Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދިވެހިރާއްޖެއާއި ޗައިނާގެ ގުޅުން

ރާއްޖެއާއި ޗައިނާއާ ދެމެދު މަތީފަންތީގެ މަޝްވަރާތަކެއް ބާއްވަނީ

9 ޑިސެމްބަރު 2020 | ބުދަ 08:19

ތަރައްޤީގެ ބައިވެރިންނާއެކު ދިވެހި ސަރުކާރުން ދަނީ ގިނަ މަޝްވަރާތައް ބާއްވަމުން

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 9 ޑިސެމްބަރު 2020 | ބުދަ 08:19
ޗައިނާ ސަރުކާރުން ކޮވިޑް ހާލަތުގައި ރާއްޖެއަށް އެހީތެރިކަން ފޯރިކޮށްދިނުން

ޗައިނާ ސަރުކާރުން ކޮވިޑް ހާލަތުގައި ރާއްޖެއަށް އެހީތެރިކަން ފޯރިކޮށްދިނުން

ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު ބާއްވާ ޑިރެކްޓަރ-ޖެނެރަލް ލެވެލްގެ މަޝްވަރާތައް 10 ޑިސެމްބަރުގައި ބޭއްވުމަށް ފޮރިން މިނިސްޓްރީން ނިންމައިފިއެވެ.

މިކަމާއި ގުޅޭ މައުލޫމާތު ހިއްސާކޮށް ފޮރިން މިނިސްޓްރީން ބުނީ، ރާއްޖޭގެ ފަރާތުން މި މަޝްވަރާތަކުގައި އިސްކޮށް ބައިވެރިވެވަޑައިގަންނަވާނީ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ އެޑިޝަނަލް ސެކްރެޓަރީ އަމީން ޖާވިދް ފައިސަލްކަމަށެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން މި މަޝްވަރާތަކުގައި އިސްކޮށް ބައިވެރިވެވަޑައިގަންނަވާނީ ޗައިނާގެ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް (އޭޝިއަން އެފެއަރޒް ޑިޕާޓްމަންޓް) ޗެންގް ސޮންގް ކަމަށެވެ.

Advertisement - newsAdvertisement

މި ބައްދަލުވުމުގައި، ދެ ޤައުމުގެ މެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ، ކޮވިޑް-19 އާ ގުޅުން ހުރި ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން ކޮވިޑުގެ ސަބަބުން ލިބިފައިވާ އިޤްތިޞާދީ ގެއްލުންތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކާއި، ފަތުރުވެރިކަން ކުރިއެރުވުން އަދި ބައިނަލްއަޤްވާމީ ދަތުރުފަތުރާ ބެހޭ ގޮތުން މަޝްވަރާކުރެވޭނެއެވެ. އަދި ދެ ޤައުމު ގުޅިގެން މަލްޓިލޭޓަރަލް ފޯރަމްތަކުގައި އެކުގައި މަސައްކަތްކުރެވޭނެ ދާއިރާތަކާ ބެހޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވޭނެކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ކޮވިޑް-19 އިން އަރައިގަތުމަށް މަސައްކަތް ކުރެވޭ މި ދަނޑިވަޅުގައި ތަރައްޤީގެ ބައިވެރިންނާއެކު ދިވެހި ސަރުކާރުން ކުރިއަށް ގެންދާ މަޝްވަރާތައް ހުއްޓުމެއް ނެތި ކުރިއަށްދާއިރު، ޤައުމުގެ އިޤްތިޞާދު އަލުން އަނބުރާ ކޮޅަށް ޖެހުމަށް ކުރެވޭ މަސައްކަތުގައި މިމަޝްވަރާތައް އިސް ދައުރެއް އަދާކުރާކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ރާއްޖޭގެ ފަތުރުވެރިކަން އަލުން އިޔާދަކުރުމަށް މަސައްކަތްކުރާއިރު، ޗައިނާއަކީ ކޮވިޑް-19 ގެ ޙާލަތުގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ. ޗައިނާއަކީ ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް އެންމެ ފުރަތަމަ އެހީ ފޯރުކޮށްދިން އެއް ޤައުމެވެ.

އެގޮތުން އެކި ދާއިރާތަކުން ޗައިނާއިން ދަނީ އަބަދުވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ދިވެހިރާއްޖެއާ ޗައިނާއާ ދެމެދު ހުއްޓުމެއް ނެތި މަޝްވަރާތައް ކުރިއަށްދާއިރު، ޑިރެކްޓަރ-ޖެނެރަލް ލެވެލްގައި މިދިޔަ ޖުލައި މަހުވެސް މަޝްވަރާތައް ބާއްވާފައިވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

20 ޖުލައި 2017

އައިޖީއެމްއެޗާއި އައިލެންޑް އޭވިއޭޝަނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

20 ޖުލައި 2017
އައިޖީއެމްއެޗާއި އައިލެންޑް އޭވިއޭޝަނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި
06 ޖުލައި 2017

މަތީފަންތީގެ ހައުސިން ޔުނިޓްތައް ގާއިމް ނުކުރެވެނީ ރަގަޅު ފައިނޭޝިއަލް ފްލޭނެއް އޮވެގެން: ސައިމަން

06 ޖުލައި 2017
މަތީފަންތީގެ ހައުސިން ޔުނިޓްތައް ގާއިމް ނުކުރެވެނީ ރަގަޅު ފައިނޭޝިއަލް ފްލޭނެއް އޮވެގެން: ސައިމަން
27 ޖޫން 2017

މިނިސްޓަރ ޝައިނީ އާއި ބޮޑު ކަންނެލި އެކްސްޕޯޓް ކުރާ ފަރާތްތަކާ ދެމެދު "ޖާއިޒް ނޫން" ގުޅުން އޮންނަ ކަމަށް ޕީޕީއެމްގެ އެމްޕީއަކު ތުހުމަތު ކުރައްވައިފި

27 ޖޫން 2017
މިނިސްޓަރ ޝައިނީ އާއި ބޮޑު ކަންނެލި އެކްސްޕޯޓް ކުރާ ފަރާތްތަކާ ދެމެދު "ޖާއިޒް ނޫން" ގުޅުން އޮންނަ ކަމަށް ޕީޕީއެމްގެ އެމްޕީއަކު ތުހުމަތު ކުރައްވައިފި
13 ޖޫން 2017

ރާއްޖެއާއި ޔޫއޭއީއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް މަޖިލީހުން ރުހުން ދީފި

13 ޖޫން 2017
ރާއްޖެއާއި ޔޫއޭއީއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް މަޖިލީހުން ރުހުން ދީފި
05 ޖޫން 2017

ގަތަރާއި ދެމެދު ގުޅުން ކަނޑާލުމަކީ ރައްޔިތުންނަށް ގެއްލުން ފޯރުވާނެ ކަމެއް: އަދާލަތު ޕާޓީ

05 ޖޫން 2017
ގަތަރާއި ދެމެދު ގުޅުން ކަނޑާލުމަކީ ރައްޔިތުންނަށް ގެއްލުން ފޯރުވާނެ ކަމެއް: އަދާލަތު ޕާޓީ
05 ޖޫން 2017

ރާއްޖެ އާއި ޔޫއޭއީއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މައްސަލަ ކޮމެޓީއަށް!

05 ޖޫން 2017
ރާއްޖެ އާއި ޔޫއޭއީއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މައްސަލަ ކޮމެޓީއަށް!
03 ޖޫން 2017

ޖަރީމާ ހިންގާ މީހުން ރާއްޖެ އާއި ލަންކާއާ ދެމެދު ދަތުރުކުރުން ހުއްޓުވަންޖެހޭ: ސިރިސެނާ

03 ޖޫން 2017
ޖަރީމާ ހިންގާ މީހުން ރާއްޖެ އާއި ލަންކާއާ ދެމެދު ދަތުރުކުރުން ހުއްޓުވަންޖެހޭ: ސިރިސެނާ
24 މެއި 2017

ހައްޖު ކޯޕަރޭޝަނާއި އައިޖީއެމްއެޗާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

24 މެއި 2017
ހައްޖު ކޯޕަރޭޝަނާއި އައިޖީއެމްއެޗާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި
30 މާރިޗު 2017

ސީއެސްސީ އާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި

30 މާރިޗު 2017
ސީއެސްސީ އާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި
19 ފެބުރުއަރީ 2017

ދިވެހި ފޮރިން މިނިސްޓްރީ އާއި ޗައިނާގެ ފޮރިން މިނިސްޓްރީއާ ދެމެދު މަޝްވަރާ ބައްދަލުވުން ބާއްވައިފި

19 ފެބުރުއަރީ 2017
ދިވެހި ފޮރިން މިނިސްޓްރީ އާއި ޗައިނާގެ ފޮރިން މިނިސްޓްރީއާ ދެމެދު މަޝްވަރާ ބައްދަލުވުން ބާއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް