Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއައު ސީޒަނަށް މާޒިޔާގެ ތައްޔާރީތައް

ޕްރީ-ސީޒަން ވަރަށް ފުރިހަމަ، ލީގަށް ތައްޔާރު: ނިޒާމްބެ

7 ޑިސެމްބަރު 2020 | ހޯމަ 12:10

އައު ސީޒަނަށް ތައްޔާރުވުމަށް ފަރިތަކުރުންތައް ފެށި ފުރަތަމަ ޓީމަކީ މާޒިޔާ

އަތޫފް އާތިފް
އަތޫފް އާތިފް | 7 ޑިސެމްބަރު 2020 | ހޯމަ 12:10
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ)

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ)

ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށްގެންދިޔަ ޕްރީ-ސީޒަން ވަރަށް ކާމިޔާބު ކަމަށާއި، ޓީމު އޮތީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.

ނިޒާމްބެ ގެ އިރުޝާދުގެ ދަށުން މާޒިޔާއިން އައު ސީޒަނާ ކުރިމަތިލާއިރު، އެ ޓީމުގެ ކޯޗަކަށް ނިޒާމްބެ ހަމަޖެއްސީ މި އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އެކަމަކު މި އަހަރުގެ އޭއެފްސީ ކަޕް ކެންސަލް ކުރުމާއެކު މާޒިޔާ ގޮވައިގެން ނިޒާމްބެ އަދި މިހާތަނަށް ރަސްމީ މެޗެއް ކުޅެފައެއް ނުވެއެވެ.

ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ނިޒާމްބެ ބުނީ މާޒިޔާއިން ތައްޔާރީތައް ފެށީ އޭއެފްސީ ކަޕަށް ކަމަށާއި، އެކަމަކު އެ މުބާރާތް ކެންސަލް ވުމާއެކު ފަރިތަކުރުންތައް ހުއްޓާލަން ޖެހުނު ކަމަށެވެ. އަދި އެ ފަހަރު ފަރިތަކުރުންތަކަށް ކުޅުންތެރިން ނުކުތްއިރު ކުޅުންތެރިންގެ ފިޓްނަސް ހުރީ ކަންބޮޑުވާ މިންވަރެއްގައި ކަމަށާއި، އެކަމަކު ފަރިތަކުރުންތައް ހުއްޓާލިއިރު ކުޅުންތެރިން ފިޓްނަސް ހިފެހެއްޓުމަށް އަމަލުކުރާނެ އުސޫލުތަކެއް ހަދައި އަލުން ފަރިތަކުރުންތައް ފެށިއިރު ކުޅުންތެރިންގެ ފިޓްނަސްއަށް ބޮޑު ބަދަލުތަކެއް އައިސްފައިވާ ކަމަށްވެސް ބުންޏެވެ.

އައު ސީޒަނަށް ދުރާލާ ތައްޔާރުވުން އެއީ ސީޒަނަށް ނުކުންނައިރު ޓީމަށް ލިބޭނެ ބޮޑު ފައިދާއެއް ކަމަށާއި، އެގޮތުން މާޒިޔާއިން އައު ސީޒަން ފަރިތަކުރުންތައް އަވަހަށް ފެށުމުން އޭގެ ފައިދާތަކެއް ކުރާނެ ކަމަށްވެސް ނިޒާމްބެ ބުންޏެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ބުނީ ކުޅުންތެރިން ތިބީ މެޗެއް ކުޅެލަން ކެތްމަދުވެފައި ކަމަށާއި، އެކަން އަންގާރަ ދުވަހުގެރޭ ކުޅޭ ޗެރެޓީ ޝީލްޑް މެޗުން ފެނިގެންދާނެ ކަމަށެވެ. އަދި ކުޅުންތެރިން މިވަގުތު ތިބީ ވަރަށް ފޯމުގައި ކަމަށާއި، ލީގު ދިފާއުކުރުން އެއީ ޓީމުގެ އަޒުމެއް ކަމަށްވެސް އަސަދުﷲ ބުންޏެވެ.

އައު ސީޒަނަށް ފަރިތަކުރުންތައް ފެށި ފުރަތަމަ ޓީމަކީ މާޒިޔާއެވެ. އެގޮތުން މާޒިޔާއިން ވަނީ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ފަރިތަކުރުންތައް ފަށާފައެވެ. ކުރިއަށް އޮތް ސީޒަނަށް މާޒިޔާ ނުކުންނައިރު، އެޓީމުން ވަނީ ތަޖުރިބާކާރު މިޑްފިލްޑަރު މުޙައްމަދު އުމެއިރުގެ އިތުރުން ޔޫރަޕުގެ ތިން ގައުމެއްގައި ގިނަ އަހަރުތަކެއް ވަންދެން ކުޅެފައިވާ ސާބިއާގެ ގޯލްކީޕަރު ނިކޯލާ ވުޔަނަޗް އެ ޓީމަށް ގެނެސްފައެވެ.

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުމަށް ކުޅޭ އެފްއޭ ޗެރިޓީ ޝީލްޑް މެޗުގައި އަންގާރަ ދުވަހުގެރޭ މާޒިޔާ ނުކުންނާނީ ކުލަބު އީގަލްސްއާ ދެކޮޅަށެވެ. އަދި އެއަށްފަހު މި މަހުގެ 13 ވަނަ ދުވަހު ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފަށާއިރު، ލީގުގެ ފުރަތަމަ މެޗުގައި ހަމަ އެ ދުވަހު އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ނުކުންނާނީ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާ ދެކޮޅަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

ވިކްޓްރީގެ ޓާގެޓަކީ ތައްޓަކާއެކު ލީގަށް ކޮލިފައިވުން: ޝާޒް

11 ފެބުރުއަރީ 2017
ވިކްޓްރީގެ ޓާގެޓަކީ ތައްޓަކާއެކު ލީގަށް ކޮލިފައިވުން: ޝާޒް
10 ފެބުރުއަރީ 2017

ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމަށް ނިއު ރޭޑިއަންޓް ހއ ކެލައަށް

10 ފެބުރުއަރީ 2017
ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމަށް ނިއު ރޭޑިއަންޓް ހއ ކެލައަށް
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
25 ޖެނުއަރީ 2017

ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ

25 ޖެނުއަރީ 2017
ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ
22 ޖެނުއަރީ 2017

އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި

22 ޖެނުއަރީ 2017
އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި
18 ޖެނުއަރީ 2017

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި
17 ޖެނުއަރީ 2017

އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ

17 ޖެނުއަރީ 2017
އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ
07 ޖެނުއަރީ 2017

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު
04 ޖެނުއަރީ 2017

ފެންނާނެ ކްލަބް ވަރަށް އަވަހަށް އިއުލާންކުރާނަން: ދަގަނޑޭ

04 ޖެނުއަރީ 2017
04 ޖެނުއަރީ 2017

މުސްތާފީ ދަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުން، ސްކޮޑާ ގުޅޭނެ ވަރަށް އަވަހަށް: ވެންގާ

04 ޖެނުއަރީ 2017
މުސްތާފީ ދަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުން، ސްކޮޑާ ގުޅޭނެ ވަރަށް އަވަހަށް: ވެންގާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް