Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނޭމާ ޕީއެސްޖީ މަޑުކުރުން

ޕީއެސްޖީ ދޫކޮށްލާކަށް ނުވިސްނަން: ނޭމާ

10 ޑިސެމްބަރު 2020 | ބުރާސްފަތި 13:55

ނޭމާ ޕީއެސްޖީގެ އެއްބަސްވުމުގައި ހުރީ 2022 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 10 ޑިސެމްބަރު 2020 | ބުރާސްފަތި 13:55
ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލުގެ ތަރި ނޭމާ

ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލުގެ ތަރި ނޭމާ

ޕީއެސްޖީ ދޫކޮށްލަން އެއްވެސް ވަރަކަށް ނުވިސްނާ ކަމަށް އެ ޓީމަށް ކުޅެމުން އަންނަ ބްރެޒިލުގެ ތަރި ނޭމާ ބުނެފިއެވެ.

ބާސާ ދޫކޮށް 2017 ވަނަ އަހަރު ނޭމާ ޕީއެސްޖީއަށް ބަދަލުވީ ދުނިޔޭގެ ރިކޯޑު އަގެއް ކަމަށްވާ 222 މިލިއަން ޔޫރޯ އަށެވެ. މީގެ ކުރިން އަނބުރާ ބާސާއަށް ބަދަލުވާން ބޭނުންވާކަން ނޭމާ ވަނީ ހާމަކޮށްފައެވެ. އެއާއެކު ބާސާއިން ވަނީ ނޭމާ އަނބުރާ ހޯދުމަށްވެސް މަސައްކަތް ކޮށްފައެވެ. އެކަމަކު ނޭމާ އަނބުރާ ގެނައުމުގެ މަސައްކަތުގައި ބާސާއިން މީގެ ކުރިން ބަލިގަބޫލުކުރީ ޕީއެސްޖީން ނޭމާ ވިއްކަން ކީ އަގު ބޮޑުވުމުންނެވެ.

ނޭމާ މި ވަގުތު ޕީއެސްޖީގެ އެއްބަސްވުމުގައި ހުރީ 2022 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އަދި ދާދި ފަހުން ސްޕެއިނުގެ މީޑިއާތަކުން ވަނީ އަލުން އަނބުރާ ބާސާއަށް ބަދަލުވާން ނޭމާ މިހާރު ބޭނުންނުވާ ކަމަށް ރިޕޯޓުކޮށްފައެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެރޭ އިސްތަންބޫލް ބަޝަކްޝެހީރް އަތުން 5-1 ން ޕީއެސްޖީ މޮޅުވި މެޗަށްފަހު ނޭމާ ބުނީ އޭނާ ޕީއެސްޖީގައި ހުރީ އުފަލުން ކަމަށާއި، ޕީއެސްޖީ ދޫކޮށްލަން އެއްވެސް ވަރަކަށް ނުވިސްނާ ކަމަށެވެ. އަދި އޭނާ އާއި ޕީއެސްޖީއާ ދެމެދު އޮތީ ވަރަށް ރަނގަޅު ގުޅުމެއް ކަމަށާއި، ބޭނުންވަނީ ޕީއެސްޖީގައި މަޑުކޮށް ގިނަ ކާމިޔާބީތަކެއް ހޯދަން ކަމަށްވެސް ނޭމާ ބުންޏެވެ.

ޕީއެސްޖީ ދޫކޮށްލަން އެއްވެސް ވަރަކަށް ނުވިސްނާ ކަމަށް ނޭމާ ބުނިއިރު، ދާދި ފަހުން އޭނާ ވަނީ އަންނަ އަހަރު ބާސެލޯނާއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ތަރި ލިއޮނެލް މެސީއާ އެއް ޓީމެއްގައި ކުޅެން ބޭނުންވާ ކަމަށް ބުނެފައެވެ. މި ސީޒަނުގެ ނިޔަލަށް ބާސާއާއެކު މެސީ އެއްބަސްވުމުގައި ހުރިއިރު، ޕީއެސްޖީން މެސީ ހޯދުމަށް މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

މެސީ އާއެކު މީގެ ކުރިން ބާސާއަށް ކުޅުނު ނޭމާ ވަނީ މިހާތަނަށް ޕީއެސްޖީއަށް ކުޅެދިން 96 މެޗުގައި ވަނީ 79 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ވަނީ ޕީއެސްޖީއާއެކު މިހާތަނަށް ފްރެންޗް ލީގު ތިން ފަހަރު ކާމިޔާބުކޮށްފައެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

4

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

10 އެޕްރީލު 2017

އެލްކްލެސިކޯގައި ނޭމާއަށް ކުޅެވޭނެ ކަމާމެދު ސުވާލު އެފެދިފައި

10 އެޕްރީލު 2017
އެލްކްލެސިކޯގައި ނޭމާއަށް ކުޅެވޭނެ ކަމާމެދު ސުވާލު އެފެދިފައި
10 އެޕްރީލު 2017

ކަވާނީ ދެލަނޑާއެކު މޮޅުވެ، ޕީއެސްޖީ މޮނާކޯއާ 3 ޕޮއިންޓް ގާތަށް ޖެހިލައިފި

10 އެޕްރީލު 2017
ކަވާނީ ދެލަނޑާއެކު މޮޅުވެ، ޕީއެސްޖީ މޮނާކޯއާ 3 ޕޮއިންޓް ގާތަށް ޖެހިލައިފި
03 އެޕްރީލު 2017

ނޭމާ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑާއެކު ބާސާއަށް މޮޅެއް

03 އެޕްރީލު 2017
ނޭމާ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑާއެކު ބާސާއަށް މޮޅެއް
30 މާރިޗު 2017

ނޭމާގެ ސޮއި ހޯދުމަކީ ވާނެ ކަމެއް ނޫން: މޮރީނިއޯ

30 މާރިޗު 2017
ނޭމާގެ ސޮއި ހޯދުމަކީ ވާނެ ކަމެއް ނޫން: މޮރީނިއޯ
14 މާރިޗު 2017

ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި

14 މާރިޗު 2017
ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި
09 މާރިޗު 2017

ޗެމްޕިއަންސް ލީގު: ޕީއެސްޖީ ލަދުގަންނުވާލުމަށްފަހު ބާސާ ކުއާޓާ އަށް

09 މާރިޗު 2017
ޗެމްޕިއަންސް ލީގު: ޕީއެސްޖީ ލަދުގަންނުވާލުމަށްފަހު ބާސާ ކުއާޓާ އަށް
18 ފެބުރުއަރީ 2017

މި ސީޒަނަށްފަހުވެސް ރިޓަޔާކުރަން ނުވިސްނަން: ވެންގާ

18 ފެބުރުއަރީ 2017
މި ސީޒަނަށްފަހުވެސް ރިޓަޔާކުރަން ނުވިސްނަން: ވެންގާ
18 ފެބުރުއަރީ 2017

މި ސީޒަނަށްފަހު ވެސް ރިޓަޔާކުރަން ނުވިސްނަން:ވެންގާ

18 ފެބުރުއަރީ 2017
މި ސީޒަނަށްފަހު ވެސް ރިޓަޔާކުރަން ނުވިސްނަން:ވެންގާ
15 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ބޮޑު ތަފާތަކުން ބާސާ ބަލިކޮށް ޕީއެސްޖީ ކުއާޓާގެ އުންމީދު ބޮޑުކޮށްފި

15 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ބޮޑު ތަފާތަކުން ބާސާ ބަލިކޮށް ޕީއެސްޖީ ކުއާޓާގެ އުންމީދު ބޮޑުކޮށްފި
08 ފެބުރުއަރީ 2017

ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް

08 ފެބުރުއަރީ 2017
ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް