Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިޔާގައި ގޮތް ނޭންގޭ ބައްޔެއް ފެތުރުން

އިންޑިޔާގައި 300 އަށް ވުރެ ގިނަ މީހުން ގޮތް ނޭނގޭ ބައްޔެއްގެ ޝިކާރަ އަކަށްވެއްޖެ

އެލުރު ސިޓީގައި މި ފާއިތުވި ހަފްތާ ބަންދުގައި 180 އަށް ވުރެ ގިނަ މީހުން އެޑްމިޓް ކޮށްފައިވޭ

ފާތުމަތު ނަހުލާ
ފާތުމަތު ނަހުލާ | 7 ޑިސެމްބަރު 2020 | ހޯމަ 20:37
އެލުރު ސިޓީގައި ގޮތް ނޭންގޭ ބައްޔެއް ފެތުރެނީ

އެލުރު ސިޓީގައި ގޮތް ނޭންގޭ ބައްޔެއް ފެތުރެނީ

އިންޑިޔާގައި 300 އަށް ވުރެ ގިނަ މީހުން ގޮތް ނޭނގޭ ބައްޔެއްގެ ޝިކާރައަކަށްވެ، އެކަކު މި ބަލީގައި މަރުވެއްޖެއެވެ.

ސީއެންއެން އިން ބުނާ ގޮތުގައި މި ބަލި ފެތުރެން ފަށާފައި ވަނީ އިންޑިޔާގެ އަންދަރަ ޕްރަދޭޝްގެ އެލުރު ސިޓީގައެވެ. މި ބަލި ޖެހެން މެދުވެރިވާ ސަބަބެއް އަދި ދެނެގަނެވިފައި ނުވާއިރު، މިބަލީގައި ފެންނަ ބައެއް އަލާމަތް ތަކުގެ ތެރޭގައި ފިޓް ޖެހުން، ހޭނެތުމާއި ހޮޑުލުމާއި ހުން އައުން ހިމެނޭ ކަމަށް ރިޕޯޓް ތަކުން ބުނެއެވެ.

އަންދަރަ ޕްރަދޭޝްގެ އެލުރު ސިޓީގައި މި ފާއިތުވި ހަފްތާ ބަންދުގައި 180 އަށް ވުރެ ގިނަ މީހުން އެޑްމިޓް ކޮށްގެން ފަރުވާދީ ދޫކޮށްލައިފައި ވާއިރު، ފަރުވާދިން އެންމެންވެސް ވަނީ ކޮވިޑް-19 އަށް ނެގެޓިވްވެފައި ކަމަށް ރިޕޯޓް ތަކުން ބުނެއެވެ. އަދި ފަރުވާ ދެވުނު އެންމެންގެ ހަށިގަނޑުންވެސް ފެނިފައި ވަނީ މި ގޮތް ނޭނގޭ ބަލީގެ އަލާމަތް ކަމަށް ބުނެއެވެ.

ގޮތް ނޭނގޭ މި ބަލީގައި މަރުވި ކަމަށް ރިޕޯޓްކޮށްފައި ވަނީ އުމުރުން 45 އަހަރުގެ ފިރިހެނެކެވެ. އޭނާއަކީ އުލުރު ސިޓީގައި ހުންނަ ޖީޖީއެޗް ހޮސްޕިޓަލުގައި އެޑްމިޓް ކުރި ބަލި މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. އޭނާ ހޮޑުލަވާ ވަރުބަލިވުން ފަދަ ކަންކަން ވަނީ ކުރިމަތިވެފައެވެ. އޭނާ މަރުވީ އާދިއްތަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.

އަންދަރަ ޕްރަދޭޝްގެ ހެލްތް ޑިޕާރްޓްމެންޓް އާއި ހަވާލައިދީ ހަަބަރު ތަކުން ބުނާ ގޮތުގައި ބަލިވެ އެޑްމިޓް ކުރެވުނު އެންމެންގެ ގައިންވެސް ލޭގެ ސާންޕަލް ނަގައި އާންމުކޮށް ފެތުރޭ ބަލިތައް ކަމަށްވާ ޗިކަން ގުނިޔާ އަދި ޑެންގު އަށްވެސް ޓެސްޓު ކުރެވިފައި ވާކަމަށާއި ނަމަވެސް މި ދެ ބައްޔަށްވެސް ނެގެޓިވް ވެފައިވާކަމަށެވެ.

ބަލީގެ ޝިކާރައަކަށް ވެފައިވާ އެންމެންވެސް ފެން ބޭނުން ކޮށްފައިވަނީ އެއް ތަނަކުން ފޯރުކޮށްދެއްވާ ފެން ކަމަށްވާތީ އެލުރު ސިޓީގެ ކަމާއި ބެހޭ ފަރާތް ތަކުން މިހާރު ގެތަކުން ފެން ސާމްޕަލް ނަގައި ޓެސްޓް ކުރުމުގެ މަސައްކަތް ފަށާފައި ވާކަމަށް ސީއެންއެން އިން ވަނީ ބުނެފައެވެ. އެގޮތުން މިހާތަނަށް 57863 (ފަސްލައްކަ ހަތްހާސް އަށްސަތޭކަ ފަސްދޮޅަސް ތިން) ގެޔަކުން ފެނުގެ ސާމްޕަލް ނަގާފައި ވާކަމަށް ބުނެފައި ވެއެވެ.

ދުނިޔެއިން ކޮވިޑް-19 އާއި ދެކޮޅަށް މަސައްކަތް ކުރަމުން އަންނަ އިރު އިންޑިޔާއަކީ މިވަގުތު ދެވަނަ އަށް އެންމެ ގިނަ މީހުން ކޮވިޑް ޖެހިގެން ރިޕޯޓްކޮށްފައިވައި ގައުމެވެ. އަދި އެގައުމުގެ އަންދަރަ ޕްރަދޭޝް އަކީ މިވަގުތު އިންޑިޔާގައި ކޮވިޑްގެ ހާލަތު އެންމެ ދަށްވެފައިވާ ސްޓޭޓެވެ. އެގޮތުން އަންދަރަ ޕްރަދޭޝްއިން އެކަނި ވެސް 800000 މީހުން ކޮވިޑް ޖެހިގެން ރިޕޯޓް ކޮށްފައިވެއެވެ.

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި
15 ފެބުރުއަރީ 2017

އެއްފަހަރާ އެންމެ ގިނަ ސެޓްލައިޓް ލޯންޗްކުރުމުގެ ރެކޯޑް އިންޑިއާ އަށް

15 ފެބުރުއަރީ 2017
އެއްފަހަރާ އެންމެ ގިނަ ސެޓްލައިޓް ލޯންޗްކުރުމުގެ ރެކޯޑް އިންޑިއާ އަށް
12 ފެބުރުއަރީ 2017

އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު

12 ފެބުރުއަރީ 2017
އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު
11 ފެބުރުއަރީ 2017

ތިން ވަނައަށް އެންމެ ރެފިއުޖީން ގިނަ ގައުމަކަށް ދެކުނު ސޫދާން

11 ފެބުރުއަރީ 2017
ތިން ވަނައަށް އެންމެ ރެފިއުޖީން ގިނަ ގައުމަކަށް ދެކުނު ސޫދާން
08 ފެބުރުއަރީ 2017

މުސްލިމުން އެމެރިކާއަށް ނޭރޭނެ ގޮތް ހެދުމަށް ސުޕްރީމް ކޯޓަށް ދަނީ

08 ފެބުރުއަރީ 2017
މުސްލިމުން އެމެރިކާއަށް ނޭރޭނެ ގޮތް ހެދުމަށް ސުޕްރީމް ކޯޓަށް ދަނީ
06 ފެބުރުއަރީ 2017

ޕާކިސްތާނާއި އަފްޣާނިސްތާނުގައި ހިނގި ސްނޯ ފޭބުމުގެ ހާދިސާތަކުގައި 100 އަށް ވުރެ ގިނަ މަރު

06 ފެބުރުއަރީ 2017
ޕާކިސްތާނާއި އަފްޣާނިސްތާނުގައި ހިނގި ސްނޯ ފޭބުމުގެ ހާދިސާތަކުގައި 100 އަށް ވުރެ ގިނަ މަރު
05 ފެބުރުއަރީ 2017

މުސްލިމުންނަށް އެމެރިކާއަށް ވަދެވޭގޮތް ހަދައިފި

05 ފެބުރުއަރީ 2017
މުސްލިމުންނަށް އެމެރިކާއަށް ވަދެވޭގޮތް ހަދައިފި
31 ޖެނުއަރީ 2017

ޓްރަމްޕްގެ އިމިގްރޭޝަން ގަރާރަށް ދުނިޔޭގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

31 ޖެނުއަރީ 2017
ޓްރަމްޕްގެ އިމިގްރޭޝަން ގަރާރަށް ދުނިޔޭގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ
30 ޖެނުއަރީ 2017

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

30 ޖެނުއަރީ 2017
ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު