Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއައު ސީޒަނަށް މާޒިޔާގެ ތައްޔާރީތައް

ވެލެންސިއާގައި އޮތީ ޗެލެންޖް ކުރެވޭ ފެންވަރުގެ ސްކޮޑެއް: އާތީ

8 ޑިސެމްބަރު 2020 | އަންގާރަ 10:38

އައު ސީޒަނަށް ވެލެންސިއާއިން ވަނީ ދަގަނޑޭ، ސެންޓޭ އަދި އަކޫގެ ސޮއި ހޯދާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 8 ޑިސެމްބަރު 2020 | އަންގާރަ 10:38
ކުލަބު ވެލެންސިއާގެ ކޯޗު މުޙައްމަދު އާތިފް (އާތީ)

ކުލަބު ވެލެންސިއާގެ ކޯޗު މުޙައްމަދު އާތިފް (އާތީ)

ކުލަބު ވެލެންސިއާގައި އޮތީ ފުރަތަމަ ޑިވިޝަނުގެ ޓީމުތަކާ ޗެލެންޖް ކުރެވޭނެ ފެންވަރުގެ ސްކޮޑެއް ކަމަށް އެ ޓީމުގެ ކޯޗު މުޙައްމަދު އާތިފް (އާތީ) ބުނެފިއެވެ.

އެއް އަހަރުގެ މެދުކެނޑުމަކަށްފަހު ވެލެންސިއާ ފުރަތަމަ ޑިވިޝަނަށް ކޮލިފައިވެފައިވާއިރު، އެ ކުލަބު އަލުން ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދީ މިދިޔަ ސީޒަނުގެ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިގެންނެވެ.

އައު ސީޒަނަށް ސްކޮޑު ވަރުގަދަ ކުރުމަށް ވެލެންސިއާއިން ވަނީ ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއް އެ ޓީމަށް ގެނެސްފައެވެ. އޭގެ ތެރޭގައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އާއި، ފޯވާޑް އަލީ ފާސިރު (ސެންޓޭ) އަދި ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ޣަނީ (އަކޫ) ހިމެނެއެވެ. މީގެ އިތުރުން އެ ޓީމުން ވަނީ ޒުވާން މިޑްފީލްޑަރު އިސްމާއިލް ޒާން އާމިރާއި ހުނަރުވެރި މިޑްފީލްޑަރު އަޙްމަދު އިމާޒް (އާއްކޮ) ގެ ސޮއިވެސް ހޯދާފައެވެ.

ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އާތީ ބުނީ ލީގުގެ ފުރަތަމަ މެޗު އަންނަން ހަފުތާއަކަށް ވިއިރު، އެ ޓީމުގައި އޮތީ ފުރަތަމަ ޑިވިޝަނުގެ ޓީމުތަކާ ޗެލެންޖް ކުރެވޭނެ ފެންވަރުގެ ސްކޮޑެއް ކަމަށެވެ. އެކަމަކު ސްކޮޑެއް އޮތުމަކުން ނިމުނީ ނޫން ކަމަށާއި، ކުޅުންތެރިންގެ ކޮމްބިނޭޝަނާއި ކުޅުންތެރިންގެ ފިޓްނަސް ރަނގަޅުވުންވެސް ބޭނުންވާ ކަމަށްވެސް ބުންޏެވެ. އެހެންކަމުން ފުރަތަމަ މެޗު ނޫނީ ދެވަނަ މެޗުގައި ބޭނުންވާ ހިސާބަށް ދެވޭނެކަން ބުން ނޭނގޭ ކަމަށާއި، އެކަމަކު މިހާރު އޮތް ޓީމަކީ ލީގު ނިމޭއިރު ރަނގަޅު ހިސާބަކަށް ދެވޭނެ ޓީމެއްކަން ބުނަން ޔަގީން ކަމަށްވެސް އާތީ ބުންޏެވެ.

ނޫސްވެރިންގެ މި ބައްދަލުވުމުގައި ވެލެންސިއާގެ ކެޕްޓަން އަކޫ ބުނީ ފަރިތަކުރުންތައް ފުރަތަަމަ ފެށިއިރު އޮތް ޓީމާއި މިހާރު އޮތް ސްކޮޑް ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށާއި، އެކަމަކު މި ސީޒަނަށް އެއްކޮށް ބަލާނަމަ ވެލެންސިއާއަށް ރަނގަޅު ނަތީޖާތަކެއް ނެރެވޭނެ ކަމަށެވެ. އަދި ކުޅުންތެރިންނާއި، ކޯޗުން އަދި މެނޭޖުމަންޓުގެ މަސައްކަތުން ވެލެންސިއާ ކުރީގައިވެސް އޮތް ގޮތަށް ކާމިޔާބު ޓީމަކަށް ހަދައި، ކުރީގައި އޮތް ހިސާބަށް ގެންދިއުމަށް ބޭނުންވާ ކަމަށްވެސް އަކޫ ބުންޏެވެ.

ފުރަތަމަ ޑިވިޝަނުގައި ގިނަ ކާމިޔާބުތަކެއް ހޯދާފައިވާ ވެލެންސިއާ މީގެ ކުރިން ވަނީ 1979 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކޮށްފައެވެ. މި މަހުގެ 13 ވަނަ ދުވަހު ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފަށާއިރު، އައު ސީޒަނުގައި ވެލެންސިއާއިން ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 14 ވަނަ ދުވަހުގެރޭ ބައްދަލުކުރާނީ ކުލަބު ގްރީން ސްޓްރީޓްސްއާއެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

4

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

16 މާރިޗު 2017

ސަރަހައްދީ ފެންވަރުގެ ފުޓްބޯލް ޓްރެއިނިންގ ސްކޫލެއް ގާއިމު ކުރާނަން: ރައީސް ޔާމިން

16 މާރިޗު 2017
ސަރަހައްދީ ފެންވަރުގެ ފުޓްބޯލް ޓްރެއިނިންގ ސްކޫލެއް ގާއިމު ކުރާނަން: ރައީސް ޔާމިން
12 މާރިޗު 2017

މުނިއުފާ ބިން ތަރައްގީ ކުރެވޭނީ ކުޅިވަރު ކުރިއެރުވުމަށާއި ފައިސާ ހޯދުމަށް: ރައްޒާގު

12 މާރިޗު 2017
މުނިއުފާ ބިން ތަރައްގީ ކުރެވޭނީ ކުޅިވަރު ކުރިއެރުވުމަށާއި ފައިސާ ހޯދުމަށް: ރައްޒާގު
11 މާރިޗު 2017

ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރަށް، ޓާގެޓަކީ ތިން ޕޮއިންޓް: މާޒިޔާ ކޯޗު

11 މާރިޗު 2017
ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރަށް، ޓާގެޓަކީ ތިން ޕޮއިންޓް: މާޒިޔާ ކޯޗު
02 މާރިޗު 2017

ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން

02 މާރިޗު 2017
ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން
26 ފެބުރުއަރީ 2017

ލީގް ހޯދިދާނެކަމަށް އަދިވެސް ގަބޫލް ނުކުރެވޭ، 29 ޕޮއިންޓް އަދި ބޭނުން: ކޮންޓޭ

26 ފެބުރުއަރީ 2017
ލީގް ހޯދިދާނެކަމަށް އަދިވެސް ގަބޫލް ނުކުރެވޭ، 29 ޕޮއިންޓް އަދި ބޭނުން: ކޮންޓޭ
19 ފެބުރުއަރީ 2017

ޓީމު އޮތީ އިތުބާރާއެކު، ކިރިގިސްތާން ކްލަބްވެސް ބަލިކުރެވޭނެ: ނިޒާމްބެ

19 ފެބުރުއަރީ 2017
ޓީމު އޮތީ އިތުބާރާއެކު، ކިރިގިސްތާން ކްލަބްވެސް ބަލިކުރެވޭނެ: ނިޒާމްބެ
05 ފެބުރުއަރީ 2017

ލަތީފަކީ ގޭންގްސްޓާރެއް، އަޅުގަނޑު މަގާމުން ވަކިނުކުރެވޭނެ: ކާނަލް ނަޝީދު

05 ފެބުރުއަރީ 2017
ލަތީފަކީ ގޭންގްސްޓާރެއް، އަޅުގަނޑު މަގާމުން ވަކިނުކުރެވޭނެ: ކާނަލް ނަޝީދު
04 ފެބުރުއަރީ 2017

ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް

04 ފެބުރުއަރީ 2017
ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް
31 ޖެނުއަރީ 2017

ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް

31 ޖެނުއަރީ 2017
ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް
04 ޖެނުއަރީ 2017

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް