Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމެރިން ރިސާރޗް އިންސްޓިޓިއުޓުގެ މަސައްކަތްތައް

މެރިން ރިސާރޗް އިންސްޓިޓިއުޓުގެ މަސައްކަތްތައް ހަލުއި ކަމާއެކު ފުޅާވެ ކުރިއަރަނީ

10 ޑިސެމްބަރު 2020 | ބުރާސްފަތި 16:32

ހަލާކުވަމުންދާ ފަރުތަށް އިއާދަކުރުމަށް ފަރުތަށް ރިހެބިލިޓޭޓް ކުރަން ފެށުނު

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 10 ޑިސެމްބަރު 2020 | ބުރާސްފަތި 16:32
ެމެރިން ރިސާރޗް އިންސްޓިޓިއުޓުން ރާއްޖޭގެ އާލާކުރި ފާނަތަކެއް

ެމެރިން ރިސާރޗް އިންސްޓިޓިއުޓުން ރާއްޖޭގެ އާލާކުރި ފާނަތަކެއް

މެރިން ރިސާރޗް ސެންޓަރގެ މެންޑޭޓް ފުޅާކޮށް، މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓުގެ ދަރަޖައަށް އެ މަރުކަޒު 2019 ވަނަ އަހަރު އުފުލުމާއި އެކު މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި، ކަނޑުތަކުގެ މާހައުލީ ނިޒާމާއި ގުޅޭގޮތުން ދިރާސާކުރަމުން އިތުރުކުރިއެރުންތަކެއް ވަނީ ލިބިގެން ގޮސްފައެވެ.

މިއާއެކު ބައިނަލްއަގްވާމީ ރިސާރޗް އިންސްޓިޓިއުޝަންތަކާއި ގުޅިގެން ގިނަގުނަ މަސައްކަތްތަކެއް ކުރެވެން ފެށިގެން ދިޔަ އިރު، ހަލާކުވަމުންދާ ފަރުތައް އިއާދަކުރުމަށްޓަކައި ފަރުތަށް ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތްވެސް ފެށިގެންދިޔައެވެ.

މެރިން ރިސާރޗް އިންސްޓިޓިއުޓުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު މިހާރު ކުރަމުންދާ މަސައްކަތްތައް ބެހިގެންދަނީ މައިގަނޑު ހަތަރު ބަޔަކަށެވެ.

އެގޮތުން ކަޅުބިލަމަހާއި ކަންނެލީގެ މަސްވެރިކަން ސަރަހައްދީ ފެންވަރެއްގައި މެނޭޖްކުރުމަށް ބޭނުންވާ ސައިންޓިފިކް މައުލޫމާތު އެއްކޮށް، މި މައުލޫމާތުގެ އަލީގައި މެނޭޖްމަންޓަށް ބޭނުންވާ ލަފާ ފޯރުކޮށްދިނުމަށް ކަނޑުމަހުގެ މަސްވެރިކަމުގެ ދިރާސާތައް ކުރިއަށްގެންދާއިރު، ރާއްޖެ ހިމެނޭގޮތަށް އިންޑިޔާ ކަނޑުގެ ކަނޑުމަސްވެރިކަން މެނޭޖް ކުރުމަށް އެކުލަވާލެވިފައިވާ "އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން" ގައި، ރާއްޖެފަދަ ކުދި ޖަޒީރާ ގައުމުތަކާއި، އައްސޭރިފަށުގެ ގައުމުތަކުގެ ފަރާތުން ވަކާލާތުކުރުމުގައި ރާއްޖެއިން އިސް ދައުރެއް އަދާކުރަމުގައި މެރިން ރިސަރޗް ސެންޓަރުން މުހިންމު ދައުރެއް އަދާކުރެއެވެ. އަދި ދިވެހި މަސްވެރިކަމަށް ކުރިމަތިވެފައިވާ އެމުގެ ދަތިކަމަށް ހައްލެއް ހޯދުމުގެ މަސައްކަތްތައް 2020 ވަނަ އަހަރުގައި ވަނީ ފަށާފައެވެ.

މީގެ އިތުރުން ފަރުތަކުން ކުރާ މަސްވެރިކަމާއި ގުޅޭ ދިރާސާތައް މެރިން ރިސަރޗް ސެންޓަރުން ކުރަމުންދާިއރު، މި ދިރާސާތަކީ ފަރުތަކުން ކުރާ ތަފާތު މަސްވެރިކަމުގެ މައުލޫމާތާއި، އެބާވަތްތައް މެނޭޖްކުރުމަށް ބޭނުންވާ ތަފާތު ބަޔޮލޮޖިކަލް މައުލޫމާތުގެ އަލީގައި ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ބޭއްވުމަށް ސައިންޓިފިކް ލަފާ ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ ދިރާސާތަކެކެވެ. މި ދިރާސާތަކުގެ ސަބަބުން މެނޭޖްމަންޓް ޕްލޭންތައް އެކުލަވާލުމަށާއި، ތަންފީޒުކުރުމަށް ބޭނުންވާ ސައިންޓިފިކް މައުލޫމާތު ފޯރުކޮށްދެވޭނެއެވެ.

މެރިން ރިސަރޗް އިންސްޓިޓިއުޓުން ކުރަމުން އަންނަ މަސައްކަތްތަކަށް ބަލާއިރު، މާހައުލީ ނިޒާމާއި ގުޅޭ ދިރާސާތަށްވެސް އެއިންސްޓިޓުއިޓުން އަންނަނީ ކުރަމުންނެވެ. އެގޮތުން މި ދިރާސާތައް މައިގަނޑުގޮތެއްގައި މޫސުމީގޮތުން އަންނަ ބަދަލުތަކާއި ގުޅިގެން ފަރުތަކަށް ކުރަމުންދާ އަސަރު ދެނެގަތުމަށް ފަރުތަށް މޮނިޓަރ ކުރުމަށް ކުރިއަށް ގެންދާއިރު، މިދިރާސާތަކުގެ އަލީގައި ހަލާކުވަމުންދާ ފަރުތައް ރިހެބިލިޓޭޓް ކުރުމަށް އެހީތެރިކަން ލިބޭނެއެވެ.

މީގެ އިތުރުން، މަސްވެރިކަމަކާއި ގުޅުމެއް ނެތްނަމަވެސް، މާހައުލީ ނިޒާމުގައި މުހިންމު ދައުރުތައް އަދާކުރަމުންދާ ބާވަތް ބާވަތާއި ގުޅޭ ދިރާސާތަކާއި، ނެތި ހިނގައިދާނޭކަމުގެ ބިރު ހީވެފައިވާ ބާވަތްތަކާއި ގުޅޭ ދިރާސާވެސް މެރިން ރިސަރޗް އިންސްޓިޓިއުޓުން ކުރަމުން އަންނަ މާހައުލީ ނިޒާމާއި ގުޅޭ ދިރާސާތަކުގެ ތެރޭގައި ހިމެނެއެވެ.

މެރިން ރިސަރޗް އިންސްޓިޓިއުޓުން އަންނަނީ ރާއްޖޭގައި ތަރައްގީކުރުމަށް މަސައްކަތް ކުރަމުންދާ މެރިކަލްޗަރ ސިނާއަތަށް ބޭނުންވާ ދިރާސާކޮށް، އެކި ބާވަތްތައް އުފެއްދުމުގެ ޓެކްނޮލޮޖީއަށް މީހުން އަހުލުވެރިކުރުވާ، އެ ދާއިރާ ފަށައިގަތުމަށް ބޭނުންވާ ފަންނީ ލަފާ ފޯރުކޮށްދެމުންނެވެ.

އެގޮތުން ދެމެހެއްޓެނިވި މެރިކަލްޗަރ ސިނާއަތެއް ތަރައްގީކުރުމަށް ކުރެވޭ އަމަލީ މަސައްކަތްތައް މެރިކަލްޗަރ ރިސާރޗް އެންޑް ޑިވެލޮޕްމަންޓު ޔުނިޓުން ކުރަމުންދާއިރު، އެކަށީގެންވާ އަދަދަށް އެކި ބާވަތްތައް އުފެއްދުމަށް ހެޗަރީ ބިނާކުރުމާއި، ހެޗަރީގެ އުފެއްދުންތައް ބޮޑުކުރާނޭ މީހުން ބިނާކުރުމުގެ އިތުރުން، އެކުއަކަލްޗަރކުރުމަށް އަމާޒުކުރާ ބާވަތްތަކަށް ޖެހޭ ބަލި ދެނެގަތުމުގެ ގާބިލުކަން އުފައްދައި، އާންމުންނަށް މި ދާއިރާއިން ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތްވެސް މެރިން ރިސަރޗް އިންސްޓިޓިއުޓުން އަންނަނީ ކުރަމުންނެވެ.

މީގެ އިތުރުން ވާލްޑް ބޭންކުގެ ހިލޭ އެހީގައި ހިންގަމުންދާ "ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓު"ގެ ދަށުން، މެރިކަލްޗަރ ތަރައްގީކުރުމަށާއި، ދެމެހެއްޓެނިވި މަސްވެރިކަމަށް ބޭނުންވާ ދިރާސާތައް ކުރުމަށް ގިނަ މަސައްކަތްތަކެއް މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓުގެ ފަރާތުން ކުރަމުން ދާއިރު، އެންމެ ފާހަގަ ކޮށްލެވޭ އެއް މަސައްކަތަކީ ރާއްޖޭގައި މެރިކަލްޗަރ ސިނާއަތެއް ތަރައްގީކުރުމަށް، ކަނޑުގެ ދިރުން ވިއްސައިގެން އުފައްދާނޭ މަލްޓި ސްޕީޝީޒް ހެޗަރީއެއް ބިނާކުރުމުގެ މަސައްކަތް ފެށުމެވެ.

މި ހެޗަރީގެ އުފެއްދުންތައް ބޮޑުކުރާނޭ ފަރާތްތައް އުފެއްދުމުގެ ގޮތުން، އދ. އަތޮޅުގައި ހިންގޭ ޕައިލެޓް ޕްރޮގްރާމެއްގެ ދަށުން، މަހިބަދޫގައި މާކެޓް ސައިޒަށް ކަސްފާނަ ބޮޑުކޮށް، އެއްބައި ވިއްކާފައިވާއިރު، ކ. މަނިޔަފުށީގައި "މެރިކަލްޗަރ ޓްރެއިނިންގ އެންޑް ޑިމޮންސްޓްރޭޝަން ފެސިލިޓީ" ގާއިމުކޮށް ނިމުމުން، މިދާއިރާއަށް ބޭނުންވާ އަމަލީ ތަޖުރިބާއާއި އެކު މަނިޔަފުށީގައި އިތުރު ހަރަކާތްތައް ހިންގުމަށް މެރިން ރިސަރޗް ސެންޓަރުން ވަނީ ނިންމާފައެވެ.

މެރިން ރިސަރޗް ސެންޓަރުން ދަނީ ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަން އާއި ގުޅިގެން، މެރިން ސްޕޭޝަލް ޕްލޭނެއް އެކުލަވާލުމަށް ބެނުންވާ ސައިންޓިފިކް މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން 2019 އަދި 2020 ވަނަ އަހަރުގެ ތެރޭގައި ރާއްޖޭގެ އުތުރާއި ދެކުނު ތަމްސީލުވާގޮތަށް، ފަރުތަކުގެ ސާރވޭއެއް ވަނީ ކޮށްފައެވެ.

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރު މެދުކެނޑުމާއި ހަމައަށް، ހއ. އަތޮޅުން ފެށިގެން ލ އަތޮޅާއި ހަމައަށް ފަރުތަކުގެ ސާރވޭ ކޮށްފައިވާއިރު، ރާއްޖޭގައި ފުރަތަމަ ފަހަރަށް، ތިލަތަކުގެ އެންމެ ފުން ހިސާބުތަކާއި ހަމައަށް ދިރާސާކުރުމަށްޓަކައި، ނެކްޓަން މިޝަން އާއި ގުޅިގެން ރާއްޖެއަށް ހާއްސަ ދިރާސާތަކެއް، ސަބްމަރސިބަލް ބޭނުންކޮށްގެން ކުރުމަށްވެސް ވަނީ ރާވާފައެވެ.

ބޭރުގެ ޔުނިވަރސިޓީތަކާއި، ރިސާރޗް ޖަމްޢިއްޔާތަކާއި ގުޅިގެން މެރިން ރިސަރޗް އިންސްޓިޓިއުޓުން ގިނަ މަސައްކަތްތަކެއް ހިންގިފައިވާއިރު، މިހާރުވެސް މިފަދަ އިތުރު މަސައްކަތްތަކެއް ކުރުމަށް އިންސްޓިޓިއުޓުން ވަނީ ރާވާފައެވެ.

އެގޮތުން ސެޓަލައިޓް ފޮޓޯތައް ބޭނުންކޮށްގެން ފަރުތައް މޮނިޓަރކޮށް ފަރުތަކަށް އަންނަ ބަދަލު ދެނެގަތުމަށް އުފައްދާފައިވާ "އެލަން ކޮރަލް އެޓްލަސް" ޓޫލް ގްރައުންޑް ޓްރުތް ކުރުމަށް އޮސްޓްރޭލިޔާގެ ކުއީންސްލޭންޑް ޔުނިވަރސިޓީއާއި ގުޅިގެން ސާރވޭތަކެއް ކުރިއަށް ގެންގޮސްފައިވާ އިރު، ރާއްޖޭގެ ފުން ފަރުތަކުގެ ސާވޭއެއް ކުރުމަށް ކެލިފޯނިއާ އެކެޑެމީ އޮފް ސައެންސް އާއި ގުޅިގެން މަސައްކަތްތަކެއް ކުރުމަށް ވަނީ ރާވާފައެވެ.

މި މަސައްކަތުގެ ސަބަބުން ރާއްޖޭގެ ކަނޑުތަކުގައި އުޅޭ ބާވަތްތައް ކެޓަލޮގް ކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެއެވެ.

ހަމައެއާއި އެކު ފަރުތައް ރިހެބިލިޓޭޓް ކުރުމުގެ ރޮނގުން އާ މަސައްކަތްތަކެއް ކުރުމަށް އޮސްޓްރޭލިއާގެ ކޮމަންވެލްތް ސައެންސް އެންޑް އިންޑަސްޓްރިއަލް ރިސާރޗް އޯގަނައިޒޭޝަނާއި މިހާރު ރާވަމުންދާއިރު، މައިކްރޯ ޕްލާސްޓިކްގެ ދިރާސާތައް ކުރުމަށް އިނގިރޭސި ވިލާތުގެ ސެންޓަރ ފޯރ އެންވަޔަރންމެންޓް، ފިޝަރީޒް އެންޑް އެކުއަކަލްޗަރ ސައެންސް އާއި ގުޅިގެން މެރިން ރިސަރޗް އިންސްޓިޓިއުޓުން ދަނީ މަސައްކަތްކުރަމުންނެވެ.

އަދި މިމަސައްކަތުގެ ދަށުން މައިކްރޯ ޕްލާސްޓިކް އެނަލައިޒް ކުރުމަށް ލެބޯޓްރީއެއް ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށް އެއިންސްޓިޓިއުޓުން ފާހަގަކުރެއެވެ.

މޯލްޑިވްސް ރިސަރޗް ސެންޓަރުން ދަނީ ސައުތް އޭޝިއާ ނައިޓްރޮޖަން ހަބް އާއި ގުޅިގެން، ކަނޑުތަކަށް ނައިޓްރޮޖަން މާއްދާތައް ފާއްދާ މިންވަރު ދެނެގަތުމާއި، މިމާއްދާތަކުގެ ސަބަބުން ފަރުތަކަށް ކުރާ އަސަރު ދެނެގަތުމުގެ މަސައްކަތް މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީއާއި ގުޅިގެން ހިންގުމަށް ރާވަމުންނެވެ.

މީގެއިތުރުން ކަނޑުތަކުގެ މާހައުލުން އެއްކުރެވޭ ޑީއެންއޭގެ އަލީގައި، އެސަރަހައްދެއްގައި އުޅޭ ބާވަތް ބާވަތުގެ ދިރުން ދެނެގަތުމަށްޓަކައި ދިރާސާއެއް ކުރުމަށް ޔުނިވަރސިޓީ އޮފް ކޯޕަންހޭގަންއާއި، ޑާރބީ ޔުނިވާރސިޓީއާއި ގުޅިގެން ދަނީ ރާވަމުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

22 ޖޫން 2023

މަޖިލީސް ޗުއްޓީއަށް، ނުނިމޭ މަސައްކަތްތައް ފުނިޖެހިފައި!

22 ޖޫން 2023
މަޖިލީސް ޗުއްޓީއަށް، ނުނިމޭ މަސައްކަތްތައް ފުނިޖެހިފައި!
14 ނޮވެމްބަރު 2022

މެރިން ކޯރ އިން ދިން ޝުކުރުގެ ފިލާ މިނިސްޓަރަށް އެތައް ގޮތަކުން ޚާއްސަ

14 ނޮވެމްބަރު 2022
މެރިން ކޯރ އިން ދިން ޝުކުރުގެ ފިލާ މިނިސްޓަރަށް އެތައް ގޮތަކުން ޚާއްސަ
15 ސެޕްޓެމްބަރު 2022

ސިނާއީ މަސައްކަތްތައް ހުއްޓާލާ ވިލާތުން ފިޔަވަޅުތަކެއް ފަހަތަށް

15 ސެޕްޓެމްބަރު 2022
ސިނާއީ މަސައްކަތްތައް ހުއްޓާލާ ވިލާތުން ފިޔަވަޅުތަކެއް ފަހަތަށް
13 ޖެނުއަރީ 2021

ޓްރަމްޕް ވެރިކަމުން ދެ ވަނަ ފަހަރަށް އަޒުލުކުރުމަށް ކުރަމުންދާ މަސައްކަތްތައް: މިފަހަރު ތަފާތަކީ ކޮބާ؟

13 ޖެނުއަރީ 2021
ޓްރަމްޕް ވެރިކަމުން ދެ ވަނަ ފަހަރަށް އަޒުލުކުރުމަށް ކުރަމުންދާ މަސައްކަތްތައް: މިފަހަރު ތަފާތަކީ ކޮބާ؟
30 ޑިސެމްބަރު 2019

2019: މަޖިލީހުގެ މަސައްކަތްތައް މެކުހުގައި!

30 ޑިސެމްބަރު 2019
2019: މަޖިލީހުގެ މަސައްކަތްތައް މެކުހުގައި!
16 ނޮވެމްބަރު 2019

ސަރުކާރަށް އެއް އަހަރު: އިކޮނޮމިކް މިނިސްޓްރީގެ މަސައްކަތްތައް މެކުހުގައި!

16 ނޮވެމްބަރު 2019
ސަރުކާރަށް އެއް އަހަރު: އިކޮނޮމިކް މިނިސްޓްރީގެ މަސައްކަތްތައް މެކުހުގައި!
16 އެޕްރީލު 2019

މަސައްކަތް ނެތް ކަމަށް ބުނި – އެކަމަކު މަސައްކަތްތައް ފުނިޖެހިފައި

16 އެޕްރީލު 2019
މަސައްކަތް ނެތް ކަމަށް ބުނި – އެކަމަކު މަސައްކަތްތައް ފުނިޖެހިފައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް