Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގައިދީންގެ ތަމްރީނު ޕްރޮގްރާމް

ޖަލަކީ ދިވެހި ޒުވާނުން އުމުރު ހޭދަކުރަންޖެހޭ ތަނެއް ނޫން: މިނިސްޓަރު އިމްރާން

9 ޑިސެމްބަރު 2020 | ބުދަ 13:54

ފޭސް 3 ގެއެކި ކޯސްތަކުން ޖުމްލަ 131 ޤައިދީން ކޯސް ފުރިހަމަކޮށްފައިވޭ

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 9 ޑިސެމްބަރު 2020 | ބުދަ 13:54
ރިހެބިލިޓޭޝަން ފްރޭމްވަރކްގެ ގައިދީންނަށް ސެޓްފިކެޓް ހަވާލުކުރުމުގެ ތެރެއިން

ރިހެބިލިޓޭޝަން ފްރޭމްވަރކްގެ ގައިދީންނަށް ސެޓްފިކެޓް ހަވާލުކުރުމުގެ ތެރެއިން

ޖަލަކީ ދިވެހި ޒުވާނުން އުމުރު ހޭދަކުރަންޖެހޭ ތަނެއް ނޫން ކަމަށާއި އެ ޒުވާނުންނަށް ޒިންމާދާރު ދިރިއުޅުމެއް ބިނާކުރުމަށް އެހީވުމަކީ ސަރުކާރުން ވަރަށް އިސްކަމެއް ދެއްވާ ކަމެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން، މާފުށީ ޖަލުގައި ތިބި ގައިދީންނަށް އަމާޒުކޮށްގެން ބޭއްވި ރިހެބިލިޓޭޝަން ފްރޭމްވަރކްގެ ފޭސް 3 ގެ ކޯސްތައް ފުރިހަމަކުރި ގައިދީންނަށް ސެޓްފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތަށްފަހު ކުރެއްވި ޓްވީޓުގައެވެ.

Advertisement - newsAdvertisement

މިނިސްޓަރު ވިދާޅުވީ އެކި ސަބަބުތަކާހުރެ ގޯސް މަގު ހިޔާރުކުރެވޭ މީހުންނަށް، ވަކިން ޚާއްސަކޮށް ޒުވާނުން، އަލުން އަނބުރާ ކުށުގެ ވެއްޓަށް ނުގޮސް ޒިންމާދާރު ދިރިއުޅުމެއް ބިނާކުރުމަށް އެހީވުމަކީ ސަރުކާރުން އިސްކަންދެއްވާ ކަމެއް ކަމަށެވެ. އެގޮތުން ގައިދީންނަށް ހަމަހަމަ ފުރުސަތު ހޯދައިދީ އަލުން އަނބުރާ މުޖުތަމައުއަށް ނެރުމަށްޓަކައި ހިންގޭ މިފަދަ ކޯސްތަކަކީ ވަރަށް މުހިންމު އަދި އެހާމެ ބޭނުންތެރި ކޯސްތަކެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިމްރާން ވަނީ ގައިދީންނަށް އަމާޒުކޮށްގެން ބޭއްވި ރިހެބިލިޓޭޝަން ފްރޭމްވަރކްގެ ފޭސް 3 ގެ ކޯސްތައް ފުރިހަމަކުރި ގައިދީންނަށް މަރުހަބާ ދަންނަވާފަ އެވެ.

އެމްސީއެސް އިން އިންތިޒާމުކޮށްގެން ބޭއްވި ރިހެބިލިޓޭޝަން ފްރޭމްވަރކްގެ ފޭސް 3 ގެ އެކި ކޯސްތަކުން ޖުމްލަ 131 ޤައިދީން ކޯސް ފުރިހަމަކޮށްފައިވާ ވާއިރު، މި ރަސްމިއްޔާތުގައި ސެޓްފިކެޓް ހަވާލުކުރެވިފައިވަނީ މި ވަގުތު ޖަލުގައި ތިބި 50 ޤައިދީންނަށެވެ. މީގެ އިތުރުން ހަޔަރ ޑިސްޓިންކްޝަން ހާޞިލްކުރި 18 އަންހެން ޤައިދީންނަށާއި 20 ފިރިހެން ޤައިދީންނަށް ވަނީ މެޑަލް ހަވާލުކޮށްފަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އޭއެސްޕީ ރިޟާ ވިދާޅުވީ ސެޓްފިކެޓް ހަވާލުކުރެވުނު މި ކޯސްތަކަކީ 2016 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި ޤައިދީންނަށް ހިންގޭ އެންމެ ކާމިޔާބު ޕްރޮގްރާމްތަށް ކަމަށެވެ. އަދި މި ރަސްމިއްޔާތުގައި ބައިވެރިވި ޤައިދީންނަށް ނަސޭހަތްތެރިވަމުން ވިދާޅުވީ މިކަމަކީ މުޖުތަމައުގައި އެމީހުންނާއިމެދު ޖެހިފައިވާ ލައްގަނޑާއި އެމީހުންނާއި ދޭތެރޭ ދެކޭގޮތް ބަދަލުކުރުމަށް ލިބޭ ވަރަށް ބޮޑު ފުރުސަތެއްކަމަށެވެ.

ރަސްމިއްޔާތު ނިމުމަށް ފަހު، މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮނަރަބަލް އިމްރާން ޢަބްދުﷲ، އެ މިނިސްޓްރީގެ މިނިސްޓަރ އޮފް ސްޓޭޓް އަލްފާޟިލް މުޙައްމަދު މާހިރު އީސާ އާއި ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު، ސެޓްފިކެޓް ހާސިލްކުރި ޤައިދީންނާ ވަނީ ބައްދަލުކުރައްވާފައެވެ.

ދަސްވެނިވި ޤައިދީންނަށް މަރުހަބާ ދަންނަވަމުން މިނިސްޓަރ ވިދާޅުވީ ޤައިދީން ރިހެބިލިޓޭޓްކުރުމަކީ ސަރުކާރުން އިސްކަންދޭ ކަމެއްކަމަށެވެ. އަދި ޖަލުން ނިކުތުމަށް ފަހު، ލިބުނު ތައުލީމާއި ތަމްރީން އެންމެ އެދެވޭ ގޮތުގައި ބޭނުން ހިފުމަށް މިނިސްޓަރ ބާރުއެޅުއްވިއެވެ.

ރިހެބިލިޓޭޝަން ފްރޭމްވަރކްގެ މަގްސަދަކީ ގައިދީން އިސްލާހުކޮށް، އެމީހުންނަށް ތައުލީމާއި ހުނަރު އުނގަންނައިދީ، މުޖްތަމައުއަށް ނުކުންނައިރު އެމީހުންނަކީ މުޖްތަމައު ބަލައިގަންނަ ފަދަ ހިދުމަތްތެރި، މަސައްކަތްތެރި މީހުންނަށް ހެދުމެވެ. މި ފްރޭމްވަރކްގައި 4 ފޭސްއެއް އެކުލެވިގެންވެއެވެ. އެއީ ގައިދީންގެ ކިބާގައި “ޑިސިޕްލިން” ބިނާކުރުމާ އެމީހުންނަށް “ސައިކޮލޮޖީ ޕްރޮގްރާމްތައް” ހިންގުމާ “އެޑިއުކޭޝަން އަދި ވޮކޭޝަނަލް ދަސްކޮށްދިނުމުގެ އިތުރުން “ޕްރިޒަން ކޮމިއުނިޓީ ސަރވިސް” އެވެ.

މާފުށީ ޖަލުން ރިހެބިލިޓޭޝަން ފްރޭމްވަރކް ރާވާ ހިންގާއިރު، މި ކޯހުގައި ކިޔަވައިދެއްވަނީ އެމްސީއެސް ގެ އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ގެ މުދައްރިބުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން

27 ޖެނުއަރީ 2017
މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް