Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޑޯޓްމުންޑުން ފާވްރޭ ވަކިކުރުން

ޑޯޓްމުންޑުގެ ކޯޗުގެ މަގާމުން ފާވްރޭ ވަކިކޮށްފި

14 ޑިސެމްބަރު 2020 | ހޯމަ 10:20

ފާވްރޭ ވަކިކުރީ ސްޓުޓްގާޓް އަތުން 5-1 ން ޑޯޓްމުންޑް ބަލިވުމާ ގުޅިގެން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 14 ޑިސެމްބަރު 2020 | ހޯމަ 10:20
ބޮރޫޝިއާ ޑޯޓްމުންޑުގެ ކޯޗުގެ މަގާމުން ވަކިކުރި ލޫސިއެން ފާވްރޭ

ބޮރޫޝިއާ ޑޯޓްމުންޑުގެ ކޯޗުގެ މަގާމުން ވަކިކުރި ލޫސިއެން ފާވްރޭ

ބޮރޫޝިއާ ޑޯޓްމުންޑުގެ ކޯޗުގެ މަގާމުން ލޫސިއެން ފާވްރޭ ވަކިކޮށްފިއެވެ.

ޑޯޓްމުންޑުން ފާވްރޭ ވަކިކުރީ ޖަރުމަން ލީގުގައި ހޮނިހިރު ދުވަހުގެރޭ ސްޓުޓްގާޓް އަތުން އަމިއްލަ ދަނޑުގައި 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ޑޯޓްމުންޑް ބަލިވުމާ ގުޅިގެންނެވެ. ޑޯޓްމުންޑުގެ ސްޕޯޓިންގ ޑިރެކްޓަރު މައިކަލް ޒޯކް ބުނީ ފާވްރޭ މަގާމުން ވަކިކުރަން އެ ޓީމުގެ މެނޭޖުމަންޓުން ނިންމީ މި ސީޒަނުގައި ކަނޑައެޅި ޓާގެޓް ހާސިލުނުވެދާނެ ކަމުގެ ބިރު އޮތުމުން ކަމަށެވެ.

މީގެ ކުރިން ހާތާ ބާލިން އާއި، ބޮރޫޝީއާ މޮންޗެންގްލަޑްބަކުގެ އިތުރުން ނީސްއަށްވެސް ކޯޗުކަން ކޮށްދިން އުމުރުން 63 އަހަރުގެ ފާވްރޭ ޑޯޓްމުންޑާ ހަވާލުވީ 2018 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. ފާވްރޭ ވަނީ ޑޯޓްމުންޑާ ހަވާލުވި ފުރަތަމަ ސީޒަނުގައި ޖަރުމަން ލީގުގައި މެޗަކުން ބަލިނުވެ 15 މެޗު ހަމަކޮށްފައެވެ. އެއާއެކު އޭނާ ވެފައިވަނީ ޖަރުމަން ލީގުގައި މެޗަކުން ބަލިނުވެ 15 މެޗު ހަމަކޮށްދިން ޑޯޓްމުންޑުގެ ފުރަތަމަ ކޯޗަށެވެ. އޭގެ އިތުރުން ފާވްރޭ ވަނީ މިދިޔަ އަހަރު ޑޯޓްމުންޑަށް ޖަރުމަން ސުޕަ ކަޕުވެސް ކާމިޔާބުކޮށްދީފައެވެ.

ޑޯޓްމުންޑުން ފާވްރޭ ވަކިކުރިއިރު، އެ ޓީމު އޮތީ ޖަރުމަން ލީގުގެ ފަސްވަނައިގައި 11 މެޗުން 19 ޕޮއިންޓާއެކުއެވެ. ލީގުގެ އެއްވަނައިގައި އޮތް ބަޔާ ލެވަކޫސެންއަށް 11 މެޗުން 25 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކަށް 11 މެޗުން ވަނީ 24 ޕޮއިންޓް ލިބިފައެވެ.

ޑޯޓްމުންޑުގެ ކޯޗުގެ މަގާމުން ފާވްރޭ ވަކިކުރުމާއެކު މި ސީޒަނުގައި ދެން އެ ޓީމަށް އިރުޝާދު ދޭނީ އެސިސްޓަންޓް ކޯޗު އެޑިން ޓާޒިޗެވެ. ޓާޒިޗުގެ އިރުޝާދުގެ ދަށުން ކުޅޭ ފުރަތަމަ މެޗުގައި އަންނަ އަންގާރަ ދުވަހުގެރޭ ޖަރުމަން ލީގުގައި ޑޯޓްމުންޑް ނުކުންނާނީ ވާޑާ ބްރެމެންއާ ދެކޮޅަށެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

4

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

5

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

އިތުރަށް ކިޔާލަން

23 ޖުލައި 2017

އެފްއޭއެމްގެ އެކްސްކޯގެ ތިން މެމްބަރަކު މަގާމުން ދުރުކޮށްފި

23 ޖުލައި 2017
އެފްއޭއެމްގެ އެކްސްކޯގެ ތިން މެމްބަރަކު މަގާމުން ދުރުކޮށްފި
24 ޖޫން 2017

ޕާފޯމެންސް މެދު ހިތްހަމަނުޖެހޭ ކަމަށް ބުނެ ނިއުގެ ކޯޗު މަގާމުން ވަކިކޮށްފި

24 ޖޫން 2017
ޕާފޯމެންސް މެދު ހިތްހަމަނުޖެހޭ ކަމަށް ބުނެ ނިއުގެ ކޯޗު މަގާމުން ވަކިކޮށްފި
30 މެއި 2017

އަނެއްކާވެސް އާސެނަލްގެ ކޯޗުގެ މަގާމުގައި ވެންގާ ބެހެއްޓުމަށް ނިންމައިފި

30 މެއި 2017
އަނެއްކާވެސް އާސެނަލްގެ ކޯޗުގެ މަގާމުގައި ވެންގާ ބެހެއްޓުމަށް ނިންމައިފި
30 މެއި 2017

ޑޯޓްމަންޑްގެ ކޯޗުކަމުން ތޯމަސް ޓުޗެލް ވަކިކޮށްފި

30 މެއި 2017
ޑޯޓްމަންޑްގެ ކޯޗުކަމުން ތޯމަސް ޓުޗެލް ވަކިކޮށްފި
10 މެއި 2017

ޕިޔޯލީ މަޤާމުން ވަކިކޮށްފި

10 މެއި 2017
ޕިޔޯލީ މަޤާމުން ވަކިކޮށްފި
11 އެޕްރީލު 2017

އާޖެންޓީނާގެ ކޯޗު އެޑްގާޑޯ ބައުޒާ މަގާމުން ވަކިކޮށްފި

11 އެޕްރީލު 2017
އާޖެންޓީނާގެ ކޯޗު އެޑްގާޑޯ ބައުޒާ މަގާމުން ވަކިކޮށްފި
03 އެޕްރީލު 2017

ނައިބު ރައީސް ކަމުގެ މަގާމުން އިއްޒަތު ވަހީދު ވަކިކޮށްފި

03 އެޕްރީލު 2017
ނައިބު ރައީސް ކަމުގެ މަގާމުން އިއްޒަތު ވަހީދު ވަކިކޮށްފި
24 ފެބުރުއަރީ 2017

ލެސްޓަރ މެނޭޖަރުކަމުން ރެނީރީ ވަކިކޮށްފި

24 ފެބުރުއަރީ 2017
ލެސްޓަރ މެނޭޖަރުކަމުން ރެނީރީ ވަކިކޮށްފި
05 ފެބުރުއަރީ 2017

ލަތީފަކީ ގޭންގްސްޓާރެއް، އަޅުގަނޑު މަގާމުން ވަކިނުކުރެވޭނެ: ކާނަލް ނަޝީދު

05 ފެބުރުއަރީ 2017
ލަތީފަކީ ގޭންގްސްޓާރެއް، އަޅުގަނޑު މަގާމުން ވަކިނުކުރެވޭނެ: ކާނަލް ނަޝީދު
03 ފެބުރުއަރީ 2017

ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް

03 ފެބުރުއަރީ 2017
ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް