Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުނޫޒު ޖަލްސާ

ޑިމޮކްރަސީ އޮތީ ޅަފަތުގައެއް ނޫން، އޮތީ ފުރިހަމަ ނުވެ: އަބްދުﷲ ކަމާލުންދީން

އިސްލާހީ މަސައްކަތަކީ ގާނޫނު އަސާސީއެއް ފާސްކުރުމެއް ނޫން

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 26 އެޕްރީލު 2017 | ބުދަ 04:30
ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރ އަބްދުﷲ ކަމާލުންދީން

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރ އަބްދުﷲ ކަމާލުންދީން

ދިވެހި ރާއްޖޭގެ ޑިމޮކްރަސީ ފުރިހަމަ ކުރުމަށް މަގުޗާޓެއް ހަދައިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރ އަބްދުﷲ ކަމާލުންދީން ވިދާޅުވެއްޖެއެވެ.

އިދިކޮޅު ސިޔާސީ ޕާޓީތަކުން ކުނޫޒުގައި އަންގާރަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ކުރިން މިނިސްޓަރުކަން ވެސް ކުރެއްވި އަބްދުﷲ ކަމާލުންދީން ވިދާޅުވީ 2004 ވަނަ އަހަރު ފެށި އިސްލާހީ މަސައްކަތަކީ ހަމަ އެކަނި ގާނޫނު އަސާސީ ވުޖޫދަށް ގެނެއުމަށް ނޫން ކަމަށެވެ. ގާނޫނު އަސާސީ ވުޖޫދަށް ގެނެއުމަށް ފަހު، އިސްލާހީ މަސައްކަތުގެ ކަންކަން ކުރިއަށް ގެންދިއުމަށް "މަގުޗާޓެއް" އެކުލަވާލި ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑަށް ވަރަށް އުނދަގޫ މިއީ ޅަފަތުގެ ޑިމޮކްރަސީ އެކޭ ބުނީމަ އެވާހަކަ ގަބޫލުކުރަން، އެހެންމެ ފަހުން އަޅުގަނޑުމެންނަން އިސްލާހީ މަސައްކަތެއް ކުރެވުމުން އައީ 2004 ވަނަ އަހަރުން ފެށިގެން ކުރެވުމުން އައި އިސްލާހީ މަސައްކަތް، އެ އިސްލާހީ މަސައްކަތުގެ ހަމައެކަނި މާއްދާއަކީ ގާނޫނު އަސާސީއެއް ފާސްކުރުމެއް ނޫން، އޭރު ތިއްބެވި ބޭފުޅުން ރަނގަޅަށް ހަދުމަފުޅު ބަހައްޓަވާއިފިއްޔާ އިނގިވަޑައިގަންނަވާނެ، އެ ގާނޫނު އަސާސީ ފާސް ކުރުމުގެ އިތުރުން ލިޔެވުނު މަގުޗާޓެއް ވެސް" ކަމާލުންދީން ވިދާޅުވިއެވެ.

އެހެންނަމަވެސް އޭރު އެކުލަވާލި މަގުޗާޓާ އެއްގޮތަށް މަސައްކަތް ކުރެވިފައި ނުވާތީ ޑިކޮމްރަސީ އޮތީ ޅަފަތުގައި ކަމަށް ބުނެވެން ނެތް ކަމަށް ކަމާލުއްދީން ވިދާޅުވި އެވެ. މިއަދުގެ ހަލާތަށް ވިސްނާލުމުން އިނގިގެންދާ ހަގީގަތަކީ ގާނޫނު އަސާސީ ވުޖޫދަށް ގެނެއުމަށް ފަހު ، ގައުމު ހަމަ މަގަށް އެޅުވުމަށްޓަކައި އިސްލާހީ މަސައްކަތްތަކެއް ކުރަންޖެހިފައިވާކަން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

" އޭރު އޮންނާނެ ލިޔެވިފައި އޮތް މަގުޗާޓެއް، އަޅުގަނޑަށް ހީވަނީ، އެ މަގު ޗާޓު ވަކި ހިސާބަކުން ކޮންމެސް ހަރުގަނޑެއްގެ މައްޗަށް ދޫކޮށްލާފައި އަޅާނުލައި ދޫއްކޮށްލެވުނު، ފަހަރުގައި އެ މަގު ޗާޓަކީ ރަނގަޅު ނޫން އެއްޗަކަށް ވެދާނެ، އެއީ ދުވަހަކީ ބަދަލުވަމުން އަންނަ އެއްޗެއް، ޒަމާނަކީ ބަދަލުވަމުން އަންނަ އެއްޗެއް، އެހެންވީމަ އަބަދުވެސް އިސްލާހަކީ ގެންނަން ޖެހޭ އެއްޗެއް" އަބްދުﷲ ކަމާލުންދީން ވިދާޅުވިއެވެ.

އެހެންކަމުން ރާއްޖޭގެ ޑިމޮކްރަސީ އޮތީ ފުރިހަމަ ނުވެކަމަށް ބުނުމުގެ ޖާގަ އެބަ އޮތް ކަމަށް ކަމާލުންދީން ވިދާޅުވިއެވެ. މިއަދުގެ ހާލަތު 2004 ވަނަ އަހަރާ ތަފާތު ކަމަށާއި ގައުމު ހަމަމަގަށް އެޅުވުމަށް މަސައްކަތް ކުރަންޖެހިފައި ވަނީ އޭރު އެކުލަވާލި މަގު ޗާޓާއި އެއްގޮތަށް ނޫން ކަމަށް ކަމާލުންދީން ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

24 ޖެނުއަރީ 2017
މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް
24 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
23 ޖެނުއަރީ 2017

ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

23 ޖެނުއަރީ 2017
ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ
21 ޖެނުއަރީ 2017

މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

21 ޖެނުއަރީ 2017
މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު