

04 މާރިޗު 2017
މިއަހަރުގެ މޮޅުކުޅުންތެރިޔާ އިބްރަހިމޮވިޗްއަށް ލިބެންވާނެ: މޮރީނިއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް