Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެއިން ޗައިނާއަށް ދައްކަންޖެހޭ ދަރަނި

2 އަހަރުގެ ގްރޭސް ޕީރިއަޑެއް ނުލިބިއްޖެ ނަމަ ލޯނު އަދައެއް ނުކުރެވޭނެ: ރައީސް ނަޝީދު

12 ޑިސެމްބަރު 2020 | ހޮނިހިރު 09:42

ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަކީ ރާއްޖެ އިހްތިރާމްކުރާ ގުޅެއްމެއް

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 12 ޑިސެމްބަރު 2020 | ހޮނިހިރު 09:42
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަދި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު،  ޖަންގ ލިޖޮންގ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަދި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޖަންގ ލިޖޮންގ

ރާއްޖެއިން ޗައިނާ އަށް ދައްކަންޖެހޭ ލޯނުތައް އަނބުރާ ދެއްކުމަށް އިތުރު ދެ އަހަރު ދުވަހުގެ ގްރޭސް ޕީރިއަޑެއް ބޭނުންވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ކުރެއްވި ޓްވީޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަކީ ރާއްޖެ އިހްތިރާމްކުރާ ގުޅެއްމެއް ނަމަވެސް އެންމެ ފަހު ވަގުތާއި ޖެހެންދެން ލޯނުތަކުގެ މައްސަލަ ހައްލުނުކޮށް ތިބެވެން ނެތް ކަމަށެވެ. އެހެން ކަމުން ވީހާވެސް އަވަހަށް ލޯނުތަކުގެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރުމަށް ރައީސް ނަޝީދު ގޮވާލެއްވި އެވެ.

Advertisement - newsAdvertisement

އަދި ލޯނުތައް އަނބުރާ ދެއްކުމަށް އިތުރު ދެ އަހަރު ދުވަހުގެ ގްރޭސް ޕީރިއަޑެއް ނުލިބެއްޖެ ނަމަ ދުވަހަކުވެސް ލޯނުތައް ނުދެއްކޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު މިމޭރުމުން ޓުވީޓް ކުރައްވާފައި މިވަނީ ރާއްޖެއިން ޗައިނާއަށް ދައްކަން ޖެހޭ ލޯނުތަކާއި ގުޅޭގޮތުން ޗައިނާގެ ސަފީރު އެންމެ ފަހުން ކުރައްވާފައިވާ ޓްވީޓަށް ޖަވާބުދެއްވަމުންނެވެ.

އެގޮތުން ޗައިނާގެ ސަފީރު ވަނީ ރާއްޖެ އިން ޗައިނާއަށް މިއަހަރު 1،719،535 (އެއް މިލިއަން ހަތްލައްކަ ނަވާރަހާސް ފައްސަތޭކަ ތިރީސް ފަސް) ޑޮލަރު ދައްކަން ޖެހޭނެކަމަށް ޓުވީޓްކުރައްވާފައެވެ. އަދި ހުޅުމާލޭގެ ފޭސް 2 ގައި ގާއިމްކޮށްފައިވާ 1530 ހައުސިން ޔުނިޓަށް ދައްކަން ޖެހޭ 2،375،000 (ދެމިލިއަން ތިންލައްކަ ހަތްދިހަ ފަސްހާސް) ޑޮލަރަކީ ތިން ވަނަ ގައުމެއްގެ ބޭންކަށް ދައްކަންޖެހޭ ލޯނެއް ކަމަށާއި ސީޑީބީގެ ލޯނެއް ނޫން ކަމަށްވެސް ސަފީރު ވަނީ ފާހަގަކުރައްވާފައެވެ.

ޗައިނާ އަކީ ރާއްޖެއިން އެންމެ ބޮޑު އަދަދެއްގެ ލޯން ދައްކަންޖެހޭ ގައުމަށް ވާއިރު، ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ މައުލޫމާތަކުން ދައްކާ ގޮތުން އެއީ ބޭރުގެ ގައުމުތަކަށް ދަރާފައިވާ ދަރަނީގެ 38 އިންސައްތައެވެ. ރާއްޖެއިން ޗައިނާއަށް 1.4 ބިލިއަން ޑޮލަރު ނުވަތަ 21.6 ބިލިއަން ރުފިޔާ ދައްކަންޖެހެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ

20 ޖެނުއަރީ 2017
މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް